Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

މޮޑްރިޗް އަދި އިސްކޯ ނެތަސް ރެއާލް ވަރުގަދަ

3 އެޕްރީލު 2018 | އަންގާރަ 14:28

ރެއާލް އެންމެފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން އިސްކޯ ކުޅެފައިވަނީ އެންމެ މެޗެއްގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 3 އެޕްރީލު 2018 | އަންގާރަ 14:28
އިސްކޯ އަދި ބޭލް

އިސްކޯ އަދި ބޭލް

ވޭލްސްގެ ވިންގަރު ގެރެތު ބޭލް އަދި ސްޕެއިންގެ މިޑްފީލްޑަރު އިސްކޯ ނެތަސް ރެއާލް މެޑްރިޑަކީ ވަރުގަދަ ޓީމެއް ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ބުނެފިއެވެ.

ރެއާލް އެންމެފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން އިސްކޯ ކުޅެފައިވަނީ އެންމެ މެޗެކެވެ. މިކަމާއި ގުޅިގެން އޭނާވަނީ ޓީމުގައި އަދާކުރުމަށް ޒިދާން ދީފައިވާ ރޯލާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށް ވާހަކަ ދައްކާފައެވެ. އެހެން ނަމަވެސް ސީޒަނުގެ ކުރީކޮޅު ދިމާވި އަނިޔާގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް ފަހު ބޭލް އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ އެންމެފަހުން ކުޅުނު ހަ މެޗުގައި އެ ޓީމަށް ފަސް ލަނޑު ޖަހައިދީފައެވެ. މިކަމުގެ ސަބަބުން ރެއާލްގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބޭނެ ކުޅުންތެރިޔަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން މޮޑްރިޗް ބުނީ ބޭލް ކުޅުނަސް ނުވަސް އިސްކޯ ކުޅުނު ކަމުގައި ވިޔަސް ވާނީ އެއް ކަމެއް ކަމަށާއި އެ ދެ ކުޅުންތެރިންނަކީ ވެސް އެއްވަރަކަށް ޓީމަށް މުހިންމު ކުޅުންތެރިން ކަމަށެވެ. އޭނާ ބުނީ ދެ ކުޅުންތެރިންނާއެކު ވެސް ކުޅެވިދާނެ ކަމަށާއި އެންމެ މުހިންމު ކަމަކީ ދަނޑުމަތީގައި ދައްކާ މަސައްކަތް ކަމަށެވެ.

މޮޑްރިޗް ބުނީ މި ސީޒަނާއި މީގެ ކުރީ ސީޒަންތަކުގައި ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ދަނޑުމަތީގައި މަސައްކަތްކުރާ މަންޒަރު އެންމެނަށް ވެސް ފެނިފައިވާނެ ކަމަށާއި ހުރިހާ ކުޅުންތެރިން ވެސް އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ޓީމެއްގެ ގޮތުގައި ކުޅެން ކަމަށެވެ.

އޭނާ ބުނީ ހުރިހާ ވެސް ނިންމުމެއް އޮންނާނީ ކޯޗުގެ އަތްމަތީގައި ކަމަށާއި މޮޑްރިޗް ބުނީ އިސްކޯ ނުކުޅުނު ކަމުގައި ވިޔަސް އޭނާގެ މުހިންމުކަން ޓީމަށް ވަރަށް ބޮޑު ކަމަށާއި އޭނާއަކީ ތަފާތު ދައްކާ ކުޅުންތެރިޔެއް ކަމަށެވެ. ބޭލްއާ ގުޅޭގޮތުން މޮޑްރިޗް ބުނީ އަނިޔާގެ ސަބަބުން މިއީ ބޭލްއަށް އުނދަގޫ ސީޒަނެއް ކަމަށާއި އެހެން ނަމަވެސް މިހާރު އޭނާ އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުން ކަމަށެވެ. އޭނާ ބުނީ އަނިޔާއިން ސަލާމަތްވެ ހުރެއްޖެނަމަ ބޭލް ލަނޑު ޖަހާނެކަން އެންމެން ވެސް ދަންނަ ކަމަށާއި އޭނާ ޓީމަށް ކޮށްދޭ މަސައްކަތަކީ ޓީމަށް ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

މޮޑްރިޗް ވަނީ މި އިންޓަވިއުގައި ކްރިސްޓިއާނޯ ރޮނާލްޑޯއާ ގުޅޭގޮތުން ވެސް ވާހަކަ ދައްކާފައެވެ. ރޮނާލްޑޯއާ ގުޅޭގޮތުން މޮޑްރިޗް ބުނީ އޭނާ ޖެހި ލަނޑުގެ އަދަދު ވެސް ނޭނގޭ ކަމަށާއި ރޮނާލްޑޯ ފޯމުގައި ހުރުމަކީ އެހެން ޓީމުތަކުގެ މައްޗަށް ރެއާލްއަށް ލިބޭ ބޮޑު އެޑްވާންޓޭޖެއް ކަމަށެވެ. އޭނާ ބުނީ އެންމެ މުހިންމު ކަމަކީ ތަޖުރިބާ ކަމަށާއި އަތުން ހެދޭ ގޯސްތައް މަދު ކުރެވިއްޖެނަމަ ޓީމު ދާނީ ކުރިޔަށް ކަމަށެވެ.

މި ސީޒަނުގެ ސްޕެނިޝް ލަލީގާ ކާމިޔާބުކުރުމުގެ ފުރުސަތު ރެއާލްއަށް ގެއްލިފައިވާއިރު އެ ޓީމަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

11 ފެބުރުއަރީ 2017
ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް