Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލީސް

މަޖިލީހުގެ އިދާރާގައި ހިނގި އަލިފާނުގެ ހާދިސާ: ތަހުގީގު ކުރަމުންދާކަން ހާމައެއް ނުކުރި!

3 އެޕްރީލު 2018 | އަންގާރަ 10:25

މިހާދިސާ ހިނގީ މީގެ 8 މަސް ދުވަސް ކުރިން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 3 އެޕްރީލު 2018 | އަންގާރަ 10:25
އަލިފާނުގެ ހާދިސާ ހިނގި މަޖިލީހުގެ އިދާރާގެ ފާޚާނާ

އަލިފާނުގެ ހާދިސާ ހިނގި މަޖިލީހުގެ އިދާރާގެ ފާޚާނާ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފާޚާނާއެއްގެ ތެރޭގައި ހުރި އަތްފުހޭ ކަރުދާސް ރޯލެއްގައި ރޯވި މައްސަލައިގެ ތަހުގީގާ ގުޅޭ މައުލޫމާތު ފުލުހުން ހާމައެއް ނުކުރި އެވެ.

އެ ދުވަސްތަކުގެ މަތިން ތަކުރާރުކޮށް ފުލުހުންގެ މީޑިއާއަށް ގުޅުން އޮފިޝަން ތަކުރާރުކޮށް ދެއްވާ ޖަވާބަކީ "ބަލާލާފަ އަންގާލާނަން" ކަމަށެވެ. ނަމަވެސް ތަކުރާރުކޮށް ފުލުހުންގެ މީޑިއާއަށް ގުޅުމުން އެނޫން ޖަވާބެއް ލިބިފައިނުވާތީ އެމައްސަލައަށް ވީނުވީއެއް މިވަނީ އެނގޭގޮތް ނުވެފަ އެވެ.

Advertisement - newsAdvertisement

މީގެ 08 މަސް ދުވަސް ކުރިން ހިނގި މިހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މީގެކުރިން ބުނި ނަމަވެސް މިހާދިސާއެއް އެއްވެސް މައުލޫމާތެއް ފުލުހުންގެ ފަރާތުންނާއި މަޖިލީހުގެ އިދާރާއިން އަދި މަޖިލީހުގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ ފަރާތުން ވެސް ހާމަ ކޮށްފައެއް ނުވެއެވެ.

މަޖިލީހުގެ އިދާރާގެ ފާޚާނާއެއްގެ ތެރޭގައިހުރި ކަރުދާސް ރޯލެއްގައި ރޯވެ، މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ. އޭގެ 21 ދުވަސް ފަހުން މަޖިލީހުގެ ޖަލްސާއެއް ބޭއްވި އިރުވެސް އަލިފާން ރޯވި ކަމަށް ބުނާ ފާޚާނާގެ މާބޮޑު މަރާމާތެއް ކޮށްފައެއް ނުވެއެެވެ.

އެ އަލިފާނުގެ ހާދިސާއާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވާކަން އަންގާ މެންބަރުންނަށް ފޮނުވި މެސެޖްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ހަވާލާ ދެއްވާ މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޖުލައި މަހުގެ 31 ވީ ހޯމަ ދުވަހު، އިރުއޮއްސެން އުޅެނިކޮށް ހިނގި އަލިފާނުގެ ހާދިސާ އަކާއި ގުޅިގެން ތަން ޢާއްމު ހާލަތަކަށް ގެނައުމަށާއި ކަމާ ގުޅޭގޮތުން އަޅަންޖެހޭ އެހެން ފިޔަވަޅުތައް އެޅުމަށް ވަގުތު ބޭނުންވާތީ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ދެން ޖަލްސާއެއް އޮންނާނެ ތާރީޚެއް ފަހުން އަންގަވާނެ ކަމަށް މެންބަރުންނަށް ފޮނުވި މެސެޖްގައި ވަނީ ބުނެފައެވެ.

ނަމަވެސް އަލުން މަޖިލީހުގެ ޖަލްސާތައް ފެށިއިރުވެސް އަލިފާނުގެ ހާދިސާ ހިނގި ފާޚާނާގެ މަރާމާތުގެ އެއްވެސް ކަމެއް ކޮށްފައިނުވާތީ ގުޅިފައިވާ ސިޔާސީ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އަދި އެއީ މަޖިލީހުގެ ޖަލްސާތައް ހުއްޓުވުމަށް ބަޔަކު ރާވައިގެން ހިންގާފައިވާ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ތުހުމަތު ކޮށްފައި ވެއެވެ.

އޭގެ ތިން ހަފްތާ ފަހުން ބޭއްވި މަޖިލީހުގެ ޖަލްސާގައި ވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއި އިދިކޮޅު މެމްބަރުންގެ މެދުގައި ހަމަ ނުޖެހުންތަކެއް ހިންގާފައި ވެއެވެ.

މަޖިލީހުގެ އިދާރާގައި އަލިފާނުގެ އެ ހާދިސާ ހިނގިއިރު ސީސީޓީވީ ކެމެރާތައް ނިއްވާލާފައި ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން، ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުމާ އެކު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައި ވަނިކޮށް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެމްބަރުންގެ މައްޗަށް އެކިއެކި ތުހުމަތުތައްކޮށް، ތަހުގީގު ހިންގާ ޝަރީއަތް ވެސް ދަނީ ކުރަމުންނެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލީހުގެ ތެރެއަށް ފުލުހުންނާއި ސިފައިން ވަދެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނެރެފައި ވެއެވެ. މަޖިލީހުން މެމްބަރުން ނެރެން އުޅުމުގެ ތެރޭގައި ގިނަ މެމްބަރުންތަކަކަށް ވަނީ އެކި ވަރުގެ އަނިޔާތައް ވެފައެވެ. އަދި އޭގެ ފަހުން މިއަހަރުގެ ތެރޭގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ބައެއް މެމްބަރުން މަޖިލީހުގެ ގޭޓް މަތިން ބޭރަށް ނެރެފައި ވެސް ވެއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހާއި 31 ވަނަ ދުވަހު މަޖިލީހުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން މަޖިލީހުގެ ރިޔާސަތު މޭޒާއި ސެކްރަޓޭރިއޭޓް މޭޒު ވަށައިގެން "ކޮށްޓެއް" ޖަހާފައި ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
21 ޖެނުއަރީ 2017

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 ޖެނުއަރީ 2017
ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް