Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ކަނޑުގެ ސަރަހައްދު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރުމަށް ޕާކިސްތާނުގެ އެހީއަށް އެދުން، އިންޑިޔާގެ ސަމާލުކަމަށް

3 އެޕްރީލު 2018 | އަންގާރަ 03:43

ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސް ބޭފުޅަކު ވަޑައިގެންފައިވަނީ ރާއްޖޭގައި އެސްއޯއީ އުވާލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 3 އެޕްރީލު 2018 | އަންގާރަ 03:43
ޕާކިސްތާނުގެ ޗީފް އޮފް އަރމީ ސްޓާފް ޖެނެރަލް ގަމަރް ޖާވިދް ބަޖްވާ ރާއްޖެއަށް ކުރެއްވި ޒިޔާރަތް

ޕާކިސްތާނުގެ ޗީފް އޮފް އަރމީ ސްޓާފް ޖެނެރަލް ގަމަރް ޖާވިދް ބަޖްވާ ރާއްޖެއަށް ކުރެއްވި ޒިޔާރަތް | އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުގެ ސަރަހައްދީ ރޮނގު ބެލެހެއްޓުމުގައި ޕާކިސްތާނުގެ އެހީއަށް އެދުނު މައްސަލަ އިންޑިއާގެ މީޑިއާގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި ހާމަކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ނުވަތަ ސަރަހައްދީ ރޮގު ބެލެހެއްޓުމުގައި ޕާކިސްތާނާއި އެކު މަޝްވަރާ ކުރުމުގެ ސަބަބުން އިންޑިއާ އާއި ރާއްޖޭގެ ނޭވީ ސިފައިންގެ މެދުގައި އޮތް ގުޅުމަށް އަސަރުރަކެއް ކުރާނެ ކަމަށް ބެލެވެއެވެ.

Advertisement - newsAdvertisement

ޕާކިސްތާނުގެ ޗީފް އޮފް އަރމީ ސްޓާފް ޖެނެރަލް ގަމަރް ޖާވިދް ބަޖްވާ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީނާއި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރާ ބައްދަލުކުރައްވާފައިވެއެވެ.

އިގްތިސާދީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ރާއްޖެ އިން ޕާކިސްތާނުގެ އެހީތެރިކަމަށް އެދިފައިވާ އިރު މީގެ ކުރިން ރާއްޖޭގެ ސަރަހައްދީ ރޮގު ބެހެލެއްޓުމުގައި ހަރަކާތްތެރިވާ ހަމައެކަނި ގައުމަކީ އިންޑިއާއެވެ. އެގޮތުން އިންޑިއާ އިން ގާތްގަނޑަކަށް 900000 ސްކުއަރ ކިލޯ މީޓަރުގެ ސަރަހައްދެއް ބަލަހައްޓަމުންދެއެވެ. ވަޔާއި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އިންޑިޔާގެ އަސްކަރިއްޔާ އިން ހަރަކާތްތެރިވެއެވެ.

މީގެ ކުރިން އިންޑިއާ އާއި ރާއްޖެއިން ވަނީ މި ސަރަހައްދު ބެލެހެއްޓުމަށްޓަކައި ހާއްސަ އެއްބަސްވުންތަކެއްގައި ސޮއި ވެސް ކޮށްފައެވެ. އެގޮތުން އެމްއެންޑީއެފްގެ ހާއްސަ ބަނދަރެއް އުތރު ލިތަ ފަޅުގައި ގާއިމް ކުރުމަށް ނިންމިއެވެ. އެގޮތުން އިންޑިއާގެ ނޭވީ އާއި ރާއްޖޭގެ ކޯސްޓް ގާޑް ގުޅިގެން ތަމްރީނުތައް ހިންގުމަށް ހާއްސަ ފެސިލިޓީއެއް ގާއިމް ކުރުމުގެ އިތުރުން ސަރަހައްދު ޕެޓްރޯލްކޮށް ބެލެހެއްޓުމަށް ހާއްސަ ނިޒާމެއް ގާއިމް ކުރުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

މީގެ އިތުރުން އޭރު އިންޑިއާއިން ވަނީ އިތުރު އަސްކަރީ ހެލިކޮޕްޓަރެއް ވެސް ރާއްޖެއަށް ދިނުމަށް ނިންމާފައެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އެ ހެލިކޮޕްޓަރު ހަވާލުކޮށްފައެއް ނުވެއެވެ. އިމަރޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމާއި ކަނޑަށް ގެއްލޭ މީހުން ހޯދުމާއި އެ ނޫން ވެސް ކަނޑުމަތީގެ ހާދިސާތަކުގައި އިންޑިއާގެ ހެލިކޮޕްޓަރެއް މިހާރު ވެސް ރާއްޖޭގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މީގެ ކުރިން ވެސް ތަފާތު އެކި ފަހަރު މަތިން އިންޑިއާގެ އަސްކަރިއްޔާއާ ގުޅިގެން ވަޔާއި ކަނޑު މަގުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ދިވެހިރާއްޖެ އިން ދިޔައީ ކުރަމުންނެވެ. އަދި ދެ ގައުމު ގުޅިގެން ތަފާތު ތަމްރީނު ޕްރޮގްރާމްތައް ހިންގާފައި ވެއެވެ.

ސުޕްރީމް ކޯޓުން ފެބްރުއަރީ އެއް ވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެން އިންޑިއާ އިން ވަނީ ރާއްޖޭގެ ހާލަތު ބަދަލުކޮށް ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ. މިކަމާ ގުޅިގެން ދެގައުމުގެ ގުޅުމަށް ވަރަށް ބޮޑަށް ބުރޫއަރައި ހީނަރުކަން އައިސްފައިވާ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ފާހަގަކުރެއެވެ. ޗައިނާއާ އެކު ރާއްޖެއިން އެކުލަވާލި ފްރީ ޓްރޭޑް އެގްރީމެންޓާ ގުޅިގެން ވެސް އިންޑިޔާ އާއި ރާއްޖޭގެ ދުވަސްވީ ގުޅުމަށް އަސަރުކޮށްފައިވާއިރު އިންޑިއާގެ އެންމެ ބޮޑު ހަތުރު ކަމަށްވާ ޕާކިސްތާނާ އެކު މިފަދަ މަޝްވަރާތަކެއް ކުރުމުން ވެސް ދެގައުމުގެ ގުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާގެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް