Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މާލޭގެ މަގުތައް

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މާލޭގެ މަގުތައް: އުފާވެރި މަންޒަރެއް ނޫން

މަގުތަކުގައި އަމާންކަމާއެކު ހިނގާލަން ފުރުޞަތު ލިބުނުކަމީ މިފަދަ ނާޒުކު ޙާލަތެއްގައި ގިނަ ބަޔަކު ލިބުނު ހިތްހަމަޖެހުމަކަށް ވެގެންދިޔަ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2021 | އަންގާރަ 02:08
މާލޭގެ މަގުމަތީގައި މީހުން ހޭލަ މޭލަވަމުން ދަނީ

މާލޭގެ މަގުމަތީގައި މީހުން ހޭލަ މޭލަވަމުން ދަނީ

ކޮވިޑްގެ ތިންވަނަ ރާޅު ރާއްޖެއަށް ބިންދާލުމާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. ހާއްސަކޮށް ބަލި އެންމެ ބޮޑަށް ފެތުރެމުން އަންނަ މާލެ ސަރަހައްދުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. ހާލަތަށް ބަލައި، ފިޔަވަޅުތަކަށް ބަދަލުތައް ގެންނައިރު، ހުކުރު ދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި ވަނީ ހަވީރު 06:00 އިން ފެށިގެން ހެނދުނު 06:00 އަށް ދުއްވާ އެއްޗެހި ދުއްވުން މަނާކޮށްފައެވެ. އަދި ރޭގަނޑު 11:00ން ފެށިގެން ފަތިހު 5:00ށް މާލޭ ސަރަހައްދުގައި ކާފިއު ވެސް އިއުލާންކޮށްފައިވެއެވެ.

އުޅަނދު ފަހަރު ދުއްވުން މަނާކުރުމާއެކު ހަމަހިމޭން ކަމަށް އެދި އާދޭސް ކުރަމުން ދިޔަ އެތައް އެތައް ރައްޔިތުންނެއްގެ ހިތަށް ތަސައްލީ އެއް ލިބުނު ކަހަލައެވެ. މަގުތަކުގައި އަމާންކަމާއެކު ހިނގާލަން ފުރުޞަތު ލިބުނުކަމީ މިފަދަ ނާޒުކު ޙާލަތެއްގައި ގިނަ ބަޔަކު ލިބުނު ހިތްހަމަޖެހުމަކަށް ވެގެންދިޔައެވެ.

އިންޖީނުލީ އުޅަނދުފަހަރު އިރު އޮއްސި ހަޔަކުން ފެށިގެން މާލޭ މަގުތަކުގައި ދުއްވުން މަނާކޮށްފައިވަނީ ބޭރު ތެރޭގައި ހަރަކާތްތެރިވާ މީހުންގެ އަދަދު މަދުކުރުމުގެ ގޮތުންނެވެ. ބޭރުތެރޭގައި މީހުން ހަރަކާތްތެރިވާ މިންވަރު މަދުކުރެވުމަކީ ބަލި ކޮންޓްރޯލްކުރުމަށް ލިބޭނެ ބޮޑު އެހީއަކަށްވާނެތީއެވެ. މިކަން މިހެން އޮތް ނަމަވެސް ސުވާލަކީ ހާސިލްކުރަން ބޭނުންވި މަޤްޞަދު މިކަމުން ހާސިލްކުރެވޭތޯއެވެ؟ މަގުތަކުގައި ހަރަކާތްތެރިވާ މީހުންގެ އަދަދު މަދުވެއްޖެތޯއެވެ. ކޮވިޑް ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅު އިތުރު ނުރައްކަލަކަށްވެދާނެތޯއެވެ.

ތެދެކެވެ. މަގުތަކުގައި ވެހިކަލްގެ އަދަދު މަދުވެއްޖެއެވެ. ނަމަވެސް މަގުތަކުގައި އެއްވެ އުޅޭ މީހުންގެ އަދަދުވީ އިތުރޭ ބުނެވިދާނެއެވެ. ގުރޫޕް ހަދާފައި އުޅޭ މީހުންގެ އަދަދުތައް އިންތިހާއަށް އިތުވެއްޖެއެވެ. ރޭގަނޑު ފެންނަނީ ގުރޫޕް ހަދާފައި ކުޑައެއް ބޮޑެއް ނެތި އެންމެން މަޖާކޮށް، ޝޮޕިންގއަށް ނިކުމެ އުޅޭ މަންޒަރެވެ. ކަންކަން މަތީގައި ގުރޫޕް ހަދާފައި އޮލަ ވާހަކައިގައި ތިބޭ މަންޒަރެވެ. ޓޭކްއަވޭ ކޮފީއެއްގައި ތިބޭ މަންޒަރެވެ. އެއީ އެޅި ފިޔަވަޅުން ހާސިލްކުރަން ބޭނުންވި ނަތީޖާ ހާސިލްކުރެވޭނެ ކަމެއް ނޫނެވެ. ބަދަލުގައި އެޅި ފިޔަވަޅު އިތުރު ނުރައްކަލަކަށް ވެއްޓޭނެކަމެކެވެ.

މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަދިވެސް ދަނީ އިތުރުވަމުންނެވެ. އަދަދުތައް މަތިވަމުން ދިއުމަކީ އަނެއްކާވެސް ޤައުމު ފުރަބަންދަކަށް ދިއުމަށް މަޖުބޫރުވެދާނެ ކަމެކެވެ. އެހެންވެއްޖެނަމަ، އިޖްތިމާޢީ، އިޤްތިޞާދީ، ޞީއްހީ ނަފްސާނީ، އެތައް ގެއްލުމެއް ލިބި ބިކަވާނީ ހަމަ ރައްޔިތުން ކަން ދަންނާން ޖެހެއެވެ. ދެ ލޯފަދަ ދަރީންނަށް މިކަމުގެ ސަބަބުން ލިބޭ ގެއްލުން ފޫ ނުބެއްދޭނެ ކަން ހަނދާން ކުރާން އެބަ ޖެހެއެވެ.

ފުރަތަމަ ލޮކްޑައުނާއެކު ވާންޖެހުނު ގުރުބާނީ ހަނދާން ނެތުނު ރައްޔިތެއް ނުހުންނާނެކަން ކަށަވަރެވެ. ފުރަތަމަ ލޮކްޑައުނާއެކު ރައްޔިތުންނަށް އޭރު ކޮވިޑްގެ ހާލަތު އޮތް ހާލަތުން އަރައިގަނެވުނީ ސަރުކާރާއި ސިއްހީ މާހިރުން ދެއްވި ލަފާއާ އެއްގޮތަށް އަމަލުކޮށްގެންނެވެ. ނަމަވެސް ލޮކްޑައުންނަށްފަހު ދުވަހެއް ދުވަހަކަށް ދިޔައީ ލުއި ދެމުންނެވެ. ލުއި ދޭ މިންވަރު އިތުރުވީ ވަރަކަށް ރައްޔިތުންގެ ފަރާތުން ފެނިގެންދިޔައީ ކޮވިޑްގެ މަތިން ހަނދާން ނެތުނު މަންޒަރުތަކެވެ. އޭގެ ނަތީޖާ މި ފެންނަނީ ވަރަށްވެސް ހިތި ކޮށެވެ.

ރައްޔިތުން ހަދާންކުރަންވީ ކަމަކީ ކޮވިޑް ވެކްސިން ޖަހާން ފެށުމަކީ އަދި މިކަމަށް އޮތް ހައްލެއް ނޫންކަމެވެ. ވެކްސިން ޖެހުމާއެކު ރައްކާތެރިކަމުގެ އެހެން ފިޔަވަޅުތައް ވެސް އަޅަންޖެހެއެވެ. ސިއްހީ މާހިރުން ދޭ އިރުޝާދު ހަނދާން ނައްތާލުމަކީ މި ދަނޑިވަޅުގައި ކުރުން ބުއްދިވެރިކަމެއް ނޫނެވެ. އަދި މި ބަލިމަޑުކަމުން އަރައިގަންވޭނެ ކަމެއްވެސް ނޫނެވެ.

އެޗްޕީއޭއިން ވަނީ ކޮވިޑްގެ އައު ވޭރިއަންޓް ވެސް ރާއްޖެއިން ފެނިފައިވާ ކަމަށް ބުނެފައެވެ. މިއީ ކުރީގެ ވޭރިއަންޓަށްވުރެ ހަލުވިކޮށް ވައިރަސް ފަތުރާ ވޭރިއަންޓަކަށްވުން އެއީ ކޮވިޑްގެ ނުރައްކާ އިތުރަށް ބޮޑުވެގެން ދާނެ ކަމެކެވެ. މިއީ ހަމަ ކޮންމެ ރައްޔިތަކުވެސް ފުންކޮށް ވިސްނާލަންޖެހޭ ކަމެކެވެ.

ކޮންމެއަކަސް އެޗްޕީއޭއާއި ކަމާބެހޭ އިދާރާތަކުގެ އެންގެވުން ތަކަށް ބޯނުލަނބާނަމަ މި ނުރައްކާ ހާލަތުން އަރައިގަތުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. އެހެންކަމުން މާޒީގެ ހިތި ތަޖުރިބާއިން އިބުރަތް ލިބިގަނެ ކޮވިޑްގެ ބަލިމަނޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރުން އެއީ ކޮންމެ ފަރުދެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމުގައި ހަދަންޖެހެއެވެ. ފުލުގައި ފުލުހަކު ނެތް ނަމަވެސް އިރުޝާދުތަކަށް ބޯލަބަންޖެހެއެވެ. އިރުޝާދުތަކަށް ބޯލަނބާތޯ ބެލުމަށް ކޮންމެ މީހެއް ފުލުގައި ފުލުހަކު ބެހެއްޓުމަކީ ކުރެވޭނެކަމެއް ނޫންކަންވެސް ގަބޫލުކުރަންޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފައިސަލްއާއެކު ފުވައްމުލަކަށް އީދުގެ އުފާވެރިކަން ބޮޑުވެފައި

ފައިސަލްއާއެކު ފުވައްމުލަކަށް އީދުގެ އުފާވެރިކަން ބޮޑުވެފައި

21 އޯގަސްޓު 2018
ކުރިއަށް އެޅުނު ފިޔަވަޅެއް، ރައްޔިތުންގެ މޫނު މަތިން އުފާވެރިކަން

ކުރިއަށް އެޅުނު ފިޔަވަޅެއް، ރައްޔިތުންގެ މޫނު މަތިން އުފާވެރިކަން

26 ޖުލައި 2018
ނަޝީދުގެ ކެމްޕެއިނާ އެކު މެމްބަރުނަށް ކުރެވޭ އުފާވެރިކަމުގެ އިހްސާސާއި އުއްމީދުތައް

ނަޝީދުގެ ކެމްޕެއިނާ އެކު މެމްބަރުނަށް ކުރެވޭ އުފާވެރިކަމުގެ އިހްސާސާއި އުއްމީދުތައް

27 މެއި 2018
ރަމަޟާން މަހަށް މާލޭގެ މަގުތައް ކުނިވެއްޖެ

ރަމަޟާން މަހަށް މާލޭގެ މަގުތައް ކުނިވެއްޖެ

17 މެއި 2018
ސުވާލާއި ޖަމާބު: ދުވާލު މާލޭގެ މަގުތަކަށް ލުޔެއް، އާންމުންގެ ދިރިއުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ

ސުވާލާއި ޖަމާބު: ދުވާލު މާލޭގެ މަގުތަކަށް ލުޔެއް، އާންމުންގެ ދިރިއުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ

02 އެޕްރީލު 2018

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު