Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކާޑެއްދޫ އެއާޕޯޓް

ކާޑެއްދޫ އެއާޕޯޓް ހުޅުވީއްސުރެ އެތާނގައި މަސައްކަތް ކުރި ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ

2 އެޕްރީލު 2018 | ހޯމަ 11:39

ވަކިކުރުމަށް ނިންމާފައިވަނީ 6 މުވައްޒަފުން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 2 އެޕްރީލު 2018 | ހޯމަ 11:39
ކާޑެއްދޫ އެއާޕޯޓް

ކާޑެއްދޫ އެއާޕޯޓް

ކާޑެއްދޫ އެއާޕޯޓް މުވައްޒަފުންގެ އޮނިގަނޑަށް ބަދަލުގެނެސް، އެ އެއާޕޯޓް ހުޅުވީއްސުރެ އެތާނގައި މަސައްކަތް ކުރަމުންދާ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކަމުގެ ނޯޓިސް ދީފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ ގދ ތިނަދޫއަށް ނިސްބަތްވާ 4 މީހަކާއި ގދ މަޑަވެއްޔަށް ނިސްބަތްވާ ދެ މީހެކެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ އެ އެއާޕޯޓް ހުޅުވީއްސުރެ އެތަނުގައި މަސައްކަތް ކުރަމުންދާ، ތަނުގެ އިސް މަޤާމުތަކުގައި ތިބި ފަރާތްތަކެވެ.

Advertisement - newsAdvertisement

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަޤީލް ސޮއިކުރައްވާ އެ މުވައްޒަފުންނަށް ފޮނުވާފައިވާ ނޯޓިސްތަކުގައި ވަނީ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ފަރާތްތައް ވަޒީފާއިން ވަކިކުރަން ނިންމީ، ކާޑެއްދޫ އެއާޕޯޓް މުވައްޒަފުންގެ އޮނިގަނޑު، ރީޖަނަލް އެއާޕޯޓްސްއިން މުރާޖަޢާކޮން މިވަގުތު ކޮންމެހެން ގެންނަންޖެހޭ ބަދަލުތަކެއް ގެނައުމާއި ގުޅިގެން އެ މުވައްޒަފުން އަދާކުރަމުންދާ މަޤާމުތައް އުވިފައިވާތީ ކަމަށެވެ. އެހެންކަމުން ވަޒީފާ އާއި ބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި ވާފަދައިން އެފަރާތްތަކަށް 2 މަސްދުވަހުގެ ނޯޓިސް ދޭ ކަމަށާއި، ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެފަރާތްތަކުގެ މަޤާމު އުވި، ވަޒީފާއިން ވަކިވާނެ ކަމަށް ވެސް ނޯޓިސްގެ ލިޔުމުގައި ވެއެވެ.

ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ބައެއް މުވައްޒަފުން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ، މި ނިންމުމަކީ ސިޔާސީ ނުފޫޒުން ނިންމި ބޭއިންސާފު ނިންމުމެއް ކަމަށް ޤަބޫލުކުރާ ކަމަށާއި، ވަޒީފާއިން ވަކިކުރުމުން ގިނަ ދަތިތަކަކާއި ކުރިމަތިވާނެ ކަމަށެވެ. އަދި އިންސާފު ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެ ފަރާތްތަކުން ބުންޏެވެ.

މީގެ ތެރެއިން ބައެއް ފަރާތްތަކުން ވަނީ ރީޖަނަލް އެއާޕޯޓްސްގެ މި ނިންމުމާއި ގުޅިގެން ހުރި ޤަބޫލުކުރަން ދަތި ބައެއް ކަންކަން ހިއްސާ ކޮށްފައެވެ. އެގޮތުން ވަޒީފާއިން ވަކިކުރުމަށް ނޯޓިސް ފޮނުވާފައިވަނީ ރީޖަނަލް އެއާޕޯޓްސްގެ ރަސްމީ އީމެއިލަކުން ނޫން ކަމަށާއި، އެތަނުގެ މުވައްޒަފެއްގެ އަމިއްލަ މެއިލަކުން، ކާޑެއްދޫ އެއާޕޯޓްގެ މުވައްޒަފެއްގެ މެއިލްއަށް ކަމަށެވެ. އަދި އެ ލިޔުމުގައި ކުންފުނީގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަޤީލް ސޮއިކުރައްވާފައި ވީނަމަވެސް، އެ ލިޔުމުގައި ކުންފުނީގެ ތައްގަނޑު ނެތްކަން އެ މުވައްޒަފުން ފާހަގަކުރިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކާޑެއްދޫގައި މިހާރު މަސައްކަތްކުރާ މުވައްޒަފުން އަދިވެސް މަސައްކަތް ކުރަމުންދަނީ ވިލާ ކުންފުނިން އެ އެއާޕޯޓް ހިންގި އިރު ހެދި އެއްބަސްވުމުގެ ދަށުންނެވެ. އަދި މިހާތަނަށް އެ މުވައްޒަފުންނާއިއެކު ރީޖަނަލް އެއާޕޯޓްސްއިން ވަޒީފާގެ އެއްބަސްވުން ހަދާފައި ނުވާ ކަމަށްވެސް، ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ބައެއް މުވައްޒަފުން ވަނީ ބުނެފައެވެ.

ކާޑެއްދޫ އެއާޕޯޓް މުވައްޒަފުންގެ އޮނިގަނޑަށް ބަދަލުގެނައީ ސިވިލް ސަރވިސްގެ އޮނިގަނޑުގެ ތެރެއަށް ފެއްތުމަށް ކަމަށް ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ފަރާތްތަކަށް ކާޑެއްދޫ އެއާޕޯޓްގެ ބައެއް އިސްވެރިން އަންގާފައިވާއިރު، އެ މުވައްޒަފުން ފާހަގަކުރި ގޮތުގައި ކާޑެއްދޫ އެއާޕޯޓުގައި މިހާތަނަށް އަމަލުކުރަމުން ދިޔައީ ސިވިލް ސަރވިސްގެ އޮނިގަނޑަކަށް ނޫނެވެ. އަދި މި 6 މުވައްޒަފުން ވަކިކުރިއިރު، އެފަރާތްތަކާއި އެއް މަޤާމުތަކެއްގައި ތިބި އެހެން ބައެއް ފަރާތްތަކަށް ނޯޓިސް ފޮނުވާފައި ނުވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

އޮނިގަނޑަށް ބަދަލު އައިސްފައިވާކަމަށް ބުނެ، ކާޑެއްދޫ އެއާޕޯޓްގެ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާއިރު، މިފަދަ ނޯޓިސްތަކާއި އެކު، ސަރުކާރުގެ އެކި އޮފީސްތަކާއި ކުންފުނިތަކުގައި ތިބި، ސިޔާސީ ގޮތުން ސަރުކާރަށް ތާޢީދު ނުކުރާ ބައެއް ފަރާތްތައް މީގެ ކުރިން ވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް