Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުދާ ފެރީތައް

ހުޅުމާލޭ މުދާ ފެރީތައް ރޭގަނޑު އެކަނި ދަތުރުކުރާ ގޮތަށް ބަދަލުކޮށްފި

2 އެޕްރީލު 2018 | ހޯމަ 09:38

މާލެއިން މުދާ ފެރީ ފުރާނީ ރޭގަނޑު 7:00 އާއި ރޭގަނޑު 10:00

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 2 އެޕްރީލު 2018 | ހޯމަ 09:38
ހުޅުމާލެއަށް ދަތުރުކުރާ ފެރީއެއް

ހުޅުމާލެއަށް ދަތުރުކުރާ ފެރީއެއް | އެމްޓީސީސީ

މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލާ އެކު މާލެ އާއި ހުޅުމާލެއާ ދޭތެރޭ ދަތުރުކުރާ މުދާ އުފުލާ ފެރީތައް ހަމައެކަނި ރޭގަނޑު ދަތުރުކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

އެމްޓީސީސީ އިން މުދާ އުފުލާ ގަޑިތައް ބަދަލުކޮށްފައި މި ވަނީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް މުދާ އުފުލާ އެއްގަމު އުޅަނދުފަހރު ދަތުރުކުރާ ވަގުތުތަކަށް ބަދަލު ގެނައުމާ ގުޅިގެންނެވެ. ޓްރާންސްޕޯޓު އޮތޯރިޓީން ބުނެފައި ވަނީ މާލޭގައި މުދާ އުފުލުމަށް ވަކި ހާއްސަ ގަޑިތަކެއް ކަނޑައަޅަންޖެހުނީ މާލޭގެ މަގުތައް ތޮއްޖެހި ހިނގާބިނގާވެ އުޅުމަށް ދަތިވަމުންދާތީ އާއި، ސްކޫލްތަކަށް ކުދިން ގެންގޮސް ގެނައުމާއި، އާއްމު ރައްޔިތުންނަށް މަގުތައް ބޭނުންކުރުމުގައި ދަތިވަމުންދާތީ ކަމަށެވެ. އަދި ކުރިން ކަނޑައެޅި ގަޑިތަކަށް ފަހުން ގެނެސްފައި މިވާ ބަދަލު ގެނެސްފައި ވަނީ ކަމާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާކުރުމަށް ފަހު ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ. ފެރީގެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް މާލެއިން މުދާ ފެރީ ފުރާނީ ރޭގަނޑު 7:00 އާއި ރޭގަނޑު 10:00 އާއި އަދި ދަންވަރު 1:00 ގައި ކަމަށެވެ. އަދި ހުޅުމާލެ އިން ފެރީ ފުރާނީ ހަވީރު 5:30 އާއި ރޭގަނޑު 8:30 ގެ އިތުރުން ރޭގަނޑު 11:30 ގައި ކަމަށް ވެސް އެ އިއުލާންގައިވެއެވެ. މީގެ އިތުރުން ހުކުރު ދުވަހު މާލެއިން މުދާ ފެރީ ފުރާނީ ހަވީރު 5:30 ގައްޔާއި ރޭގަނޑު 7:00 ޖަހާއިރު ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ. ޓްރާންސްޕޯޓު އޮތޯރިޓީން ބުނެފައި ވަނީ މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި މިނޫން ވެސް މިފަދަ އެންމެހާ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭނީ އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ކަމަށެވެ. ނަމަވެސް ޑެލިވަރީގެ ގޮތުގައި އުފުލާ ކައްކާ ގޭސް ހެނދުނު 08:30 އިން ފެށިގެން 11:00 އަށް އަދި އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް އުފުލޭނެ ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.

Advertisement - newsAdvertisement

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް