Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއިކޮނޮމިކް މިނިސްޓްރީ

ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓުތަކުން 24 ގަޑިއިރު ޚިދުމަތް ދިނުމަށް ހުއްދަ ދެނީ

އެ ބަދަލު ގެންނާނީ ހަރުދަނާ އުސޫލެއް ޤާއިމްކުރުމަށްފަހު

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 2 އެޕްރީލު 2018 | ހޯމަ 02:46
މާލޭގެ ފިހާރައަކަށް ފެން ކޭސްތަކެއް ބާލަނީ - ވިޔަފާރިކުރުމުގެ ހުއްދަ 24 ގަޑިއިރަށް ދިނުމަށް ވަނީ ނިންމާފަ

މާލޭގެ ފިހާރައަކަށް ފެން ކޭސްތަކެއް ބާލަނީ - ވިޔަފާރިކުރުމުގެ ހުއްދަ 24 ގަޑިއިރަށް ދިނުމަށް ވަނީ ނިންމާފަ

ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތައް ހުޅުވައި، ޚިދުމަތް ދެވޭ ގަޑިތައް 24 ގަޑިއިރަށް ބަދަލުކުރަން ނިންމައި، އެކަމުގެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤް ވިދާޅުވީ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތަކަށް 24 ގަޑިއިރު ޚިދުމަތްދޭ ތަންތަނަށް ބަދަލުކުރުމަށް ވާންޖެހޭ ތައްޔާރީތައް އެ މިނިސްޓްރީން ވަމުން އަންނަކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ތައްޔާރީތައްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތައުފީޤް ވިދާޅުވި ގޮތުގައި އެ ބަދަލު ގެންނާނީ ހަރުދަނާ އުސޫލެއް ޤާއިމްކުރުމަށްފަހުގައެވެ. އަދި އެ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުއްލިގޮތަކަށް މި ބަދަލު ގެންނަން ނިންމި ސަބަބާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤް ވިދާޅުވީ މި ބަދަލު ގެންނަން ސަރުކާރުން ނިންމީ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވުމުން ކަމަށެވެ.

ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތައް ހުޅުވައި ޚިދުމަތް ދެވޭ ގަޑިތައް 24 ގަޑިއިރަށް ބަދަލުކޮށް، ވިޔަފާރިކުރުމުގެ ހުއްދަ އެންމެފަހުން ދިނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައެވެ. އަދި އެ ބަދަލު ވެގެންގޮސްފައިވަނީ ދިވެހިންގެ ތެރެއިން ގިނަ ބަޔެއްގެ ދިރިއުޅުމަށް ބޮޑު ފަސޭހައެއް ގެނައި ބަދަލަކަށެވެ. ނަމަވެސް އެ ހުއްދަ ނިމުމަކަށް ގެނެސްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ޝާމިލްވުމާއެކު އުފެދުނު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައެވެ.

އިތުރަށް ކިޔާލަން

02 އޯގަސްޓު 2017

ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް އިތުރު ދެ ރަށެއްގައި ގާއިމްކޮށްފި

02 އޯގަސްޓު 2017
ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް އިތުރު ދެ ރަށެއްގައި ގާއިމްކޮށްފި
13 ޖޫން 2017

ރެސްޓޯރެންޓް ކެފޭ އިންޝުއަރެންސަށް ހާއްސަ ސްކީމެއް ދިވެހި އިންޝުއަރެންސްއިން ތަޢާރަފުކޮށްފި

13 ޖޫން 2017
ރެސްޓޯރެންޓް ކެފޭ އިންޝުއަރެންސަށް ހާއްސަ ސްކީމެއް ދިވެހި އިންޝުއަރެންސްއިން ތަޢާރަފުކޮށްފި
10 ޖޫން 2017

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އާރުއޯއެލްގެ އިންޓަނެޓްގެ ހިދުމަތަށް ކުރިއެރުންތަކެއް ލިބޭނެ!

10 ޖޫން 2017
ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އާރުއޯއެލްގެ އިންޓަނެޓްގެ ހިދުމަތަށް ކުރިއެރުންތަކެއް ލިބޭނެ!
23 މެއި 2017

ރަމަޟާން މަހު ބީއެމްއެލްއިން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި

23 މެއި 2017
ރަމަޟާން މަހު ބީއެމްއެލްއިން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި
12 މެއި 2017

ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ބ. ދަރަވަންދޫގައި ގާއިމް ކޮށްފި

12 މެއި 2017
ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ބ. ދަރަވަންދޫގައި ގާއިމް ކޮށްފި
05 މެއި 2017

ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި

05 މެއި 2017
ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި
14 އެޕްރީލު 2017

ބީއެމްއެލް އިން ޅ. ހިންނަވަރުގައި ސެލްފް ބޭންކިންގެ ޚިދުމަތް ފަށައިފި

14 އެޕްރީލު 2017
ބީއެމްއެލް އިން ޅ. ހިންނަވަރުގައި ސެލްފް ބޭންކިންގެ ޚިދުމަތް ފަށައިފި
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
27 ފެބުރުއަރީ 2017

ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

27 ފެބުރުއަރީ 2017
ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި
05 ފެބުރުއަރީ 2017

ފުވައްމުލަކުގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ތަޢާރަފްކޮށްފި

05 ފެބުރުއަރީ 2017
ފުވައްމުލަކުގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ތަޢާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު