Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބޭންކް އޮފް މޯލްޑިވްސް

ރަމަޟާން މަހު ބީއެމްއެލްއިން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި

ސެލްފް ސަރވިސް އޭޓީއެމްތަކާއި ކޯލް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 23 މެއި 2017 | އަންގާރަ 16:50
ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް އިން ރަމަޟާން މަހު އެހެން ހުރިހާ ބޭންކްތަކަށްވުރެ ގިނަ ވަގުތު ކަސްޓަމަރުންނަށް ޚިދުމަތްދިނުމަށް ނިންމާ ޚިދުމަތްތައް ފޯރުކޮށްދޭނެ ވަގުތުތައް ހާމަކޮށްފިއެވެ.

މިގޮތުން މާލޭގައި ހުރި ބޭންކްގެ ހުރިހާ ބްރާންޗެއް ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އަށް ހުޅުވުމަށްވަނީ ހަމަޖެހިފައެވެ. ބީއެމްއެލްގެ އެހެނިހެން ބްރާންޗް ތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:30 އިން މެންދުރުފަހު 1:00 އަށެވެ.

ބޭންކުން ޤާއިމުކޮށްފައިވާ 28 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ޑިޕޮސިޓް ކުރުމާއި، ފައިސާނެގުމާއި، ފައިސާ ފޮނުވުމުގެ ޚިދުމަތް 24 ގަޑި އިރު ލިބޭނެއެވެ.

އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ޚިދުމަތްވެސް ރަމަޟާންމަހު ލިބޭނެއެވެ.

ބީއެމްއެލްގެ ހެޑް އޮފް ރީޓެއިލް ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ މާލޭގައި ބޭންކިންގ ޚިދުމަތްތަކަށް އޮންނަ ޑިމާންޑް ބޮޑު އިރު ވީހާވެސް ގިނަ ބަޔަކަށް ރަމަޟާން މަހު ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކާ ނިންމާފައި މިވަނީ ރަމްޟާން މަހު މާލޭގެ ހުރިހާ ބްރާންޗަކުންވެސް ހަތަރު ގަޑިއިރު ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ކަމަށެވެ.

"ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ބީއެމްއެލްގެ 28 ސެލްފް ސާވިސް ބޭންކިންގ ސެންޓަރތަކުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް 24 ގަޑިއިރު އަދިވެސް ޚިދުމަތް ހޯދޭނެ އަދި ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ ކޮންޓެކްޓް ސެންޓަރގެ ޚިދުމަތްވެސް 24 ގަޑިއިރު ލިބެމުންދާނެ." ނިމާލް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
27 ފެބުރުއަރީ 2017

ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

27 ފެބުރުއަރީ 2017
ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި
22 ފެބުރުއަރީ 2017

ފެނާއި ގޭސް ޑެލިވަރީ ކުރުމަށް ވަކި ވަގުތުތަކެއް ހަމަޖައްސައިފި

22 ފެބުރުއަރީ 2017
ފެނާއި ގޭސް ޑެލިވަރީ ކުރުމަށް ވަކި ވަގުތުތަކެއް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު