Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ މައްސަލަ

އުތުރު ކޮރެއާ އާއިއެކު ވިޔަފާރިކުރާ އިތުރު އުޅަނދުތަކެއް ބްލެކްލިސްޓް ކޮށްފި

31 މާރިޗު 2018 | ހޮނިހިރު 11:35

އުތުރު ކޮރެއާއަށް ތެޔޮ ވިއްކުމަކީ މަނާކަމެއް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 31 މާރިޗު 2018 | ހޮނިހިރު 11:35
އުތުރު ކޮރެއާގެ ބަނދަރެއް

އުތުރު ކޮރެއާގެ ބަނދަރެއް

ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް އަދި އދ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބެލުމެއް ނެތި އުތުރު ކޮރެއާއާއިއެކު ވިޔަފާރި ކުރި މައްސަލައިގައި 27 ބޯޓަކާއި 21 ޝިޕިންގ ކުންފުންޏެއް އދ އިން ބްލެކްލިސްޓް ކޮށްފިއެވެ.

އދގެ ސަލާމަތީ މަޖިލީހުން މި އުޅަނދުތަކާއި ކުންފުނިތައް ބްލެކްލިސްޓްކުރީ އެމެރިކާގެ އިސްނެގުމަކަށެވެ. މި ކުންފުނިތަކާއި އުޅަނދުތަކަކީ އުތުރު ކޮރެއާއަށް ވަގަށް ތެލާއި ބޯޓުދެއްޔާއި އެނޫން ވެސް ތަކެތި ސަޕްލައިކޮށްދޭކަން ފަޅާއަރާފައިވާ ކުންފުނިތަކާއި އުޅަނދުތަކެވެ.

އދ އިން ބްލެކްލިސްޓް ކުރި އުޅަނދުތަކަށް ބައިނަލްއަޤްވާމީ ޕޯޓްތަކުގައި ބަނދަރުކުރުން ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން މަނާވާނެއެވެ. އަދި ބްލެކްލިސްޓްކުރި ކުންފުނިތަކުގެ މުދާ ފްރީޒްކުރުމުގެ ބާރު އދގެ މެމްބަރު ޤައުމުތަކަށް ލިބިގެންދާނެއެވެ.

މިއީ އދ އިން މިގޮތަށް މިހާ ގިނަ ކުންފުންޏާއި އުޅަނދުތަކާއި ދެކޮޅަށް ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.

އދ އާއި އެމެރިކާ އަދި އެހެން ޤައުމުތަކުން އުތުރު ކޮރެއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އެޤައުމުން ހިންގާ ނިއުކްލިއަރ ޕްރޮގްރާމްގެ ސަބަބުންނާއި އުތުރު ކޮރެއާގެ ސަރުކާރުން އިންސާނީ ހައްޤުތަކަށް އަރައިގަންނަ މައްސަލައިގައެވެ.

2006 ވަނަ އަހަރުން ފެށިގެން އުތުރު ކޮރެއާއާއި ދެކޮޅަށް ބައިނަލްއަޤްވާމީ ދަތިކުރުމުގެ ފިޔަވަޅު އަޅައި، އެޤައުމަށް ތެލާއި އެހެނިހެން ތަކެތި އެތެރެކުރުން ހުއްޓުވުމަށް މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، ބައެއް ކުންފުނިތަކުން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް އުތުރު ކޮރެއާއަށް މިތަކެތި ސަޕްލައިކޮށްދޭކަން ވަނީ ފަޅާއަރައެވެ. ދާދިފަހުން ވެސް ދިވެހިރާއްޖޭގެ ދިދަ ނަގާފައިވާ އުޅަނދަކުން އުތުރު ކޮރެއާގެ އުޅަނދަކާއި މިފަދަ މަނާ މުޢާމަލާތްތަކެއް ކުރާކަން ޖަޕާނުގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ.

މިފަދަ މައްސަލަތަކުގައި ޝާމިލްވާ ޤައުމުތަކާއި، ކުންފުނިތަކާއި އަދި އުޅަނދުތަކާއި ދެކޮޅަށް ވެސް އދ އިން ދަނީ ފިޔަވަޅު އަޅަމުންނެވެ.

މިފަހަރު ފިޔަވަޅު އެޅި ކުންފުނިތަކުގެ ތެރެއިން 16 ކުންފުންޏަކީ އުތުރު ކޮރެއާގެ ކުންފުނިތަކެވެ. އަދި އޭގެ އިތުރުން ހޮންކޮންގަށް ނިސްބަތްވާ 5 ކުންފުންޏަކާއި، ޗައިނާއަށް ނިސްބަތްވާ 2 ކުންފުންޏެއްގެ އިތުރުން ޓައިވާނުގެ 2 ކުންފުންޏަކާއި، ޕެނަމާ ކުންފުންޏަކާއި ސިންގަޕޫރު ކުންފުންޏަކާއި ދެކޮޅަށް އދއިން ވަނީ ފިޔަވަޅު އަޅާފައެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް