Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނަރވް އެޖެންޓް ހަމަލާ

އެމެރިކާގެ 60 ޑިޕްލޮމެޓުން ފޮނުވާލައި، ރަޝިއާގައި ހުންނަ އެމެރިކާ ކޮންސިއުލޭޓެއް ބަންދުކޮށްފި

ފޮނުވާލުމަށް ނިންމާފައިވާ އެމެރިކާގެ އޮފިޝަލުންގެ ތެރޭގައި މޮސްކޯގައި ހުންނަ އެމެރިކާ އެމްބަސީގައި މަސައްކަތްކުރާ 58 މީހަކު ހިމެނޭ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 30 މާރިޗު 2018 | ހުކުރު 08:36
އިނގިރޭސިވިލާތުގައި ނަރވް އޭޖެންޓްގެ ހަމަލާ ދިން ކަމަށް ބުނާ ރަޝިއާގެ ކުރީގެ އިންޓެލިޖެންސް އޮފިސަރ ސަރްގޭ ސްކްރިޕަލް އަދި އޭނާގެ ދަރިފުޅު

އިނގިރޭސިވިލާތުގައި ނަރވް އޭޖެންޓްގެ ހަމަލާ ދިން ކަމަށް ބުނާ ރަޝިއާގެ ކުރީގެ އިންޓެލިޖެންސް އޮފިސަރ ސަރްގޭ ސްކްރިޕަލް އަދި އޭނާގެ ދަރިފުޅު

ރަޝިއާގައި ތިބި އެމެރިކާގެ ޑިޕްލޮމެޓިކް އޮފިޝަލުން އެގައުމުން ފޭބުމަށް އަންގައި، ރަޝިއާގެ ސެއިންޓް ޕީޓަރސްބަރގްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ބަންދުކޮށްފިއެވެ.

ރަޝިއާގައި ތިބި އެމެރިކާގެ 60 ޑިޕްލޮމެޓެން އަންނަ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުގެ ކުރިން އެގައުމުން ފޭބުމަށް އަންގާފައި ވަނީ، އެމެރިކާގައި ތިބި ރަޝިއާގެ 60 ޑިޕްލޮމެޓުން އެގައުމުން ފޭބުމަށް މިދިޔަ ހަފްތާގައި އެމެރިކާ އިން އެންގި އެންގުމަށް ރައްދު ދިނުމުގެ ގޮތުންނެވެ.

ރަޝިއާގެ ޚާރިޖީވުޒާރާ އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ވަނީ، އެގައުމުން ފޭބުމަށް އަންގާފައިވާ އޮފިޝަލުންގެ ތެރެއިން 58 މީހުންނަކީ ވެރިރަށް މޮސްކޯގައި ހުންނަ އެމެރިކާގެ އެމްބަސީގައި މަސައްކަތް ކުރާ އޮފިޝަލުން ކަމަށާއި، ބާކީ ތިބި ދެ އޮފިޝަލުންނަކީ ޔެކަޓެރިންބަރގްގައި ހުންނަ އެމެރިކާ ކޮންސިއުލޭޓްގައި މަސައްކަތް ކުރާ ދެ މީހުން ކަމަށެވެ.

މީގެ އިތުރުން ރަޝިއާ އިން ވަނީ ސެއިންޓް ޕީޓަރސްބަރގްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓްގެ ހުއްދަ ބާތިލްކޮށްފައެވެ.

ރަޝިއާގެ މިނިންމުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ހީތަރ ނައުއަރޓް ވިދާޅުވީ، ރަޝިއާގެ އަމަލުތަކުން ދައްކައިދެނީ މަޝްވަރާ ކޮށްގެން ކަންކަން ހައްލު ކުރުމުގެ ޝައުގުވެރިކަމެއް ނެތް ކަން ކަމަށެވެ. އަދި އެމެރިކާ އިން ރަޝިއާގެ ޑިޕްލޮމެޓުން ބޭރު ކުރުމަށް ނިންމީ އިނގިރޭސިވިލާތުގެ ރައްޔިތަކާއި އޭނާގެ ދަރިފުޅަށް ދިން ނަރވް އޭޖެންޓްގެ ހަމަލާއާ ގުޅިގެން ކަމަށެވެ.

ނޭޓޯ އިން ވެސް ވަނީ ރަޝިއާގެ މިޝަންގައި މަސައްކަތް ކުރާ ހަތް އޮފިޝަލަކު ގައުމުން ފައިބަން ޖެހިފައިވާކަން ހާމަކޮށްފައެވެ.

ފާއިތުވި ހަފްތާގައި އިނގިރޭސިވިލާތުން ވަނީ އެގައުމުގައި މަސައްކަތް ކުރާ ރަޝިއާގެ 23 އޮފިޝަލަކު އެގައުމުން ބޭރުކޮށްފައެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރޭސަ މޭ ވަނީ، ރަޝިއާގެ ކުރީގެ އިންޓެލިޖެންސް އޮފިސަރެއް ކަމަށްވާ ސަރްގޭ ސްކްރިޕަލް އާއި އޭނާގެ ދަރިފުޅު ޔޫލިއާ އަށް އިނގިރޭސިވިލާތުގައި ވިހަ ދިނުމުގައި ރަޝިއާގެ ބައިވެރިވުން އޮތް ކަމުގެ ހެކި ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.

ޔޫލިއާގެ ހާލަތު މިހާރު ރަނގަޅު ވަމުން އަންނަ އިރު އޭނާގެ ހާލަތު ސީރިއަސް ނޫން ކަމަށް ޑޮކްޓަރުން ވަނީ ބުރާސްފަތި ދުވަހު ބުނެފައެވެ. އެހެންނަމަވެސް ސަރްގޭގެ ހާލު ސީރިއަސް ކަމަށް ޑޮކްޓަރުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު