Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޒްލަޓަން އިބްރާހިމޮވިޗް

އިބްރަހިމޮވިޗް ނެތްތަން ޔުނައިޓެޑްއިން ދައްކާނެ: ޖޯންސް

އިބްރަހިމޮވިޗް ވަނީ އެލްއޭ ގެލެކްސީއަށް ބަދަލުވެފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 29 މާރިޗު 2018 | ބުރާސްފަތި 14:36
އިބްރަހިމޮވިޗް އަދި ޖޯންސް

އިބްރަހިމޮވިޗް އަދި ޖޯންސް

ޒްލާޓާން އިބްރަހިމޮވިޗް ނެތްތަން މެންޗެސްޓާ ޔުނައިޓެޑްއިން ދައްކާނެ ކަމަށް އެ ޓީމުގެ ޑިފެންޑަރު ފިލް ޖޯންސް ބުނެފިއެވެ.

އުމުރުން 36 އަހަރުގެ އިބްރަހިމޮޗް ވަނީ ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށް ފަހު އެމެރިކާގެ މޭޖަރ ލީގު ސޮކާގެ ޓީމެއް ކަމަށްވާ އެލްއޭ ގެލެކްސީއަށް ބަދަލުވެފައެވެ. މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އިބްރަހިމޮވިޗް ހޯދުމަށް ގިނަ ކްލަބްތަކުން މަސައްކަތްކުރިއެވެ. އެހެންނަމަވެސް ޔުނައިޓެޑުން ވަނީ އިބްރާހިމޮވިޗް ދޫކޮށްލުމަށް ފަހު، އަލުން އަނބުރާ އޭނާއާ އެކު އެއްބަސްވުމަކަށް އައިސް ސޮއި ހޯދާފައެވެ.

އިނގިރޭސިވިލާތުގެ ބައިނަލްއަގްވާމީ ޑިފެންޑަރު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނެފައި ވަނީ އިބްރަހިމޮވިޗްއަކީ އޭނާގެ ކެރިއަރުގައި އެކުގައި ކުޅުމުގެ ފުރުސަތު ލިބުނު ވަރުގަދަ ޝަހުސިއްޔަތެއް ކަމަށެވެ. އޭނާ ބުނީ އިބްރަހިމޮވިޗް މަތިން ވަރަށް ހަނދާންވާނެ ކަމަށާއި އޭނާއަކީ ދަނޑުމަތީގައި އެ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ. ދަނޑުމަތީގައި އޭނާ ދައްކާ ކުޅުމާ އެއްވަރަށް އޭނާއަކީ ޑްރެސިން ރޫމްގައި ވެސް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި އުއްމީދަކީ އޭނާއަށް ކާމިޔާބު ލިބުން ކަމަށް ފިލް ޖޯންސް ބުނެފައިވެއެވެ.

ޔުނައިޓެޑް ދޫކޮށްލަން އިބްރަހިމޮވިޗް ނިންމީ އޭނާގެ ފިޓްނެސް ލެވެލް ދަށްވުމާ އެކު އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުދެކޭތީ ކަމަށެވެ. އިބްރަހިމޮވިޗް ވަނީ ޔުނައިޓެޑް ދޫކޮށްލުމަށް ފަހު އެ ޓީމުގެ ކުޅުންތެރިންނާއި ކޯޗު އަދި ސަޕޯޓަރުންނަށް ޝުކުރު އަދާކޮށް ހާއްސަ މެސެޖެއް ވެސް ފޮނުވާފައެވެ. ޔުނައިޓެޑް އިން ވެސް ވަނީ ކްލަބަށް އިބްރަހިމޮވިޗް ކޮށްދިން ހުރިހާ ކަމަކަށް ޝުކުރު އަދާކުރާ ކަމަށާއި އޭނާގެ މުސްތަގުބަލު ކާމިޔާބު ވާނެ ކަމަށް އުއްމީދުކުރާ ކަމަށް ބުނެފައެވެ. ޖޯންސް ބުނެފައި ވަނީ އިބްރަހިމޮވިޗް ނެތްތަން ޔުނައިޓެޑްގެ ސްކޮޑުން ދައްކާނެ ކަމަށާއި އެހެން ނަމަވެސް އެ ކްލަބާކީ އެއް ކުޅުންތެރިޔަކަށް ބިނާވެގެން ކުޅޭނެ ޓީމެއް ނޫން ކަމަށެވެ.

ޔުނައިޓެޑާ އިބްރަހިމޮވިޗް ގުޅިފައި ވަނީ 2016 ވަނަ އަހަރު ފްރާންސްގެ ޕީއެސްޖީގައި ބޮޑެތި ކާމިޔާބުތަކެއް ހޯދުމަށް ފަހުއެވެ. ޖޯންސްއަކީ އޭރުވެސް ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން ޖާގަ ހޯދަމުންދިޔަ ކުޅުންތެރިޔެކެވެ. ޔުނައިޓެޑްގައި ހޭދަކުރި ދެ އަހަރުގައި އޭނާ ވަނީ އެ ޓީމަށް 53 މެޗު ކުޅެދީ 29 ލަނޑު ޖަހައިދީފައެވެ. ހަމައެހެންމެ ޖޯންސްއާއެކު އިބްރަހިމޮވިޗް ވަނީ ޔުނައިޓެޑަށް އިނގިރޭސި ލީގު ކަޕާއި އެފްއޭ ކޮމިއުނިޓީ ޝީލްޑް އަދި ޔުއެފާ ޔުރޮޕާ ލީގު ކާމިޔާބުކޮށްދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިބްރަހިމޮވިޗް ޔުނައިޓެޑާ ގުޅުމަކީ ލިބުނު ހިއްވަރެއް: މޮރީނިއޯ

އިބްރަހިމޮވިޗް ޔުނައިޓެޑާ ގުޅުމަކީ ލިބުނު ހިއްވަރެއް: މޮރީނިއޯ

26 އޯގަސްޓު 2017
އިބްރަހިމޮވިޗް ޔުނައިޓެޑަށް ސޮއިކޮށްފި

އިބްރަހިމޮވިޗް ޔުނައިޓެޑަށް ސޮއިކޮށްފި

25 އޯގަސްޓު 2017
ކޮސްޓާ ނެތްތަން ފޫ ނުބެއްދޭނެ ކަމަށް ޗެލްސީގެ ކެޕްޓަން ކޭހިލް ބުނެފި

ކޮސްޓާ ނެތްތަން ފޫ ނުބެއްދޭނެ ކަމަށް ޗެލްސީގެ ކެޕްޓަން ކޭހިލް ބުނެފި

10 އޯގަސްޓު 2017
ނޭމާ ނެތްތަން ފޫބައްދާނީ ޑެލޮފެއު: ބާސެލޯނާ

ނޭމާ ނެތްތަން ފޫބައްދާނީ ޑެލޮފެއު: ބާސެލޯނާ

08 އޯގަސްޓު 2017
އިބްރަހިމޮވިޗް ހުރީ ފައިނަލް މެޗަށް ތައްޔާރަށް!

އިބްރަހިމޮވިޗް ހުރީ ފައިނަލް މެޗަށް ތައްޔާރަށް!

22 މެއި 2017

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު