Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު

އިބްރަހިމޮވިޗް ޔުނައިޓެޑާ ގުޅުމަކީ ލިބުނު ހިއްވަރެއް: މޮރީނިއޯ

އިބްރަހިމޮވިޗް ވަނީ ނިމިގެން ދިޔަ ސީޒަނުގައި ޔުނައިޓެޑަށް މޮޅު ކުޅުމެއް ދައްކާފައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 26 އޯގަސްޓު 2017 | ހޮނިހިރު 02:58
އިބްރަހިމޮވިޗް އަދި މޮރީނިއޯ، ނިމިގެން ދިޔަ ސީޒަނުގެ މެޗެއްގެ ތެރެއިން

އިބްރަހިމޮވިޗް އަދި މޮރީނިއޯ، ނިމިގެން ދިޔަ ސީޒަނުގެ މެޗެއްގެ ތެރެއިން

ސްވިޑަންގެ ފޯވާޑް ލާޓަން އިބްރަހޮމިޗް ހުރުމަކީ ޓީމަށް ލިބިގެންދާނެ ބޮޑު ހިއްވަރެއް ކަމަށާއި، އޭނާ ހުރުމުން އިތުރު ކާމިޔާބީތަކަށް ވާސިލުވެވިދާނޭ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗް ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

ގޯލް ޑޮޓްކޮމްއާއި ވާހަކަދައްކަމުން މޮރީނިއޯ ބުނީ އިބްރަހިމޮވިޗް މެންޗެސްޓާއަށް ބަދަލުވުމަކީ އުފާކުރަން ޖެހޭ ކަމެއް ކަމަށާއި އެއީ މޮލޫ ކުޅުންތެރިއެއް ކަމަށެވެ. އިބުރަހިމޮވިޗްއަކީ ދުނިޔޭގެ ނިސްބަތުން ވަރަށް ހުނަރުވެރި މޮޅު ފޯވާޑެއް ކަމަށް ވެސް މޮރީނިއޯ ވަނީ ބުނެފައެވެ.

މޮރީނިއޯ ބުނީ އިބްރަހިމޮވިޗްއަކީ ޓީމު އިތުރަށް ވަރުގަކޮށް ޓީމު ބިނާކުރުމަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި އޭނާގެ ތަޖުރިބާއަކީ އެކަމުގެ ހެއްކެއް ކަމަށެވެ. މޮރީނިއޯ ބުނީ އޭނާއަށް އިބްރަހިމޮވިޗް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އެގޮތުން އޭނާއާ މެދު ވަރަށް އިތުބާރު ބޮޑު ކަމަށެވެ.

އަނިޔާގައި ހަތަރު މަސް ދުވަހު ހޭދަކުރުމަށް ފަހު އިބްރަހިމޮވިޗް ޔުނައިޓެޑާ އަލުން ގުޅިފައި ވަނީ ދާދި ފަހުންނެވެ. އަލުން އެނބުރި ޔުނައިޓެޑާ އިބްރަހިމޮވިޗް ގުޅުނު އިރު އޭނާއަކީ ނިމިގެން ދިޔަ ސީޒަނުގައި ޔުނައިޓެޑްގައި މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ.

އިބްރަހިމޮވިޗް މިދިޔަ ސީޒަނުގައި ޔުނައިޓެޑްގައި މޮޅު ކުޅުމެއް ދައްކާފައިވާއިރު އޭނާއަށް އަނިޔާގެ މައްސަލަ ކުރިމަތިވީ ޔުރޮޕާ ލީގުގައި ބެލްޖިއަމްގެ އަންޑަލެކްޓާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި އަނިޔާވެފައި ވަނީ އޭނާގެ ކަކުލުގެ ލިގަމެންޓަށެވެ.

ޔުނައިޓެޑާއި އޭނާއާ ދެމެދު ވެފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އިބްރަހިމޮވިޗް ހުރީ އެއްވެސް ކްލަބަކަށް ނިސްބަތް ނުވާ ކުޅުންތެރިޔެއްގެ ގޮތުގައެވެ.

އެހެން ނަމަވެސް ހަތަރު މަސްދުވަހު އަނިޔާގައި ހުރުމަށް ފަހު އޭނާ ވަނީ އަލުން އަނބުރާ މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފައެވެ.

ކޮންޓްރެކްޓްގައި ސޮއި ކުރުމަށް ފަހު ވާހަކަ ދައްކަމުން އިބްރަހިމޮވިޗް ބުނީ އަލުން އަނބުރާ ކުޅުމުގެ ތެރެއަށް އައުމަށް ކެތްމަދުވެފައި ހުރި ކަމަށާއި އެހެން ނަމަވެސް އަނިޔާއިން މުޅިން ރަނގަޅުވުމަށް އަދިވެސް އިތުރު ވަގުތު ނަގާނެ ކަމަށެވެ. އަދި ކުރީގެ ފޯމު އަނބުރާ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރާނެ ކަމަށް ވެސް އިބްރަހިމޮވިޗް ބުނެފައި ވެއެވެ.

ޔުނއިޓެޑުގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފައި ވަނީ އިބްރަހިމޮވިޗް އަލުން އަނބުރާ ޓީމާ ގުޅުމަކީ ލިބުނު ކުރިއެރުމެއް ކަމަށާއި އޭނާގެ ތަޖުރިބާ އާއި ހުނަރަކީ މި ސީޒަނުގައި ތަށި ހޯދުމަށް ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. ހަމަ އެހެންމެ މިދިޔަ ސީޒަނުގައި އޭނާގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުމާ އެކު އޭނާއަށް އާ އެއްބަސްވުމެއް ހައްގު ކަމަށް މޮރީނިއޯ ހާމަކުރިއެވެ.

މިދިޔަ ސީޒަނުގައި އިބްރަހިމޮވިޗް ބޭނުންކުރި 9 ނަމްބަރު ޖާޒީ މި ސީޒަނުގައި ބޭނުންކުރަނީ ޔުނައިޓެޑާ އަލަށް ގުޅުނު ފޯވާޑް ލުކާކޫއެވެ. އިބްރަހިމޮވިޗް މި ސީޒަނުގައި ބޭނުންކުރާނީ 10 ނަމްބަރު ޖާޒީއެވެ.

އިބްރަހިމްއޮވިޗް ވަނީ މިދިޔަ ސީޒަނުގައި ޔުނައިޓެޑުގައި މޮޅުކުޅުމެއް ދައްކާފައެވެ. އެގޮތުން ޔުނައިޓެޑަށް ކުޅެދިން 28 މެޗުގައި އޭނާ ވަނީ 17 ގޯލް ކާމިޔާބު ކޮށްދީފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވެލެންސިޔާ އަތުން ލިބުނު މޮޅަކީ ރަނގަޅު ފެށުމެއް: ސުޒޭން

ވެލެންސިޔާ އަތުން ލިބުނު މޮޅަކީ ރަނގަޅު ފެށުމެއް: ސުޒޭން

30 އެޕްރީލު 2017
ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ އެކު ބްރާވޯ އަށް ސީޒަން ނިމިއްޖެ

ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ އެކު ބްރާވޯ އަށް ސީޒަން ނިމިއްޖެ

29 އެޕްރީލު 2017
ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ

ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ

22 އެޕްރީލު 2017
ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި

ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި

20 އެޕްރީލު 2017
ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ނިކުންނަންޖެހޭނީ ހަމަޖެހިގެން: ކޮންޓޭ

ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ނިކުންނަންޖެހޭނީ ހަމަޖެހިގެން: ކޮންޓޭ

10 އެޕްރީލު 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު