Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މުހައްމަދު ސަލާހު

މިވަގުތު ސަލާހުއަށް ވުރެ މޮޅީ ރޮނާލްޑޯ އަދި މެސީ!

އެއް ސީޒަނެއްގައި ލިވަޕޫލަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑު އޮންނަނީ ރަޝް އަތުގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 29 މާރިޗު 2018 | ބުރާސްފަތި 13:44
މުހައްމަދު ސަލާޙު

މުހައްމަދު ސަލާޙު

މި ސީޒަނުގެ މިހާތަނަށް އައިއިރު ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހަށް ވުރެ މޮޅު ކުޅުމެއް ދައްކަމުން އަންނަނީ ބާސެލޯނާގެ ލިއޮނެލް މެސީ އަދި ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް ލިވަޕޫލްގެ ލެޖެންޑް އިއާން ރަޝް ބުނެފިއެވެ.

ރަޝްއަކީ އެއް ސީޒަނެއްގައި ލިވަޕޫލަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑު އޮންނަ ކުޅުންތެރިޔާއެވެ. އެހެން ނަމަވެސް މި ސީޒަނުގައި ސަލާހުގެ ފަރާތުން ފެންނަމުންދާ މޮޅު ކުޅުމާއި އޭނާ ޖަހަމުންދާ ލަނޑުގެ އަދަދުގެ ސަބަބުން 1984 ވަނަ އަހަރު ރަޝްގެ ރެކޯޑު ސަލާހު މުގުރާލާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި އިޓަލީގެ ރޯމާ ދޫކޮށް 36.9 މިލިއަން ޕައުންޑަށް ލިވަޕޫލަށް ބަދަލުވުމަށް ފަހު ސަލާހު ވަނީ މިހާތަނަށް އެ ޓީމަށް 36 ލަނޑު ޖަހައިދީފައެވެ. ރަޝްގެ ރެކޯޑު މުގުރާލުމަށް ސަލާހަށް ބާކީ 11 މެޗު އެބައޮތެވެ. މި މޮޅު ކުޅުމުގެ ސަބަބުން އޭނާ ހޯދުމަށް ރެއާލް އަދި ބާސާއިން މަސައްކަތްކުރަމުންދާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ސްކައި ސްޕޯޓްސްއާ ވާހަކަ ދައްކަމުން ރަޝް ބުނީ ޕްރިމިއާ ލީގުގައި ލިވަޕޫލަށް ކުޅުނު އެންމެ ފޯވާޑުންގެ ތެރޭގައި ފެނާންޑޯ ޓޮރޭޒް އަދި ލުއިސް ސުއަރޭޒްގެ އިތުރުން ސަލާހު ވެސް މިހާރު އެ ލިސްޓުގައި ގުނާ ލެވޭނެ ކަމަށެވެ. އޭނާ ބުނީ މި ސީޒަނުގައި ސަލާހުގެ ފަރާތުން ފެންނަމުންދަނީ ތަފާތު ކުޅުމެއް ކަމަށާއި އޭނާގެ ހިތްތިރި ކަމަކީ ވެސް އަޖައިބުވާ ފަދަ ކަމެއް ކަމަށެވެ.

ރަޝް ބުނީ ވޮޓްފޯޑާ ދެކޮޅަށް ސަލާހު ކުޅުނު މެޗަކީ އޭނާގެ ފަރާތުން އެންމެ މޮޅު ކުޅުން މި ސީޒަނުގައި ފެނުނު މެޗު ކަމަށާއި އެ މެޗުގައި އޭނާ ހުރީ އެހެން ކުޅުންތެރިންނާއި މުޅިން ތަފާތު ލެވެލްއެއްގައި ކަމަށެވެ. އެ މެޗުގައި ސަލާހު ހަތަރު ލަނޑު ޖެހިކަން ފާހަގަކުރަމުން ރަޝް ބުނީ ހަތަރު ލަނޑު ޖެހުމުގެ އިތުރަށް ޓީމުގެ އެހެން ކުޅުންތެރިންނަށް ފުރުސަތު ތަނަވަސްކޮށްދިނުމަށް ވެސް ސަލާހު ބުރަ މަސައްކަތްތަކެއް ކުރި މަންޒަރު ފެނިގެންދިޔަ ކަމަށެވެ. އޭނާ ބުނީ އެ ފެންވަރުގައި މިހާރު ކުޅޭ މަންޒަރު ފެންނަނީ އެންމެ ދެ ކުޅުންތެރިން ކަމަށާއި އެއީ ރޮނާލްޑޯ އަދި މެސީ ކަމަށެވެ.

ސްކައި ސްޕޯޓްސްއާ ވާހަކަ ދައްކަމުން ރަޝް ވަނީ ސަލާހުގެ އިތުރުން ފިރްމީނޯއަށް ވެސް ތައުރީފުކޮށްފައެވެ. އޭނާ ބުނީ ފިރްމީނޯއަކީ އިތުބާރު ކުޅުންތެރިއެއް ކަމަށާއި ލިވަޕޫލްއަށް ލަނޑު ޖެހުމުގެ މައިގަނޑު ސިއްރަކީ ދަނޑުމަތީގައި ފިރްމީނޯ ކުރާ ބުރަ މަސައްކަތް ކަމަށެވެ. އޭނާއަކީ ސީޒަނެއްގައި 30 ލަނޑު ޖަހާ ކުޅުންތެރިއެއް ނޫން ކަމަށާއި އެހެން ނަމަވެސް ކޮންމެ ކޯޗަކު ވެސް ފިރްމީނޯ ފަދަ ކުޅުންތެރިއަކު ޓީމުގައި ބަހައްޓަން ބޭނުންވާނެ ކަމަށެވެ. އޭނާއަކީ ބްރެޒިލަށް އުފަން ތަފާތު ހުނަރުތަކެއް ލިބިފައިވާ ކުޅުންތެރިއެއް ކަމަށާއި ލިވަޕޫލްގައި އޭނާ ހުރުމަކީ އެ ޓީމަށް ލިބޭ ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށް ވެސް ރަޝް ބުނެފައިވެއެވެ.

ލިވަޕޫލްގެ ފޯވާޑް ލައިނުގައި އެންމެ ގިނަ ލަނޑު މި ސީޒަނުގައި ޖެހި ކުޅުންތެރިއަކީ ސަލާހު ކަމަށްވާއިރު އޭނާ އަންނަނީ އޭނާއާ އެކު އެ ޑިޕާޓްމެންޓުގައި ހަރަކާތްތެރިވާ އެހެން ކުޅުންތެރިންނަށް ވެސް ދަނޑުމަތީގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ސަލާހު އަދި ރޮބާޓޯ ފިރްމީނޯގެ އިތުރުން ސަދިއޯ މާނޭގެ މައްޗަށް އެކުލެވޭ ލިވަޕޫލްގެ ފޯވާޑް ލައިނުން ވަނީ މި ސީޒަނުގެ މިހާތަނަށް 73 ލަނޑު ޖަހާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

16 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ

މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ

01 މާރިޗު 2017
ޕްރިމިއާ ލީގް ކްލަބްތަކުން ކުރި ހޭދައަށް ވުރެ ޗައިނާ ސުޕާ ލީގް ކްލަބްތަކުން ކުރި ހޭދަ މައްޗަށް!

ޕްރިމިއާ ލީގް ކްލަބްތަކުން ކުރި ހޭދައަށް ވުރެ ޗައިނާ ސުޕާ ލީގް ކްލަބްތަކުން ކުރި ހޭދަ މައްޗަށް!

01 މާރިޗު 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު