Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބްރެކްސިޓް

އިނގިރޭސިިވިލާތް އީޔޫއިން ވަކިވާން ބާކީ އެއް އަހަރު!

29 މާރިޗު 2018 | ބުރާސްފަތި 11:55

އީޔޫ އިން އިނގިރޭސި ވިލާތް ވަކިވާނީ 29 މާޗް 2019 ގައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 29 މާރިޗު 2018 | ބުރާސްފަތި 11:55
ްއިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ (ކ) ސްކޮޓްލެންޑްގެ ފެކްޓްރީއަކަށް ޒިޔާރަތްކުރައްވަނީ

ްއިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ (ކ) ސްކޮޓްލެންޑްގެ ފެކްޓްރީއަކަށް ޒިޔާރަތްކުރައްވަނީ

އިނގިރޭސިވިލާތުގެ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ވިލާތުގެ އިއްތިޙާދުން އެޤައުމު ވަކިވާން ޖެހޭ ތާރީޚަށް ބާކީ އެއް އަހަރު ދުވަހަށް ވެއްޖެއެވެ.

ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ރަސްމީކޮށް ވަކިވާނީ އަންނަ އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހުއެވެ. އަދި އެ އަށް ފަހު ވިލާތުގެ އިއްތިޙާދުގެ މެމްބަރު ޤައުމެއްގެ ހައިސިއްޔަތުން ހަދާފައިވާ އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް 21 މަސް ދުވަހުގެ މުއްދަތެއް އެޤައުމަށް ލިބޭނެއެވެ.

މިިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިޙާދާ ދެމެދު ކުރިމަގުގައި އޮންނާނެ ގުޅުމާއި، އަދި އިނގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިވުމާ ގުޅޭ ގޮތުން ދެފަރާތުގެ މެދުގައި ވަނީ މަޝްވަރާތައް ފެށިފައެވެ. އެހެން ނަމަވެސް ވިޔަފާރީގެ ގުޅުންތަކާ ބެހޭ ގޮތުން ދެފަރާތަށް އަދިވެސް އެއްބަސްވުމަކަށް ނާދެވެއެވެ.

ބެލެވޭ ގޮތުގައި ވިލާތުގެ އިއްތިޙާދުން ވަކިވުމުގެ އެއްބަސްވުން އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ބޮޑުވަޒީރު ތެރީސާ މޭ އިނގިރޭސި ޕާލަމެންޓަށް ހުށަހަޅާނެއެވެ.

ވިލާތުގެ އިއްތިޙާދުން ވަކިވާން އިނގިރޭސި ގިނަ ރައްޔިތުން ނިންމި ނަމަވެސް، އެނިންމުމާ ދެކޮޅަށް ވާހަކަ ދައްކާ އަޑުތައް ވަނީ ގަދަވެފައެވެ. އަދި ވިލާތުގެ އިއްތިޙާދުން ވަކިވުމަށް ފަހު ވެސް އެއިއްތިޙާދުގެ މެމްބަރު ޤައުމުތަކަށް ލިބޭ ޢިނާޔަތްތައް ހޯދުމަށް އިނގިރޭސި ސަރުކާރުން މަސައްކަތްކުރާތީ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

އިނގިރޭސި ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ ބީބީސީއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ އަދިވެސް ވަގުތު ފާއިތުނުވާ ކަމަށާއި، ނިންމުން ބަދަލުކުރެވިދާނެ ކަމަށެވެ. އެހެން ނަމަވެސް ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވީ ނިންމުން ބަދަލުނުކުރައްވާނެ ކަމަށާއި، ވިލާތުގެ އިއްތިޙާދުން ނިކުންނަން ނިންމި ނިންމުމަކީ އިނގިރޭސިވިލާތުގެ ފައިދާއަށް އެޤައުމުގެ ރައްޔިތުން ނިންމި ނިންމުމެއް ކަމަށެވެ. އަދި އެނިންމުމުގެ ސަބަބުން އިނގިރޭސީންގެ ޤާނޫނުތަކާއި، ފައިސާ އާއި ބޯޑަރު އިނގިރޭސީންގެ އަމިއްލަ ބާރުގެ ދަށަށް އަންނަނާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ބޮޑުވަޒީރު ތެރީސާ މޭ ގެންދަވަނީ ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށް އަޅަމުންދާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ދެއްވުމަށް އިންގްލެންޑް، ސްކޮޓްލަންޑް، ވޭލްސް އަދި ނޮދަރން އަޔަލެންޑަށް ޒިޔާރަތް ކުރައްވަމުންނެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ

11 އެޕްރީލު 2017
މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ
08 އެޕްރީލު 2017

މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

08 އެޕްރީލު 2017
މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް
20 މާރިޗު 2017

އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ

20 މާރިޗު 2017
އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ
13 މާރިޗު 2017

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

13 މާރިޗު 2017
އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
27 ފެބުރުއަރީ 2017

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
17 ޖެނުއަރީ 2017

ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ

17 ޖެނުއަރީ 2017
ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ
14 ޖެނުއަރީ 2017

ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ

14 ޖެނުއަރީ 2017
ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް