Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މެމްބަރު ޑީޑީ މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވުމުން ހުރަސް އަޅައިފި

29 މާރިޗު 2018 | ބުރާސްފަތި 08:56

ޑީޑީ އަކީ މަޖިލީހުގެ ތިން ކޮމެޓީއެއްގައި ހިމެނިވަޑައިގަންނަވާ މެމްބަރެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 މާރިޗު 2018 | ބުރާސްފަތި 08:56
މެމްބަރު ޑީޑީ މަޖިލީހުގެ އިދާރާއަށް ވަޑައިގެން ގޭޓް ކުރިމަތީގައި

މެމްބަރު ޑީޑީ މަޖިލީހުގެ އިދާރާއަށް ވަޑައިގެން ގޭޓް ކުރިމަތީގައި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އިބްރާހީމް މުހައްމަދުދީދީ (ޖެނެރަލް ޑީޑީ) ބުރާސްފަތި ދުވަހު މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވުމުން މަޖިލީހުގައި ތިއްބަވާ ސިފައިންގެ ސެކިއުރިޓީން ހުރަސް އެޅުމަށްފަހު މަޖިލީހަށް ވަދެވަޑައިގެންނެވުމުގެ ފުރުސަތު ދެއްވައިފި އެވެ.

މަޖިލީހުގެ އިދާރާގެ ދޮރުމަތީ ހުންނަވައި ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޑީޑީ ވިދާޅުވީ މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވީ މަޖިލީހުގެ ކޮމެޓީތަކެއްގައި ހިމެނި ވަޑައިގަންނަވާ މެމްބަރެއްގެ ހައިސިއްޔަތުން މަޖިލީހުގެ އިދާރާއިން އޮޅުން ފިލުވަން ބޭނުންވާ މައުލޫމާތުތަކެއް އޮޅުން ފިލުވުމަށް ކަމަށެވެ.

Advertisement - newsAdvertisement

ޑީޑީއަކީ މަޖިލީހުގެ ދާއިމީ ތިން ކޮމެޓީއެއްގައި ހިމެނި ވަޑައިގަންނަވާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރެކެވެ.

މަޖިލީހުގެ ގޭޓާ ހަމައިން ޑީޑީ ހުއްޓުވީ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންނެވެ. މަޖިލީހުގެ އިދާރާއަށް މެމްބަރުން ވެންނެވުމުގެ ހުއްދަ ދޭ ފަރާތަކީ ސިފައިން ކަމަށް ފެންނަ މަންޒަރުތަކުން ހާމަވެ އެވެ. އެއީ ޑީޑީ އެތަނުގައި ހުންނަވަނިކޮށް، މަޖިލީހުގެ އިދާރާއަށް މަޖިލީހުގެ މުވައްޒަފުން ނޫން އެހެން ދެ ބޭފުޅަކު ވެންނެވުމަށް މަސައްކަތް ކުރެއްވުމުން ވެސް ސިފައިން ވަނީ ހުއްޓުވާފަ އެވެ. ފަހުން އެނގުނު ގޮތުގައި އެ ދެ ބޭފުޅުންނަކީ މަޖިލީހުގެ އިދާރާއިން ބުނެގެން މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވި ދެ ބޭފުޅުންނެވެ. އެ ދެ ބޭފުޅުން މަޖިލީހުގެ އިދާރާއަށް ވެއްދުމަށްޓަކައި މަޖިލީހުގެ އިދާރާގެ ސީނިއަރ މުވައްޒަފެއް މަސައްކަތް ކުރި ނަމަވެސް، ޑީޑީ މަޖިލީހުގެ ގޭޓް ކުރިމަތީ ހުންނެވުމުން ސިފައިން ވަނީ ގޭޓް ހުޅުވުމަށް ދެކޮޅު ހައްދާފަ އެވެ. އަދި މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށްވެސް މަޖިލީހުގެ އިދާރާއަށް އެވަގުތު ވަދެވޭގޮތް ވަނީ ނުވެފަ އެވެ.

މަޖިލީހުގެ ސެކިއުރިޓީ ސިފައިން ކޮންމެވެސް ފަރާތަކަށް ތަކުރާރުކޮށް ގުޅުމަށް ފަހު، މަޖިލީހުގެ އިދާރާގެ ގޭޓް ހުޅުވުމަށް ފަހު ޑީޑީ އަށާއި މަޖިލީހުގެ އިދާރާގެ މުއައްޒަފުންނަށް މަޖިލީހުގެ އިދާރާގެ ތެރެއަށް ވަދެވަޑައިގެންނެވުމުގެ ފުރުސަތު ފަހުން ވަނީ ދެއްވާފަ އެވެ.

ޑީޑީ ވިދާޅުވީ އޭނާއަކީ މަޖިލިސް މެމްބަރެއް ކަމަށާއި މިއަދަކީ ރަސްމީ ދުވަހެއް ކަމަށާއި އަދި ވަޑައިގެންނެވީ ވެސް ރަސްމީ ވަގުތެއްގައި ރަސްމީ މަސައްކަތެއްގައި ކަމަށެވެ. އެހެންކަމުން މަޖިލީހަށް ނުވަދެވެންވީ ސަބަބެއް ނެތްކަމަށް ވެސް ޑީޑީ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ގަދަކަމުން ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ސޮއިކުރައްވާ މަޖިލީހުގެ އިދާރާއަށް ހުށަހެޅުމާއެކު މަސީހު ހުންނެވީ ސިފައިން ބޭނުން ކުރައްވައިގެން މަޖިލިސް ހިސޯރު ކުރައްވައިގެންނެވެ.

މަޖިލީހުގެ ޖަލްސާކުރާ މާލަމަށް ސިފައިން ވައްދާ ޖަލްސާ ކުރިއަށް ގެންގޮސްފައި ވެއެވެ. ރިޔާސަތު މޭޒާއި އިދާރީ ސެކެރެޓޭރިއޭޓް މޭޒު ހިމެނޭ ސަރަހައްދު ވަކިކޮށް އުސްކޮށް "ކޮށި ގަނޑެއް" ސިފައިން ލައްވާ ހަދާފައި ވެއެވެ.

މަޖިލީހުގެ ޖަލްސާއެއް ބާއްވާ ދުވަހެއް ވިއްޔާ ގިނަ އަދަދަކަށް ސިފައިން މަޖިލީހުގެ އިދާރާގައި ހަރަކާތްތެރިވާއިރު މަޖިލީހުގެ ބޭރުގައާއި އެސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވެ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް