Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކެޓަލޯނިއާގެ މައްސަަލަ

ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ ކެޓަލޯނިއާ ސަރުކާރުގެ ކުރީގެ ތައުލީމާއި ބެހޭ ވަޒީރު ސްކޮޓްލެންޑްގެ ފުލުހުންނާއި އަމިއްލަފުޅަށް ހަވާލުވެވަޑައިގެންފި

ޕޮންސާޓީގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ބަޣާވާތް ކުރަން އުޅުމާއި ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރުން ހިމެނޭ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 29 މާރިޗު 2018 | ބުރާސްފަތި 04:34
ކެޓަލޯނިއާ ސަރުކާރުގެ ކުރީގެ ތައުލީމާއި ބެހޭ ވަޒީރު ކްލާރާ ޕޮންސާޓީ

ކެޓަލޯނިއާ ސަރުކާރުގެ ކުރީގެ ތައުލީމާއި ބެހޭ ވަޒީރު ކްލާރާ ޕޮންސާޓީ

ސްޕެއިންގެ ސަރުކާރުން ހައްޔަރު ކުރަން ބޭނުންވާ ކެޓަލޯނިއާގެ ކުރީގެ ވަޒީރަކު އަމިއްލައަށް ސްކޮޓްލެންޑްގެ ފުލުހުންނާއި ހަވާލުވެވަޑައިގަންނަވައިފި އެވެ.

ކެޓަލޯނިއާގެ ކުރީގެ ސަރުކާރުގެ ތައުލީމާއި ބެހޭ ވަޒީރު ކްލާރާ ޕޮންސާޓީގެ މައްޗަށް ސްޕެއިންގެ ސަރުކާރުން ވަނީ ބަޣާވާތް ކުރަން އުޅުމުގެ ތުހުމަތާއި ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުން ކުރުމުގެ ތުހުމަތު ކޮށްފައެވެ. އެ ތުހުމަތުތަކާއި ގުޅިގެން ޕޮންސާޓީ އަދި ކެޓަލޯނިއާގެ ކުރީގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުން ހައްޔަރު ކުރުމަށް ސްޕެއިންގެ ސުޕްރީމް ކޯޓުން ވަނީ ޔޫރަޕިއަން އެރެސްޓް ވޮރަންޓެއް ނެރެފައެވެ.

ޔޫރަޕިއަން އެރެސްޓް ވޮރަންޓް ނެރެފައިވާ ގިނަ ބޭފުޅުންނަކީ ގައުމުން ބޭރުގައި ދިރިއުޅުއްވަމުން ގެންދަވާ ފަރާތްތައް ކަމުގައިވީނަމަވެސް، އެ އަމުރަށް އަމަލު ކުރުމަށް ޔޫރަޕްގެ ގައުމުތަކަށް ލާޒިމްވާނެ އެވެ.

ޕޮންސާޓީ ހައްޔަރު ކުރުމުގެ ކުރިން ސްކޮޓްލެންޑްގެ ފުލުހުންނާއި އަމިއްލަ އަށް ހަވާލުވެވަޑައިގެންފައި ވަނީ ބުދަ ދުވަހު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕޮންސާޓީގެ ގާނޫނީ ވަކީލު އާމިރު އަންވަރު ވިދާޅުވީ، ޕޮންސާޓީގެ މައްޗަށް ކުރަނީ ސިޔާސީ ދައުވާއެއް ކަމަށް އެކަމަނާ ދެކިވަޑައިގަންނަވާ ކަމަށެވެ. ޕޮންސާޓީގެ މައްޗަށް ދައުވާ ކުރާ ކުށްތަކުގެ އަދަބުގެ ގޮތުގައި ގިނަވެގެން 25 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ.

އެހެން ނަމަވެސް ސްޕެއިންގެ ސަރުކާރުން ވަނީ، ވަކިވެގަތުމަށް މަސައްކަތްކުރާ ކެޓަލޯނިއާގެ އިސް ލީޑަރުންނާއި ދެކޮޅަށް ދައުވާ ކުރަނީ ސިޔާސީ މަޤްސަދެއްގައި ކަމަށް ބުނާ ބުނުމަށް ދެކޮޅު ހަދާފައެވެ. އަދި އެ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރަނީ ސްޕެއިންގެ ޤާނޫނާއި ޚިލާފަށް ކޮށްފައިވާ އަމަލުތަކުގެ ސަބަބުން ކަމަށް ސްޕެއިންގެ ސަރުކާރުން ބުނެއެވެ.

ސްކޮޓްލެންޑްގެ ފުލުހުންނާއި ހަވާލުވުމާއެކު، ޕޮންސާޓީ ސްޕެއިން އަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކެޓަލޯނިއާގެ ކުރީގެ ރައީސް ކާލްސް ޕުއިޖެމޮންޓް ވަނީ މިދިޔަ އާދީއްތަ ދުވަހު ޖަރުމަނުން ހައްޔަރުކޮށްފައެވެ. ޕުއިޖެމޮންޓްގެ މައްޗަށްވެސް ސްޕެއިން ސަރުކާރުން ވަނީ ބަޣާވާތް ކުރަން އުޅުމުގެ ދައުވާ އަދި ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުން ކުރުމުގެ ދައުވާ އުފުލާފައެވެ.

ޕުއިޖެމޮންޓްގެ ސަރުކާރުގެ ތައުލީމާއި ބެހޭ ވަޒީރުގެ މަގާމް އަދާކުރެއްވި ޕޮންސާޓީ އަކީ ސްކޮޓްލެންޑްގެ ޔުނިވަރސިޓީ އޮފް ސެއިންޓް އެންޑްރޫސްގެ ޕްރޮފެސަރެކެވެ. ސްޕެއިންގެ ކިބައިން މިނިވަންވުމަށް މިދިޔަ އޮކްޓޯބަރު މަހު ނެގި ފެންނަ ނުފެންނަ ވޯޓާއި، ކެޓަލޯނިއާގެ ގާނޫނު ހަދާ މަޖިލީހުން މިނިވަންކަން އިއުލާން ކުރުމާއެކު ސްޕެއިންގެ މައި ސަރުކާރުން ވަނީ ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރު އުވާލާފައެވެ. އެނިންމުމާއި ގުޅިގެން ޕުއިޖެމޮންޓް އާއެކު މިދިޔަ ނޮވެމްބަރު މަހު ސްޕެއިން ދޫކުރައްވާ ވަޑައިގެންނެވި ވަޒީރުންގެ ތެރޭގައި ޕޮންސާޓީ ހިމެނިވަޑައިގަންނަވައެވެ.

ޕޮންސާޓީ ފުލުހުންނާއި ހަވާލުވެވަޑައިގަތުމާއެކު އެކަމަނާ ހައްޔަރުކުރި ނަމަވެސް، އެޑިންބާގް ޝެރިފް ކޯޓުން ވަނީ ކަފާލާތުގެ ދަށުން ޕޮންސާޓީ މިނިވަންކޮށްފައެވެ.

ޕޮންސާޓީ ސްޕެއިންގެ ސަރުކާރާއި ހަވާލު ކުރުމާއިމެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުމެއް ދެން އޮންނާނީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އެވެ.

ސްކޮޓްލެންޑްގެ ޔުނިވަރސިޓީ އޮފް ސެއިންޓް އެންޑްރޫސް އިން ވަނީ، ޕޮންސާޓީ ސްޕެއިންގެ ސަރުކާރާއި ހަވާލުކޮށްފާނެތީ އެކަމާއި ކަންބޮޑުވުން ފާޅު ކޮށްފައެވެ.

ސްކޮޓްލެންޑްގެ ފަސްޓް މިނިސްޓަރ ނިކޮލާ ސްޓަރގަން ވަނީ، އެކަމަނާގެ ސަރުކާރުން ސްޕެއިންގެ ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށާއި އެހެންނަމަވެސް ކެޓަލޯނިއާގެ ރައްޔިތުންނަށް އެމީހުންގެ ކުރިމަގާއިމެދު ގޮތް ނިންމުމުގެ ހައްގަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް

ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު