Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލިއޮނެލް މެސީ

މެސީއަށް ފާޑުނުކިޔޭނެ، އޭނާއަކީ އާޖެންޓީނާގެ އެންމެ މުހިންމު ކުޅުންތެރިޔާ: ޑިއޭގޯ ކޮސްޓާ

ސްޕެއިންއާ ދެކޮޅަށް މެސީ ކުޅެފައެއް ނުވޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 28 މާރިޗު 2018 | ބުދަ 15:50
މެސީ އަދި އާޖެންޓީނާ

މެސީ އަދި އާޖެންޓީނާ

އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީއަށް ފާޑު ނުކިޔޭނެ ކަމަށާއި އޭނާއަކީ އެ ޓީމަށް އެންމެ މުހިންމު ކުޅުންތެރިޔާ ކަމަށް ސްޕެއިންގެ ފޯވާޑް ޑިއޭގޯ ކޮސްޓާ ބުނެފިއެވެ.

ކޮސްޓާ މިހެން ބުނެފައިވާއިރު އަމިއްލަ ގައުމުގައި އާޖެންޓީނާ އަތުން 6-1 ގެ ނަތީޖާއަކުން ސްޕެއިން މޮޅުވި މެޗުގައި އެ ޓީމުގެ ބެންޗުގައި ވެސް މެސީ ހިމަނާފައެއް ނުވެއެވެ. އޭނާއަށް މި މެޗުން ފުރުސަތު ދީފައި ނުވަނީ އަނިޔާއިން އެއްކޮށް ރަނގަޅުވެފައި ނުވާތީއެވެ. ބާސެލޯނާއާ އެކު ގިނަ ކާމިޔާބުތަކެއް މެސީ ހޯދި ނަމަވެސް އާޖެންޓީނާއާ އެކު އޭނާއަށް ކާމިޔާބު ނުހޯދޭތީ ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެއެވެ.

މިއަހަރުގެ ވޯލްޑް ކަޕަށް ވެސް އާޖެންޓީނާ ކޮލިފައިވީ އެ ޓީމު ކުޅުނު ކޮލިފައިންގެ އެންމެ ފަހު މެޗުގައި މެސީ ހެދި ހެޓްރިކާ އެކުއެވެ. މެސީއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކޮސްޓާ ބުނީ މެސީއާ އާޖެންޓީނާގެ ރައްޔިތުން ވެސް ވަރަށް ބޮޑަށް ފާޑުކިޔާ ކަމަށާއި މެސީއާ ނުލައި އެ ޓީމަކީ މާ ތަފާތު ޓީމެއް ކަމަށެވެ. އޭނާ ބުނީ ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅަށް ބަލަން ޖެހޭ ކަމަށާއި މެސީ ފަދަ ކުޅުންތެރިޔަކަށް ފާޑުކިޔަން ނުވާނެ ކަމަށެވެ. އޭނާ ބުނީ މެސީ ފަދަ ކުޅުންތެރިޔަކު ފުޓްބޯޅައިގެ ދުނިޔޭގައި ހުރުމަކީ އެކަމަކަށް އެންމެން ވެސް ޝުކުރުވެރިވާން ޖެހޭ ކަމެއް ކަމަށެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކޮސްޓާ ބުނީ ގައުމީ ޓީމާއެކު ދަށް މެޗެއް މެސީ ކުޅުނު ކަމުގައި ވިޔަސް އޭނާ ދަނޑުމަތީގައި ހުރުމަކީ ވެސް ތަފާތު ދައްކާ ކަމެއް ކަމަށެވެ.

ކޮސްޓާއަކީ ބްރެޒިލްއަށް އުފަން ކުޅުންތެރިއެއް ކަމުގައި ވިޔަސް އޭނާ ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ތަމްސީލުކުރަނީ ސްޕެއިންއެވެ. ޗެލްސީގެ ޓީމުން ފުރުސަތު ގެއްލުމާ އެކު ކޮސްޓާއަށް ވޯލްޑް ކަޕް ވެސް ގެއްލޭނެ ކަމަށް ގިނަ ބަޔަކު ހީކުރި ނަމަވެސް އޭނާ ވަނީ ފިނި މޫސުމުގެ ޓްރާންސްފާގައި އެޓްލެޓިކޯއަށް ބަދަލުވެ އަލުން އަނބުރާ ސްޕެއިންގެ ޓީމުން ޖާގަ ހޯދާފައެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކޮސްޓާ ބުނީ މިހާރު ސްޕެއިންގައި އޮތް ސްކޮޑަކީ ވޯލްޑް ކަޕް ކާމިޔާބުކުރެވޭނެ ފެންވަރުގެ ޓީމެއް ކަމަށާއި އަނެއްކާ ވެސް ވޯލްޑް ކަޕްގެ ތަށި ކާމިޔާބުކުރުމަށް ޓީމުން އުއްމީދުކުރާ ކަމަށެވެ. އޭނާ ބުނީ ހަ މަސް ދުވަހު ނުކުޅެ ހުރުމަށްފަހު އަލުން އަނބުރާ ގައުމީ ޓީމުން ފުރުސަތު ލިބުމާއެކު ވަރަށް އުފާވި ކަމަށާއި ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

މެސީއާ ގުޅޭ ގޮތުން ކޮސްޓާ މިފަދައިން ވާހަކަ ދައްކާފައިވާއިރު މެސީގެ ކެޕްޓަން ކަމުގެ ދަށުން އާޖެންޓީނާ ވަނީ ޖެހިޖެހިގެން ތިން ބައިނަލްއަގްވާމީ މުބާރާތުގެ ފައިނަލްއިން ބަލިވެފައެވެ. އެގޮތުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުން ޖަރުމަނު އަތުން އެ ޓީމު ބަލިވިއިރު 2015 ވަނަ އަހަރުގެ ކޮޕާ އެމެރިކާ އަދި 2016 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފައިނަލްގައި އާޖެންޓީނާ ބަލިވީ ޗިލީ އަތުންނެވެ. މެސީއަކީ އާޖެންޓީނާގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ ވެސްމެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއު އަތުންވީ ބަލިން އަރައިގަންނަން އީގަލްސް މެޗު މުހިންމު:ނިޒާމްބެ

ނިއު އަތުންވީ ބަލިން އަރައިގަންނަން އީގަލްސް މެޗު މުހިންމު:ނިޒާމްބެ

27 އެޕްރީލު 2017
މިއީ ވަރަށް މުހިންމު މޮޅެއް، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ

މިއީ ވަރަށް މުހިންމު މޮޅެއް، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ

26 އެޕްރީލު 2017
ދަތިތަކާއެކު ނިކުންނަން މިޖެހެނީ މުހިންމު މެޗަކަށް: ސާންތި

ދަތިތަކާއެކު ނިކުންނަން މިޖެހެނީ މުހިންމު މެޗަކަށް: ސާންތި

11 އެޕްރީލު 2017
އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި

އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި

11 އެޕްރީލު 2017
މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

13 މާރިޗު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު