Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ - އައިޕީޔޫ

12 މެމްބަރުންނަށް މަޖިލީހަށް ވަދެވެން ޖެހޭނެ: އައިޕީޔޫ

28 މާރިޗު 2018 | ބުދަ 12:36

ދައުވާތައް އަނބުރާ ގެންދިޔުމަށް ސަރުކާރުގެ އިދާރާތަކަށް ވަނީ ގޮވާލާފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 28 މާރިޗު 2018 | ބުދަ 12:36
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން

ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި އެ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހަށް ވަދެވެން ޖެހޭނެ ކަމަށް އިންޓަ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) އިން ބުނެފިއެވެ.

އައިޕީޔޫގެ ހިއުމަން ރައިޓްސް ކޮމިޓީ އިން ނިންމި ނިންމުންތަކާ އެކު ނެރުނު ގަރާރުގައި ވަނީ 12 މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ރާއްޖޭގެ ސަރުކާރާއި އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ގާނޫނުތަކާ ހިލާފަށް ކަމަށެވެ. ސަބަބެއްގެ ގޮތުގައި އައިޕީޔޫއިން ބުނެފައި ވަނީ ސުޕްރީމް ކޯޓުން 13 ޖުލައިގައި ނެރުނު އަމުރުގެ ކުރިން މެމްބަރުން ޕާޓީ އިން ވަކިވުމަށް ލިޔެކިޔުންތައް ހުށަހެޅި ކަމަށާއި ހަމައެހެންމެ އެންޓި ޑިފެކްޝަން ގާނޫނަކީ ކުރިން ހިނގާފައިވާ ކަންކަމަށް އޭގެ ސަބަބުން އަސަރުކުރާ ގާނޫނެއް ކަމަށެވެ. ހަމައެހެންމެ 12 މެމްބަރުންގެ ގޮނޑި ގެއްލުވާލީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްވެދާނެތީ ކަމަށް ވެސް އައިޕީޔޫއިން ބުނެފައިވެއެވެ. އެހެންކަމުން 12 މެމްބަރުންނަށް މަޖިލީހަށް ވަދެވެން ޖެހޭނެ ކަމަށާއި އެ މެމްބަރުންނަށް މަޖިލީހުގެ މަސައްކަތް ކުރެވޭނެ ގޮތް ވީހާ ވެސް އަވަހަށް ފަހިކޮށްދިނުމަށް އައިޕީޔޫ އިން ވަނީ ގޮވާލާފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުއްޓުވުމުގެ ގޮތުން މަޖިލިސް މެމްބަރުން ގަދަ ކަމުން މަޖިލީހުގެ އިދާރައިން ނެރުނު މައްސަލައިގައި އައިޕީޔޫއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހަމައެހެންމެ ރައްޔިތުންގެ މަޖިލީހަށް ގަދަކަމުން މެމްބަރުން ވަން ކަމަށް ބުނެ އެތަކެއް މެމްބަރުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިޔުމަށް ސަރުކާރުގެ އިދާރާތަކަށް އައިޕީޔޫއިން ވަނީ ގޮވާލާފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ހައްޔަރުކޮށް އޭގެ ތެރެއިން ހަތަރު މެމްބަރެއްގެ މައްޗަށް މިހާރު ހިންގަމުންދާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން އެ މެމްބަރުންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ވެސް އައިޕީޔޫއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އައިޕީޔޫ އިން ވަނީ ހުރިހާ މެމްބަރުންނަށް ވެސް އިންސާފުވެރި ޝަރީއަތެއް ލިބެން ޖެހޭނެ ކަމަށާއި ޝަރީއަތަށް މައްސަލަ ހުށަހަޅަން ޖެހޭނީ ސާފު ހެއްކާ އެކު ކަމަށް ބުނެފައެވެ. މެމްބަރުންގެ މައްޗަށް ހިންގާ ޝަރީއަތްތައް އޮބްޒާވް ކުރުމަށް އޮބްޒާވަރެއް ފޮނުމަށް ވިސްނަމުންދާ ކަމަށް ވެސް އައިޕީޔޫއިން ވަނީ ބުނެފައެވެ.

ހައްޔަރުކުރެވިފައިވާ މެމްބަރުންނާ ގުޅޭ ގޮތުން ލިބިފައިވާ ބައެއް މައުލޫމާތުތަކުގައި ފުށުއެރުންތަކެއް އެބަހުރި ކަމަށާއި އެ މެމްބަރުންނާ ބައްދަލުނުކުރެވުމުން އައިޕީޔޫ އިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ހައްޔަރުކުރެވިފައި ތިބި މެމްބަރުންނަށް ލިބެން ޖެހޭ ހުރިހާ ހައްގުތަކެއް ކަށަވަރުވާން ޖެހޭ ކަމަށް ވެސް އައިޕީޔޫއިން ވަނީ ބުނެފައެވެ.

ގާނޫނު އަސާސީއާ ހިލާފަށް މަޖިލީހުން ކަންކަން ނިންމަމުންދާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާގެ އުސޫލުން ކަންކަން ނުނިންމޭ ކަމަށް ބުނެ އައިޕީޔޫއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް މަޖިލީހުގެ ކަންކަން ކުރިޔަށް ގެންދަން ޖެހޭނެ ކަމަށާއި މަޝްވަރާގެ އުސޫލުން ކަންކަން ނިންމުމަށް ހުރިހާ ފަރާތްތަކަށް އައިޕީޔޫއިން ވަނީ އިލްތިމާސްކޮށްފައެވެ. އައިޕީޔޫއިން ފާހަގަކޮށްފައިވާ ގޮތަށް ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މަޖިލީހުން އިތުރުކުރީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް މެމްބަރުން އަންނަނީ ބުނަމުންނެވެ.

އައިޕީޔޫއިން ވަނީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ހުރިހާ އިދާރާކަށް ގޮވާލާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

15 ފެބުރުއަރީ 2017
މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
12 ފެބުރުއަރީ 2017

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ
08 ފެބުރުއަރީ 2017

މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް