Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުޕްރީމް ކޯޓު

އަލީ ހަމީދާއި އަބްދުﷲ ސައީދުގެ މައްޗަށް ކުރެވޭ ތުހްމަތުތަކާ ގުޅިގެން އަމުރު ބާތިލް ކުރާކަށް ނުޖެހޭ: ސުޕްރީމް ކޯޓު

27 މާރިޗު 2018 | އަންގާރަ 11:26

އެކެއް ފެބްރުއަރީގެ ހުކުމް ބާތިލް ކުރަން އެދުނީ ތުހްމަތުތަކާ ގުޅިގެން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 27 މާރިޗު 2018 | އަންގާރަ 11:26
ުއުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ބަންޑާރަ ނައިބު އަނިލް ބައްދަލު ކުރައްވަނީ

ުއުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ބަންޑާރަ ނައިބު އަނިލް ބައްދަލު ކުރައްވަނީ

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ރިޝްވަތު ހިފައިގެން ނެރުނު އަމުރެއް ކަމަށް ފުލުހުންގެ ތަހްގީގުން ސާބިތުވާ ކަމަށް ކަނޑައަޅައި އެމީހުންގެ މައްޗަށް ދައުވާކޮށްފައިވީ ނަމަވެސް އެ އަމުރު ބާތިލް ކުރަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގައި މިހާރު މައްސަލަ ބައްލަވާ ތިން ފަނޑިޔާރުން ނިންމަވައިފިއެވެ.

މިދިޔަ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގެ ބައެއް ބައިތައް ބާތިލްކޮށްދިނުމަށް ހުށަހަޅުއްވާ މައްސަލާގައި އަންގާރަ ދުވަހުގެ ބޭއްވި އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލާ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް ކުރެވޭ ތުހްމަތުތަކާ ގުޅިގެން އެ އަމުރަކީ ބާތިލް އަމުރެއް ކަމަށް ކަނޑައަޅައިދޭން އެދިވަޑައިގެންފައެވެ.

Advertisement - newsAdvertisement

ބަންޑާރަ ނައިބު އޮފީހުގެ ވަކީލާ މައާޝާ ލުތުފީ ވިދާޅުވީ، 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ރިޝްވަތު ހިފައި، ގާނޫނީ ސަރުކާރު ވައްޓާލުމުގެ ނިޔަތެއް އޮވެ، އެހެން ފަނޑިޔާރުންނަށް އެކަން އޮޅުވާލައިގެން ފުލުހުންގެ ތަހްގީގުން އެނގޭތީ އެކަމާ ގުޅިގެން އެމީހުންގެ މައްޗަށް ދައުވާ ކޮށްފައިވާއިރު އޭރު ނެރުނު އެ އަމުރު ވެސް ގާނޫނީ ގޮތުން ބާތިލްވާނެ ކަމަށް ދައުލަތުން ދެކޭ ކަމަށެވެ. އަދި އެ އަމުރު ނެރުނީ އޭރުގެ ޕޮލިސް ކޮމިޝަރު އަހްމަދު އަރީފަށް ވެސް ކުރިން އަންގައި އެކަން ދުރާލާ ރަވައިގެން ކަމަށާއި އަދި ރިޝްވަތުގެ ފައިސާގެ މެދުވެރިއަކަށްވެފައި ވަނީ ޖުޑިޝަލް އެޑިމިނިސްޓްރޭޓަރ ހަސަން ސައީދުކަން ފުލުހުންގެ ތަހްގީގުން އެނގޭ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

އެކަން ކަމަށް ރިއާޔަތްކޮށް 1 ފެބްރުއަރީގެ އަމުރު ބާތިލްކޮށްދޭން އެދުމުން، އެ އަމުރު ނެރުމުގައި ސޮއިކުރެއްވި އަދި މިހާރު އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ރިޔާސަތުގައި އިންނެވި އަބްދުﷲ އަރީފު ވިދާޅުވީ އެ އިޖްރާއީ ނުކުރާ ބަލައި ނުގަންނަ ކަމަށެވެ. ތިން ފަނޑިޔާރުންގެ މަޝްވަރާ އަށް ފަހު އެގޮތައް ނިންމަވައި، މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ކުރިއަށް ދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވާހަކަދައްކަވަމުން ވިދާޅުވީ ފަނޑިޔާރެއްގެ މައްޗަށް ތުހްމަތު ކުރެވޭ މައްސަލައަކުން އޭރު ނެރުނު އަމުރެއް ބާތިލްވެގެން ނުދާނެ ކަމަށެވެ.

ޑރ. އަބްދުﷲ ދީދީ ވިދާޅުވީ ޖިނާއީ ކުށެއްގެ ނިޔަތެއް އޮވެއްޖެ ނަމަ އެކަން ބެލި އެކަން ކުރަން ޖެހޭ ފަރާތުން ފިޔަވަޅު އެޅިގެންދާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުނުކޮށް ސަކާރުން ފަސްކޮށްފައި ވަނީ އަލީ ހަމީދާއި އަބްދުﷲ ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ތުހްމަތުކުރުމަށްފަހު އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް