Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުޕްރީމް ކޯޓު

އެކެއް ފެބްރުއަރީގެ ބައެއް ބާތިލްކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

27 މާރިޗު 2018 | އަންގާރަ 09:48

ފްލޯ ކްރޮސްކުރުމާ ބެހޭ ގާނޫނެއް ނުހެދުނީ މަޖިލީހުގައި އެ ފަދަ މާހައުލެއް ނެތުމުން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 27 މާރިޗު 2018 | އަންގާރަ 09:48
ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިނުވާ ކަމާއި އިންތިހާބުވި ޕާޓީ ބަދަލުކުރިއަސް މެމްބަރުކަން ނުގެއްލޭނެ ކަމަށް 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ނިންމުން ބާތިލް ކުރުމަށް ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

ބަންޑާރަނައިބު ވަނީ މި މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވާފައިވާ ނިންމުމުގެ ބައެއް ނުކުތާތައް ބާތިލްކޮށްދިނުމަށް ހުށަހަޅުއްވާފަ އެވެ.

Advertisement - newsAdvertisement

އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ހުށަހަޅުއްވާފައި އޮތީ ފްލޯކްރޮސް ކުރުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން 13 ޖުލައި 2017ގައި ނެރުނު އަމުރު ބާތިލް ކޮށްފައިވާ މައްސަލަ އެވެ. އެކަމާ ގުޅޭ ގޮތުން ބަންޑާރަ ނައިބު އޮފީހުގެ ވަކީލު އަންގާރަ ދުވަހު ކޯޓުގައި ވިދާޅުވީ ފްލޯކްރޮސް ކުރުމާ ގުޅޭ ގޮތުން ގާނޫނެއް ހެދުމަށް ލާޒިމްކޮށް ނެރުނު އަމުރު ބާތިލް ކުރީ ހަ މަސްވީއިރު ވެސް އެ ގާނޫނު ހެދިފައިނުވާ ކަމަށް ބުނެ ކަމަށްވީ ނަމަވެސް އެކަން ނުވީ އެ ހަ މަސް ދުވަސްތެރޭގައި އެފަދަ ގާނޫނެއް ހެދޭ ފަދަ މާހައުލެއް ރައްޔިތުންގެ މަޖިލީހުގައި ނެތުމުން ކަމަށެވެ. އަދި ހަ މަސްދުވަސްވީއިރު ވެސް ފްލޯކްރޮސް ކުރުމާ ގުޅޭ ގާނޫނެއް ނުހެދިގެން ކަމަށް ބުނެ އެ އަމުރު ބާތިލްކުރިއިރު ސުޕްރީމް ކޯޓުން ވަކި މުއްދަތެއް އެކަމަށް ދީފައިނުވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. ފަނޑިޔާރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ޕްލޯކްރޮސްކުރުމާ ގުޅޭ ގޮތުން ގާނޫނެއް ނުހެދި ދިޔަ މުއްދަތުގެ ތެރޭގައި އެއްވެސް އެހެން ގާނޫނެއް ވެސް މަޖިލީހުން ފާސްކޮށްފައިނުވާ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި މަޖިލީހަށް އެ ބިލް ހުށަހެޅިކަން ނުވަތަ ނޫންކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ފްލޯކްރޮސްކުރުމާ ގުޅޭ ގޮތުން ގާނޫނެއް މިހާރު ވަނީ ފާސްކޮށް ތަސްތީގުކޮށްފަ އެވެ.

އަދި 12 މެމްބަރެއްގެ ގޮނޑިއާ މެދު ސުވާލު އުފެދިފައިވަނިކޮށް އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި ހުރިހާ މެމްބަރުން ހިމަނައިގެން މަޖިލީހުގެ ޖަލްސާތައް ފެށުމަށް އެކެއް ފެބްރުއަރީގައި ނެރުނު އަމުރު ބާތިލް ކަމަށް ކަނޑައަޅާފައިވާ ނުކުތާއާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ އެއީ އެހާ ހިސާބަށް ގާނޫނެއް ހެދެންދެން ހޯދަދީފައިވާ ހައްލެއް ކަމަށާއި ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވާ ނިންމުމަށް ބަދަލު އަންނަ ފަދަ ހާލަތެއް މެދުވެރިނުވާނެ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރިޝްވަތު ހިފިކަމުގެ ބައެއް މައްސަލަތައް މިހާރުވެސް ތަހްގީގު ކުރެވެމުންދާއިރު ބައެއް މެމްބަރުންގެ މައްޗަށް ދައުވާ ވެސް ކޮށްފައިވާއިރު ވަގުތީ ހައްލެއް ގޮތުން ނެރުނު އަމުރު ބާތިލް ކުރަން ޖެހޭ ފަދަ ހާލަތެއް ނާންނަ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ހަމަ އެހެންމެ ސުޕްރީމް ކޯޓުގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ ދިވެހި ރާއްޖޭގެ އެއްވެސް ކޯޓަކަށް އެއްވެސް ފަނޑިޔާރަކު ނުވަތަ އިސް ފަނޑިޔާރަކު ވިޔަސް އައްޔަން ކުރުމާ ބެހޭ ގޮތުން އެއްވެސް ކަމެއް ކުރަންވާނީ ސުޕްރީމް ކޯޓުގެ ލިޔުމެއް ލިބިގެން ކަމަށް ކަނޑައަޅާފައިވާ ބައި އުނިކުރުމަށް ވެސް ބަންޑާރަނައިބުގެ އޮފީހުން ހުށަހަޅާފައިވެއެވެ. އެގޮތުން ފަނޑިޔާރުން އައްޔަން ކުރުމާއި އިސް ފަނޑިޔާރުން އައްޔަން ކުރުމަކީ ޖުޑިޝަލް ސާވީސް ކޮމިޝަނަށް ލިބިދީފައިވާ ބާރެއް ކަމަށާއި އެއީ ބާރުގެ ތެރެއަށް ސުޕްރީމް ކޯޓަށް ނުވަދެވޭނެ ކަމަށް ވެސް ދައުލަތުން ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށްވާއިރު އެ ނިމުމަށް އަލުން މުރާޖާކުރެވޭނެ ގާނޫނެއް އަދި އުސޫލެއް ނެތް ކަމަށް ދޭހަވާ ގޮތައް ވާހަކަ ދެއްކެވުމުން ފަނޑިޔާރުން ވަނީ ދައުލަތުގެ ވަކީލުންނާ ސުވާލުތަކެއް އަމާޒު ކުރައްވާފަ އެވެ. އެގޮތުން ސުޕްރީމް ކޯޓުގެ އަމުރެއް އަލުން ސުޕްރީމް ކޯޓަށް މުރާޖާ ނުކުރެވޭނެ ކަމަށް ގާނޫނުގައި އޮވޭތޯ ފަނޑިޔާރުން އެއްސެވެމުން ދައުލަތުގެ ވަކީލު ވިދާޅުވީ އެކަން ކުރެވޭނެ ކަމަށް ވެސް އަދި ނުކުރެވޭނެ ކަމަށްވެސް ނޯންނަ ކަމަށެވެ. އަދި ފްލޯކްރޮސްކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން އެންމެ ފުރަތަމަ ނެރުނު އަމުރު އަލުން މުރާޖާކޮށް އެ އަމުރު ބާތިލްކުރެވޭނެ ހާލަތެއް ނާންނަ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

މި މައްސަލާގައި ވަކާލާތު ކުރައްވަނީ ހަމަ އެކަނި ބަންޑާރަ ނައިބު އޮފީހުގެ ވަކީލުންނެވެ. ފެބްރުއަރީ އެކެއްގައި ނެރުނު އަމުރުގައިވާ ބައެއް ސިޔާސީ ބޭފުޅުން ދޫކޮށްލަން ކުރި އަމުރު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަނީ ބާތިލް ކޮށްފަ އެވެ. އަދި އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް އެކެއް ފެބްރުއަރީ ގައި ކަނޑައަޅާފައިވާ ނިންމުމަށް އަމަލު ކުރުން ވަގުތީ ގޮތުން އޮތީ ހުއްޓުވާފަ އެވެ.

މި މައްސަލާގައި ދެން އަޑުއެހުންތައް ނިމުނީ ކަމާއި އިތުރު ކަމެއް ފާހަގަ ކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް ކަމަށް ފަނޑިޔާރުން ވަނީ އިއުލާން ކޮށްފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް