Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސެސްކް ފެބްރިގާސް

ފެބްރިގާސް އަނެއްކާ ވެސް އާސެނަލްއަށް؟

26 މާރިޗު 2018 | ހޯމަ 06:53

ފެބްރިގާސް ތަމްރީނުވީ އާސެނަލްގެ އެކަޑަމީއިން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 26 މާރިޗު 2018 | ހޯމަ 06:53
ފެބްރިގާސް އާސެނަލްގެ ކުޅުންތެރިޔެއްގެ ގޮތުގައި

ފެބްރިގާސް އާސެނަލްގެ ކުޅުންތެރިޔެއްގެ ގޮތުގައި

ޗެލްސީއަށް ކުޅެމުން އަންނަ ސްޕެއިންގެ ހުނަރުވެރި މިޑްފީލްޑަރު ސެސްކް ފެބްރިގާސް އަލުން އެނބުރި އާސެނަލްއަށް ބަދަލުވާން އުޅޭކަމުގެ އިޝާރާތެއް ދީފިއެވެ.

ބާސެލޯނާގެ މަޝްހޫރު "ލަ މާސިއާ" އެކަޑަމީގައި ފެބްރިގާސް ތަމްރީނުތައް ފުރިހަމަކުރަމުން ދަނިކޮށް އާސެނަލްއިން ވަނީ އޭނާ އެ ޓީމުގެ އެކަޑަމީއަށް ގެނެސްފައެވެ. އާސެނަލްގެ އެކަޑަމީގައި ތަމްރީނުތައް ފުރިހަމަކުރުމަށް ފަހު ފެބްރިގާސް ވަނީ އެ ޓީމަށް 303 މެޗު ކުޅެދީފައެވެ. އެ ޓީމުގެ ކެޕްޓަން ބޭންޑް ވެސް އަޅަމުން ދިޔަ ފެބްރިގާސް ވަނީ 2011 ވަނަ އަހަރު އަނެއްކާ ވެސް ބާސެލޯނާއަށް ބަދަލުވެފައެވެ.

މި ޓްރާންސްފާއާ ގުޅިގެން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއިރު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ފެބްރިގާސް ވަނީ ބާސެލޯނާ ދޫކޮށް ލަންޑަނުގެ އެހެން ކްލަބެއް ކަމަށްވާ އަދި އާސެނަލްގެ ވާދަވެރި ޗެލްސީއަށް ބަދަލުވެފައެވެ. ޗެލްސީއަށް ފެބްރިގާސް ބަދަލުވުމާއެކު އޭނާއަކީ އާސެނަލްގެ ހަތުރެއްގެ ގޮތުގައި އެ ޓީމުގެ ސަޕޯޓަރުން ދެކުނުއިރު އޭނާ ވަނީ ޗެލްސީއާއެކު ދެ ފަހަރެއްގެ މަތިން ޕްރިމިއާ ލީގު ކާމިޔާބުކޮށް އިނގިރޭސި ލީގު ކަޕެއްވެސް ކާމިޔާބުކޮށްފައެވެ. އުމުރުން 30 އަހަރުގެ މިޑްފީލްޑަރު ޗެލްސީއާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ 2019 ވަނަ އަހަރުގެ ނިޔަލަށެވެ. ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ޕްލޭންތަކުގައި ފެބްރިގާސްއަކީ މުހިންމު ކުޅުންތެރިޔަކަށް ވުމާއެކު އޭނާއަށް އާ ކޮންޓްރެކްޓެއް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.

އެހެން ނަމަވެސް ފެބްރިގާސް ވަނީ އަލުން އެނބުރި އާސެނަލްއަށް ގޮސްދާނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ. އެގޮތުން ޓްވިޓާގައި އަލުން އެނބުރި އާސެނަލްއަށް ކޯޗެއްގެ މަގާމަށް ގޮސްދާނެތޯ މީހަކު ކުރި ސުވާލަކަށް ޖަވާބުދެމުން ފެބްރިގާސް ބުނެފައިވަނީ އެކަމާއި މެދު އެއްވެސް ވަރަކަށް ޝައްކު ނުކުރާނެ ކަމަށާއި އެފަދަ ފުރުސަތެއް ލިބިއްޖެނަމަ އޭގެ ބޭނުން ހިފާނެ ކަމަށެވެ.

ފެބްރިގާސް ވަނީ އާސެނަލްއާއެކު ތިން ތައްޓެއް ކާމިޔާބުކޮށް ޔުއެފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ޓީމުގައި އާސެނަލްގެ ކުޅުންތެރިޔެއްގެ ގޮތުގައި ދެ ފަހަރު ހިމެނިފައެވެ. ހަމައެހެންމެ އެމިރޭޓްސްއިން ހޮވާ އާސެނަލްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް އޭނާ ވަނީ ތިން ފަހަރެއްގެ މަތިން ހޯދާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 މެއި 2017

ގައުމީ ވޮލީ ޓީމުތަކަށް އަނެއްކާވެސް ހަތް މެމްބަރުންގެ ކޮމިޓީއެއް

09 މެއި 2017
ގައުމީ ވޮލީ ޓީމުތަކަށް އަނެއްކާވެސް ހަތް މެމްބަރުންގެ ކޮމިޓީއެއް
02 މެއި 2017

މި ސީޒަނަށްފަހު ފެބްރިގާސް ޗެލްސީ ދޫކޮށްލަނީ!

02 މެއި 2017
މި ސީޒަނަށްފަހު ފެބްރިގާސް ޗެލްސީ ދޫކޮށްލަނީ!
01 މެއި 2017

ކުޑަހެންވޭރަށް އަނެއްކާވެސް މޮޅެއް

01 މެއި 2017
ކުޑަހެންވޭރަށް އަނެއްކާވެސް މޮޅެއް
20 އެޕްރީލު 2017

ޖެރާޑް އަނެއްކާވެސް ލިވަޕޫލް ޖޯޒީގައި ކުޅެނީ

20 އެޕްރީލު 2017
ޖެރާޑް އަނެއްކާވެސް ލިވަޕޫލް ޖޯޒީގައި ކުޅެނީ
18 އެޕްރީލު 2017

ޗަޕެކޮއެންސުން އަނެއްކާވެސް ދުނިޔެ ސިއްސުވާލައިފި

18 އެޕްރީލު 2017
ޗަޕެކޮއެންސުން އަނެއްކާވެސް ދުނިޔެ ސިއްސުވާލައިފި
27 މާރިޗު 2017

ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

27 މާރިޗު 2017
ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
28 ފެބުރުއަރީ 2017

ޔުނައިޓެޑުން ފެބްރިގާސް ހޯދަން ބޭނުންވޭ: ރިޕޯޓް

28 ފެބުރުއަރީ 2017
ޔުނައިޓެޑުން ފެބްރިގާސް ހޯދަން ބޭނުންވޭ: ރިޕޯޓް
13 ފެބުރުއަރީ 2017

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

13 ފެބުރުއަރީ 2017
އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް