Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އުސައިން ބޯލްޓް

ޖަރުމަނު، ބްރެޒިލް، އާޖެންޓީނާ އަދި ފްރާންސްއަކީ ފެވަރިޓުން: ބޯލްޓް

ބޯލްޓްއަކީ އާޖެންޓީނާގެ ސަޕޯޓަރެއް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 24 މާރިޗު 2018 | ހޮނިހިރު 12:18
ޑޯޓްމަންޑްގެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ފަހު ބޯލްޓް ނޫސްވެރިންނާ ވާހަކަ ދައްކަނީ

ޑޯޓްމަންޑްގެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ފަހު ބޯލްޓް ނޫސްވެރިންނާ ވާހަކަ ދައްކަނީ

މިއަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ފެވަރިޓުންނަކީ ޖަރުމަނާއި ބްރެޒިލް އަދި އާޖެންޓީނާގެ އިތުރުން ފްރާންސް ކަމަށް ދުނިޔޭގެ ތާރީހުގައި ވެސް އުފެދުނު އެންމެ ކާމިޔާބު އެތުލީޓު އުސައިން ބޯލްޓް ބުނެފިއެވެ.

ބޯލްޓްއަކީ ދުނިޔޭގެ އެންމެ ކާމިޔާބު ދުވުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ އެތުލީޓަކަށްވާއިރު އޭނާއަކީ ފުޓްބޯޅައަށް ބޮޑު ޝައުގުވެރިކަމެއް ބަހައްޓާ މީހެކެވެ. އެގޮތުން އޭނާ ވަނީ ޖަރުމަނުގެ ބޮރޫޝީއާ ޑޯޓްމަންޑާ އެކު ދާދި ފަހުން ދެ ދުވަހުގެ ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ.

ޑޯޓްމަންޑާއެކު ތަމްރީނުތައް ފުރިހަމަކުރުމަށް ފަހު ވާހަކަ ދައްކަމުން ބޯލްޓް ބުނީ ވޯލްޑް ކަޕްގެ ބައެއް މެޗުތައް ބެލުމަށް ރަޝިއާއަށް އޭނާ ދާނެ ކަމަށާއި އޭނާއަކީ އާޖެންޓީނާގެ ވަރަށް ބޮޑު ސަޕޯޓަރެއް ކަމަށެވެ. އޭނާ ބުނީ އާޖެންޓީނާގެ ބައެއް މެޗުތައް ބެލުމަށް ދާނެ ކަމަށާއި އެ ޓީމަކީ ވޯލްޑް ކަޕްގެ ފެވަރިޓެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އޭނާ ބުނީ އާޖެންޓީނާއާ އެކު ފްރާންސް އަދި ޖަރުމަނަކީ ވެސް ވޯލްޑް ކަޕްގެ ފެވަރިޓުންގެ ގޮތުގައި ދެކޭ ކަމަށެވެ.

ބޯލްޓް ބުނީ ނޭމާ އެނބުރި އައުމާ އެކު ބްރެޒިލްއަކީ ފެވަރިޓެއްގެ ގޮތުގައި ވެސް ބެލޭނެ ކަމަށާއި އޭނާއަށް ވޯލްޑް ކަޕްގައި ނުކުޅެވުމަކީ ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. ބޯލްޓް ބުނީ ނޭމާއަކީ ވަރަށް ކޮލިޓީ ކުޅުންތެރިއެއް ކަމަށާއި އޭނާއަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިއެއް ކަމަށެވެ. ނޭމާ ވޯލްޑް ކަޕަށް ފިޓް ނުވެއްޖެ ނަމަ ބްރެޒިލްއަށް އެ މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު ވަރަށް ކުޑަވެގެންދާނެ ކަމަށް ވެސް ބޯލްޓް ބުނެފައިވެއެވެ.

ނޭމާ އަންނަނީ މިވަގުތު އޭނާގެ ފަޔާއި ކުޑަހުޅަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދަމުންނެވެ. ބްރެޒިލްގެ ގައުމީ ޓީމުގެ ޑޮކްޓަރު ވަނީ ނޭމާ ފިޓުވާނެ ކަމުގެ ޔަގީންކަން ދީފައެވެ. ވޯލްޑް ކަޕް 2014 ގެ ސެމީ އިން ބްރެޒިލް ކެޓި މެޗުގައި ވެސް އަނިޔާގެ ސަބަބުން ނޭމާ ކުޅެފައެއް ނުވެއެވެ.

މާރިއޯ ގޯޓްޒޭ ވެސް ކުޅެމުން އަންނަ ޑޯޓްމަންޑާ އެކު ބޯލްޓް ފަރިތަކޮށްފައިވާއިރު އޭނާ ސަޕޯޓް ކުރާ ޓީމަށް ވޯލްޑް ކަޕް ނުލިބުނީ ގޯޓްޒޭ ފައިނަލުގައި ޖެހި ލަނޑުގެ ސަބަބުންނެވެ. އެގޮތުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގައި ޖަރުމަނު އަތުން އާޖެންޓީނާ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ބޯލްޓް ބުނީ އާޖެންޓީނާގެ ހުރިހާ އުއްމީދެއް ފުނޑާލީ ގޯޓްޒޭ ކަމަށާއި އޭނާ ޖެހި ލަނޑުގެ މަތިން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށެވެ.

ބޯލްޓް ބުނީ ބައެއް ކުޅުންތެރިން ފޯމު ދަށްވާ ދުވަސްތައް ދާނެ ކަމަށާއި އެހެން ނަމަވެސް ވޯލްޑް ކަޕަށް ގޯޓްޒޭ ގެންދަން ޖެހޭ ކަމަށެވެ. ޖަރުމަނުގައި ހުރި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގޯޓްޒޭ ހިމެނޭ ކަމަށާއި އެހެންކަމުން އޭނާ މިފަހަރު ވެސް ރަޝިއާއަށް ގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ބޯލްޓް ބުނެފައި ވެއެވެ.

ބޯލްޓް ބުނީ ޑޯޓްމަންޑްގައި އޭނާ ބައިވެރިވި ފަރިތަކުރުންތަކަކީ ވަރަށް ކާމިޔާބު ފަރިތަކުރުންތަކެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަރުމަނު ކަޕްގެ ދެވަނަ ބުރުން ބަޔާން ޖާގަހޯދައިފި

ޖަރުމަނު ކަޕްގެ ދެވަނަ ބުރުން ބަޔާން ޖާގަހޯދައިފި

13 އޯގަސްޓު 2017
ސްޕެއިން ބަލިކޮށް 21 އަހަރުން ދަށުގެ ޔޫރޯ މުބާރާތް ޖަރުމަނުން ކާމިޔާބުކޮށްފި

ސްޕެއިން ބަލިކޮށް 21 އަހަރުން ދަށުގެ ޔޫރޯ މުބާރާތް ޖަރުމަނުން ކާމިޔާބުކޮށްފި

01 ޖުލައި 2017
ނޭމާ ނެތަސް ދެން ތިބި ކުޅުންތެރިންނާއެކު އާޖެންޓީނާއާ ދެކޮޅަށް ތަފާތު ދެއްކޭނެ: ވިލިއަން

ނޭމާ ނެތަސް ދެން ތިބި ކުޅުންތެރިންނާއެކު އާޖެންޓީނާއާ ދެކޮޅަށް ތަފާތު ދެއްކޭނެ: ވިލިއަން

06 ޖޫން 2017
އާޖެންޓީނާގެ ކޯޗުކަމާއި ސަމްޕައޮލީ ހަވާލުވެއްޖެ

އާޖެންޓީނާގެ ކޯޗުކަމާއި ސަމްޕައޮލީ ހަވާލުވެއްޖެ

03 ޖޫން 2017
އާޖެންޓީނާ ޓީމުގެ ކޯޗުކަން ވަނީ ހުށަހަޅާފައި، މިފަހަރު ރިޖެކްޓުނުކުރާނަން: ސަމްޕޯލީ

އާޖެންޓީނާ ޓީމުގެ ކޯޗުކަން ވަނީ ހުށަހަޅާފައި، މިފަހަރު ރިޖެކްޓުނުކުރާނަން: ސަމްޕޯލީ

20 މެއި 2017

އަހަރުތަކުން މިއަދު

10 އެޕްރީލު
ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް
20251 އަހަރު ކުރިން
ރާއްޖެ

ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު
20215 އަހަރު ކުރިން
ރާއްޖެ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!
20197 އަހަރު ކުރިން
ރިޕޯޓު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް
20188 އަހަރު ކުރިން
ރިޕޯޓު

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު