Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ކަޕް

ޖަރުމަނު ކަޕްގެ ދެވަނަ ބުރުން ބަޔާން ޖާގަހޯދައިފި

ބަޔާން މޮޅުވެފައިވަނީ ތިންވަނަ ޑިވިޝަން ޓީމެއް ކަމުގައިވާ ޗެމްނިޓްޒާއަތުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 13 އޯގަސްޓު 2017 | އާދީއްތަ 12:36
ޖަރުމަން އަދި ޗެމްނިޓްޒާ ބައްދަލުކުރި މެޗުގެ ތެރެއިން

ޖަރުމަން އަދި ޗެމްނިޓްޒާ ބައްދަލުކުރި މެޗުގެ ތެރެއިން

ޖަރުމަން ކަޕްގެ ދެވަނަ ބުރުން ބަޔާން މިޔުނިކް ޖާގަ ހޯދައިފި އެވެ.

ބަޔާން މިޔުނިކް ޖަރުމަން ކަޕުގެ ދެވަނަ ބުރުން ޖާގަ ހޯދާފައިވަނީ ޖަރުމަނުގެ ތިންވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ، ޗެމްނިޓްޒާގެ މައްޗަށް 0-5 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

ޗެމްނިޓްޒާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި، ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީވެސް ބަޔާއިންނެވެ. ބަޔާންއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 20 ވަނަ މިނެޓުގައި އިތުބާރު ފޯވާޑް ރޮބަޓް ލެވެންޑޯސްކީއެވެ.

މި ލަނޑަށް ފަހުވެސް ބަޔާންއިން ރަނގަޅަށް ކުޅެފައިވާއިރު ލަނޑުޖަހާނޭ ރަނގަޅު ގިނަ ފުރުސަތުތަކެއް ވަނީ ލިބިގެންގޮސްފައެވެ. އެހެން ނަމަވެސް މީގެން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތްވަނީ ނުވެފައެވެ.

ބަޔާންއިން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ބަޔާންއިން ވަނީ މެޗުގެ ފަހު ހާފުގެ ވަރަށް ކުރީކޮޅު ލަނޑުޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ރިބެރީގެ އެހީތެރިކަމާއެކު ކިންގްސްލީ ކޯމަންއެވެ.

ކޯމަންގެ މި ލަނޑާއެކު ބަޔާއިން ދެ ލަނޑުގެ ލީޑެއް ނެގިތާ ގިނައިރުތަކެއް ނުވެ ލެވެންޑޯސްކީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ބަޔާންއަށް ލީޑި އިތުރަށް ފުޅާކޮށްދީފައެވެ. ބަޔާންގެ ހަތަރުވަނަ ލަނޑު 79 ވަނަ މިނެޓުގައި ރިބެރީ ކާމިޔާބުކޮށްދިންނއިރު އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ މެޓްސް ހުމެލްސްއެވެ.

ބަޔާންގެ އިތުރުން މުބާރާތުގެ ދެވަނަ ބުރަށް، ބްރޫޝިއާ ޑޯޓްމަންޑް ވެސް ވަނީ ދަތުރުކޮށްފައެވެ.

ޑޯޓްމަންޑު މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ރެއިލަސިންގެން އާލެންގެ މައްޗަށް 0-4 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގައި ޑޯޓްމަންޑަށް ލަނޑުތަށް ކާމިޔާބުކޮށްދިނީ ޕިއެރޭ-އެމެރިކް އޮބާމަޔަންއާއި މާކް ބާޓްރާއެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންއަކީވެސް ޑޯޓްމަންޑެވެ. އެޓީމުން މި މުބާރާތް 4 ފަހަރެއްގެ މަތިން ވަނީ ކާމިޔާބުކޮށްފައެވެ. މި މުބާރާތް އެންމެ ގިނަފަހަރު ކާމިޔާބުކޮށްފައިވަނީ ބަޔާއިންނެވެ. އެޓީމު ވަނީ މި މުބާރާތް 18 ފަހަރު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު