Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ސައުދީ

ސައުދީ އަރަބިއްޔާ އަށް އެއް ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ އެއްބަސްވުމަށް އެމެރިކާގެ ޚާރިޖިއްޔާ އިން ރުހުންދީފި

23 މާރިޗު 2018 | ހުކުރު 11:41

މިއެއްބަސްވުމުގެ ދަށުން އެންޓި-މިސައިލް ޓޭންކާއި، އަސްކަރީ އުޅަނދުތަކުގެ މަރާމާތާއި އެކަމާ ގުޅޭ ސްޕެއަރ ޕާޓްސް ފޯރުކޮށްދިނުން ހިމެނޭ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 23 މާރިޗު 2018 | ހުކުރު 11:41
އެމެރިކާގެ ރައީސް ޑޮަނަލްޑް ޓްރަމްޕް (ކ) އަދި ސައުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ސައުދީ އަށް ހަތިޔާރު ވިއްކުމުގެ ޕްލޭނާ ގުޅޭ ގޮތުން ވާހަކަ ދައްކަވަނީ

އެމެރިކާގެ ރައީސް ޑޮަނަލްޑް ޓްރަމްޕް (ކ) އަދި ސައުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ސައުދީ އަށް ހަތިޔާރު ވިއްކުމުގެ ޕްލޭނާ ގުޅޭ ގޮތުން ވާހަކަ ދައްކަވަނީ

ސައުދީ އަރަބިއްޔާ އަށް އެއް ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ އެއްބަސްވުމަށް އެމެރިކާގެ ޚާރިޖިއްޔާ އިން ރުހުންދީފިއެވެ.

އެމެރިކާ އިން ސައުދީ އަރަބިއްޔާ އަށް ހަތިޔާރު ވިއްކުމުގެ މިއެއްބަސްވުމުގެ ދަށުން ވިއްކާ ހަތިޔާރުގެ ޕެކޭޖްގައި 6600 ޓީއޯޑަބްލިއު އެންޓި-މިސައިލް ޓޭންކް ހިމެނޭއިރު، އޭގެ އަގަށް 670 މިލިއަން އެމެރިކާ ޑޮލަރު އަރައެވެ. މީގެ އިތުރުން ސައުދީ އަސްކަރިއްޔާގެ ހެލިކޮޕްޓަރުތައް މަރާމާތު ކުރުމަށް 106 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ކޮންޓްރެކްޓެއް ހިމެނޭއިރު، އަސްކަރީ އުޅަނދުތަކުގެ ސްޕެއަރ ޕާޓްސް އަށް 300 މިލިއަން އެމެރިކާ ޑޮލަރު ހިމަނާފައިވާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ވެއެވެ.

ސްޓޭޓް ޑިޕާޓްމަންޓް ނުވަތަ އެމެރިކާގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނުގައި ވަނީ، ސައުދީ އަށް ހަތިޔާރު ވިއްކުމުގެ އެއްބަސްވުމާ އެކު، ރަހުމަތްތެރި ގައުމެއްގެ ސަލާމަތީ ކަންކަން ވަރުގަދަ ވުމަކީ އެމެރިކާގެ ފޮރިން ޕޮލިސީ އަދި ގައުމީ ސަލާމަތާ ގުޅޭ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ސައުދީ އަށް ހަތިޔާރު ވިއްކުމުގެ ޕްލޭނާ ގުޅޭ މައުލޫމާތު އެމެރިކާގެ ކޮންގްރެސްއާ ބުރާސްފަތި ދުވަހު ހިއްސާކޮށްފައިވާ ކަމަށް އެމެރިކާގެ ޚާރިޖިއްޔާ އިން ބުނެއެވެ.

އެމެރިކާ އިން ސައުދީ އަށް ހަތިޔާރު ވިއްކުމުގެ އެއްބަސްވުމަށް އެގައުމުގެ ހާރިޖިއްޔާ އިން ރުހުން ދީފައި ވަނީ ސައުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އެމެރިކާ އަށް ވަޑައިގެން އުޅުއްވާ ދަނޑިވަޅެއްގައެވެ. ތިން ހަފްތާ އަށް ދެމިގެންދާ ވަލީއަހުދުގެ މިދަތުރުފުޅުގައި މިދިޔަ ބުދަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލު ކުރައްވާފައިވެއެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓްހައުސްގައި ސައުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންއާ އެކު ބޭއްވެވި ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސައުދީއަކީ މުއްސަނދި ގައުމެއް ކަމަށާއި، ސައުދީގެ މުއްސަނދިކަމުގެ ފައިދާ އެމެރިކާ އަށް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާގެ ރައްޔިތުންނަށް ވަޒީފާ ދީގެންނާއި އެމެރިކާގައި އުފައްދާ ހަތިޔާރާއި އަސްކަރީ ވަސީލަތްތަކުގެ ވިޔަފާރި ކޮށްގެން ސައުދީގެ މުއްސަނދި ކަމުން ބައެއް އެމެރިކާ އަށް ލިބޭނެ ކަމަށް ގަބޫލް ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާ އިން ސައުދީ އަށް ހަތިޔާރު ވިއްކުމުގެ އަގުބޮޑު އެއްބަސްވުމެއް ގާއިމް ކުރުމަށް ތައްޔާރު ވަމުންދާއިރު، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ހިމެނޭ ގޮތަށް ބައިނަލްއަޤްވާމީ މުޖުތަމައު އިން ދަނީ ސައުދީ އަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ނުވަތަ ހަތިޔާރު ވިއްކުން މަދު ކުރުމަށް ހުޅަނގުގެ ގައުމުތަކުގެ ސަރުކާރުތަކަށް ގޮވާލަމުންނެވެ. ސައުދީ އަށް ހަތިޔާރު ވިއްކުން މަނާ ކުރުން ނުވަތަ ހުއްޓާލުމަށް ހުޅަނގުގެ ސަރުކާރުތަކަށް ގޮވާލާ ބައިނަލްއަޤްވާމީ ކެމްޕެއިނެއް ފަށާފައި ވަނީ ޔަމަނުގެ ދާޚިލީ ހަނގުރާމާގައި ސައުދީގެ ބައިވެރިވުމާ ގުޅިގެންނެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ސައުދީ އަރައްބިއްޔާ އިން 2015 ވަނަ އަހަރުގެ މާޗް މަހު ވަދެ އެގައުމުގެ އަސްކަރިއްޔާ އިން ފެށި އަސްކަރީ އޮޕަރޭޝަނުގައި މިހާތަނަށް ޔަމަނުގެ 10 ހާހަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މީގެ އިތުރުން ސައުދީ އަސްކަރިއްޔާގެ އޮޕަރޭޝަނުގެ ސަބަބުން ޔަމަނުގެ 2 މިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި އެހެން ސަރަހައްދުތަކަށް ބަދަލުވާން ޖެހިފައިވާއިރު، ޔަމަނުގައި ކޮލެރާގެ ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރި، ކާބޯތަކެތީގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.

ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ ބުރާސްފަތި ދުވަހު އެމެރިކާގެ ދިފާއީ ވަޒީރު ޖިމް މެޓިސްއާ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި މެޓިސް ވަނީ ޔަމަނުގެ ހަނގުރާމަ އަށް ވީހާ ވެސް އަވަހަކަށް ސިޔާސީ ހައްލެއް ހޯދުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. އަދި ޔަމަނުގެ ހަނގުރާމަ އަށް ހައްލެއް ހޯދުމުގައި ސައުދީ އަރަބިއްޔާއަކީ އެ ހައްލުގެ ބައެއް ކަމަށް މެޓިސް ވިދާޅުވެފައިވެއެވެ.

އެމެރިކާގެ ސެނޭޓުން އަންގާރަ ދުވަހު ވަނީ، ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެފައިވާ ސައުދީ ކޯލިޝަނަށް އެމެރިކާގެ އެހީ ކަނޑާލުމަށް ގޮވާލާ ގަރާރު ބޭރު ކޮށްލާފައެވެ. ޔަމަނުގެ ހަނގުރާމާގައި ބައިވެރިވާ ސައުދީ ކޯލިޝަނަށް އެމެރިކާ އިން އަސްކަރީ އެހީ ފޯރުކޮށްދިނުން ހުއްޓާލުމަށް ގޮވާލާ ގަރާރަށް އަންގާރަ ދުވަހު ސެނެޓުގައި ވޯޓަށް އެހުމުން ގަރާރަށް ތާއީދުކޮށް 44 މެމްބަރަކު ވޯޓު ދީފައިވާއިރު، ގަރާރާ ދެކޮޅަށް 55 މެމްބަރަކު ވޯޓު ދީފައިވެއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ވަނީ، ޔަމަނުގެ ހަނގުރާމާގައި ބައިވެރިވާ ސައުދީ އަސްކަރީ ކޯލިޝަނަށް ޒިންމާދާރު ނޫން ގޮތެއްގައި ހަތިޔާރު ފޯރުކޮށްދިނުމުގެ ސަބަބުން ޔަމަނުގެ އާއްމު ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. އަދި ޔަމަނުގެ ރައްޔިތުންނަށް ގެއްލުން ލިބުނު ނަމަވެސް، ސައުދީ ކޯލީޝަނަށް އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރު ވިއްކުން ހުއްޓާނުލާ ކުރިއަށް ގެންދާތީ އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސާއި ސްޕެއިން އަދި އިޓަލީގެ ނަން އެބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
26 ފެބުރުއަރީ 2017

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި
25 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލީ އެންމެ 90 ޑޮލަރުގެ ޑީލަކަށް

25 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލީ އެންމެ 90 ޑޮލަރުގެ ޑީލަކަށް
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
20 ފެބުރުއަރީ 2017

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

20 ފެބުރުއަރީ 2017
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ
13 ފެބުރުއަރީ 2017

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

13 ފެބުރުއަރީ 2017
ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް