Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދީބުގެ ބޭސްފަރުވާ

އަދީބު ލޮލުގެ ޑޮކްޓަރަކަށް ދައްކައިނުދެވޭނަމަ އެކަން އާއިލާއާއި ހަވާލުކުރަން އެދިއްޖެ

22 މާރިޗު 2018 | ބުރާސްފަތި 03:02

އަދީބުގެ ލޮލުގެ މައްސަލަ އަދިވެސް މެޑިކަލް ބޯޑަށް ހުށަނާޅާ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 22 މާރިޗު 2018 | ބުރާސްފަތި 03:02
ކުރީގެ ނައިބުރައީސް އަޙުމަދު އަދީބު - އެމަނިކުފާނުގެ ބޭސްފަރުވާއަށް ސަރުކާރުން ދަނީ އެކިގޮތްގޮތުން ހުރަސްއަޅަމުން

ކުރީގެ ނައިބުރައީސް އަޙުމަދު އަދީބު - އެމަނިކުފާނުގެ ބޭސްފަރުވާއަށް ސަރުކާރުން ދަނީ އެކިގޮތްގޮތުން ހުރަސްއަޅަމުން

ކުރީގެ ނައިބުރައީސް އަޙުމަދު އަދީބުގެ ލޮލުގެ ފަރުވާ ލަސްވަމުންދަނީ އެމަނިކުފާނު ލޮލުގެ ޑޮކްޓަރަކަށް ދެއްކުމަށް ކަރެކްޝަންސްއަށް އެޕޮއިންޓްމަންޓެއް ނުހޯދިގެން ކަމަށް ވާނަމަ، އެޕޮއިންޓްމަންޓެއް ހޯދުމުގެ މަސައްކަތް އާއިލާ އާއި ހަވާލުކުރުމަށް އާއިލާއިން އެދިއްޖެއެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު ޝިހާންއަށް ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވީ، ކަރެކްޝަންސްގެ ބެލުމުގެ ދަށުން އަދީބު ޑޮކްޓަރަށް ދެއްކުމުން، ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށާއި، އަދި އެކަމާއި ގުޅޭ ލިޔުންވެސް ކަރެކްޝަންސްގައި ވާނެ ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން ފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމަށް ފުރިހަމަކުރަންޖެހޭ އިޖުރާޢަތްތައް ފުރިހަމަކުރުމަކީ ކަރެކްޝަންސްގެ ޒިންމާއެއް ނަމަވެސް، އެކަން ލަސްވަމުންދާކަން ނަޝްވާ ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން، އަދީބުގެ މައްސަލަ މެޑިކަލް ބޯޑަށް ހުށަހެޅުން ލަސްވެގެން ދަނީ، އެ ބޯޑަށް މައްސަލަ ހުށަހެޅުމުގެ ކުރިން އިތުރު ޑޮކްޓަރެއްގެ ލަފާ ހޯދަން ޖެހޭއިރު، އިތުރު ޑޮކްޓަރަކަށް ދެއްކުމަށް އެޕޮއިންޓްމަންޓެއް ހަމަނުޖެހިގެން ކަމަށް ކަރެކްޝަނުން އަންގާފައިވާ ކަމަށް ވެސް ނަޝްވާގެ ސިޓީގައި ވެއެވެ. އަދި ކަރެކްޝަންސްއިން އެގޮތަށް އަންގާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ކަމާއި، އޭގެ ފަހުން މަހަކަށް ވުރެ ގިނަ ދުވަސް ފާއިތުވެދިޔައިރުވެސް ކަރެކްޝަންސްއިން އަދީބުގެ ފަރުވާ ލަސްކުރުމަށް ދައްކަމުންދަނީ ހަމަ އެ އުޒުރުކަން ނަޝްވާ ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން، އެކަން އަވަސްކޮށްދިނުމަށާއި، އެޕޮއިންޓްމަންޓް ހޯދުމަށް ކަރެކްޝަންސްއަށް ދަތިތަކެއް ހުރިނަމަ، އެޕޮއިންޓްމަންޓް ހޯދުމުގެ މަސައްކަތް އާއިލާ އާއި ހަވާލު ކޮށްދިނުމަށް ނަޝްވާ ވަނީ އެދިވަޑައިގެންފައެވެ.

އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުން ލަސްވުމުގެ ސަބަބުން ލިބިގެންދާނެ އެންމެހާ ގެއްލުމަށް ޤާނޫނީ ގޮތުން ޒިންމާވާންޖެހޭނީ ކަރެކްޝަންސްއިންކަން ހަނދާން ކޮށްދެއްވައި ނަޝްވާގެ ސިޓީގައި ވަނީ އެ ސަބަބަށްޓަކައިވެސް ބޭސްފަރުވާ އަވަސްކޮށްދިނުމަށް އެދިލައްވާ ކަމަށެވެ.

އަދީބުގެ ލޮލުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވާތީ ރާއްޖެ އިން ބޭރަށް ގޮސް ގްލްކޯމާ ސްޕެޝަލިސްޓަކަށް ދައްކައި އޮޕްރޭޝަނެއް ކުރުމަށް ޑޮކްޓަރު ވަނީ ލަފާދެއްވާފައެވެ.

ވީ އެންމެ އަވަހަކަށް ލޮލުގެ އޮޕްރޭޝަނެއް ކުރުމަށް އަދީބަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާއިރު، އަދީބުގެ އެތެރެހަށީގައި އުފެދިފައިވާ ސިސްޓްތައް ކެންސަރަށް ބަދަލުވެދާނެ ކަމުގެ ބިރު އޮތުމުން، ކެންސަރަށް ސްކްރީން ކުރުމަށް ވެސް ޑޮކްޓަރުން ވަނީ ލަފާ ދެއްވާފައެވެ. މީގެ ދެ އަހަރު ކުރިން ދެއްވި އެ ލަފައާ އެއްގޮތަށް އަދި މިހާތަނަށް އަދީބު ކެންސަރަށް ސްކްރީން ކުރުމުގެ ފުރުސަތު ސަރުކާރުން ދީފައެއް ނުވެއެވެ.

ބޭސްފަރުވާއަށް އަދީބު ރާއްޖެ އިން ބޭރަށް ފޮނުވުމަށް ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ. ސަރުކާރުން ބުނަމުންދަނީ، އަދީބު ބޭރަށް ފޮނުވައިފި ނަމަ ފިއްލަވާފާނެ ކަމަށާއި އެމަނިކުފާނު ފިއްލަވައިފި ނަމަ ދައުލަތަށް ލިބެންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުލިބޭނެ ކަމަށެވެ.

އަދީބުގެ ވަކީލުން ވިދާޅުވަމުން ގެންދަވަނީ، ބޭސްފަރުވާ ކުރުމުގެ ހައްގަކީ، ސަރުކާރަށް ހީވާހީވުމެއްގެ މައްޗަށް ހިފަހެއްޓޭނެ ހައްގެއް ނޫން ކަމަށެވެ. އަދި، ޖަލު ހުކުމް ތަންފީޒު ކުރަމުންދާ އެހެނިހެން ފަރާތްތައް ބޭސްފަރުވާއަށް ފޮނުވާ އުސޫލުން އަދީބަށް ވެސް އެ ފުރުސަތު ދޭންޖެހޭނެ ކަމަށް ވަކީލުން ދަނީ ވިދާޅުވަމުންނެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

07 ޖޫން 2017

ހެޔޮއެދޭމީހުންނަކީ ކޮބައިކަން ދަސްކޮށްދިނީ ޖަލުގެ ތޭރިތައް: އަހުމަދު އަދީބު

07 ޖޫން 2017
ހެޔޮއެދޭމީހުންނަކީ ކޮބައިކަން ދަސްކޮށްދިނީ ޖަލުގެ ތޭރިތައް: އަހުމަދު އަދީބު
01 ޖޫން 2017

އަދީބު ގޭބަންދަށް ބަދަލުކުރުމުގެ މައްސަލައިގައި ގޮތް ނިންމާނީ ކަރެކްޝަނުން: ޕޮލިސް

01 ޖޫން 2017
އަދީބު ގޭބަންދަށް ބަދަލުކުރުމުގެ މައްސަލައިގައި ގޮތް ނިންމާނީ ކަރެކްޝަނުން: ޕޮލިސް
31 މެއި 2017

އަދީބުގެ ސިއްޚީ ހާލުކޮޅާ މެދު އިހުމާލުވަމުންދާ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހަޅައިފި

31 މެއި 2017
އަދީބުގެ ސިއްޚީ ހާލުކޮޅާ މެދު އިހުމާލުވަމުންދާ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހަޅައިފި
30 މެއި 2017

އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކާ ގުޅިގެން މުސްތަފާގެ ފާޑުކިޔުން ސަރުކާރަށް!

30 މެއި 2017
އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކާ ގުޅިގެން މުސްތަފާގެ ފާޑުކިޔުން ސަރުކާރަށް!
29 މެއި 2017

ބޭސްފަރުވާ އަށް އަދީބު ބޭރަށް ފޮނުވުމަށް ހުއްދަ ދޭނެ ފަރާތެއް އޮޅިއްޖެ!

29 މެއި 2017
ބޭސްފަރުވާ އަށް އަދީބު ބޭރަށް ފޮނުވުމަށް ހުއްދަ ދޭނެ ފަރާތެއް އޮޅިއްޖެ!
27 މެއި 2017

އަދީބުގެ ސިއްޚީ ހާލުކޮޅާ ގުޅޭ ގޮތުން ބުނާނެ އެއްޗެއް ނެތް: ފުލުހުން

27 މެއި 2017
އަދީބުގެ ސިއްޚީ ހާލުކޮޅާ ގުޅޭ ގޮތުން ބުނާނެ އެއްޗެއް ނެތް: ފުލުހުން
24 އެޕްރީލު 2017

ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

24 އެޕްރީލު 2017
ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި
10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
01 މާރިޗު 2017

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް