Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަހުމަދު އަދީބު

ހެޔޮއެދޭމީހުންނަކީ ކޮބައިކަން ދަސްކޮށްދިނީ ޖަލުގެ ތޭރިތައް: އަހުމަދު އަދީބު

އަދީބަށް ވަނީ ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 7 ޖޫން 2017 | ބުދަ 13:34
މިސަރުކާރުގެ ދެވަނަ ނައިބު ރައީސް އަހުމަދު އަދީބު

މިސަރުކާރުގެ ދެވަނަ ނައިބު ރައީސް އަހުމަދު އަދީބު

ހެޔޮއެދޭ މީހުންނާއި ގާތްތިމާގެ ކަމަކީ ކޮބައިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ދަސްކޮށްދިނީ ޖަލުގެ ތޭރިތައް ކަމަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ވައްކަމުގައި އަމަލީ ގޮތުން އެންމެ އިސް ދައުރެއް އަދާކުރެއްވުމާއި ރައީސް ޔާމީން އަވަހާރަ ކޮށްލަން ރޭވި ކަމުގެ ކުށުގައި ޖުމްލަ 33 އަހަރަށް ހުކުމް ކޮށްފައިވާ އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

ޖަލުގައި ހުންނެވި މިސަރުކާރުގެ ދެވަނަ ނައިބު ރައީސް އަހުމަދު އަދީބު ނެރުއްވާފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޖަލުގެ ތޭރިތައް ބުނަމުންދާ ހަގީގަތަކީ "އޭނާ ދުށް ހަގީގަތަކީ ހަގީގަތެއްނޫން ކަމަށާއި ބެލި ރަނގަޅަކީ ރަނގަޅެއް ނޫން"ކަމަށެވެ. އަދި އެކުވެރިންނާއި އާއިލާއާއި ހެޔޮއެދޭ މީހުންނާއި، ގާތްތިމާގެކަމަކީ ކޮބައިކަން އޭގެ އެންމެ ފުރިހަމަ މާނައިގައި އެނގިލައްވައިފިކަމަށެވެ.

Advertisement - newsAdvertisement

އެމަނިކުފާނު ޖަލުގައި ބަންދުކުރެވުނު ފަހުން ސިއްހީ އެތަކެއް މައްސަލަތަކެއް ދިމާވެއްޖެކަމަށާއި ރައްޔިތުންނާ ހަމައަށް އޭނާގެ ސިއްހީ ހާލަތު އާންމު ކުރަން މަޖުބޫރުވީ މިއަދުގެ ހާލަތު ހުރިގޮތުން ކަމަށް އަދީބު ވިދާޅުވިއެވެ. އަދީބު ވިދާޅުވީ އޭނާއަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި ކިޑްނީގައި ހިލަ ހުރުމާއި އިންޓާނަލް ސިސްޓް ހުރުމާއި، ލޮލުގެ ބައްޔެއްކަމުގައިވާ ގޮލޮކޮމާ ޖެހިފައިވާކަމަށެވެ. އަދި އެ ބަލިތަކަށް އެއްވެސް އެކަށީގެންވާ ފަރުވާއެއް ދީފައި ނުވާކަމަށް އަދީބު ވިދާޅުވިއެވެ.

އަދީބު ޖަލަށް ލީ ފަހުން ސިއްހީ ބޮޑެތި މައްސަލަތައް ދިމާވެފައިވާކަމަށް މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހު އޭނާގެ އާއިލާއިން ނެރުނު ބަޔާނެއްގައިވެސް ވަނީ ބުނެފައެވެ.

އަދީބާއި މެދު ދިވެހިރައްޔިތުންގެ ހިތުގައި އުފެދިފައިވާ ކިލަނބުކަން ފިލުވުމަކީ އެމަނިކުފާނުގެ އާދޭހެއް ކަމަށާއި ކިތަންމެ ބޮޑު ތުހުމަތެއްގައި އެމަނިކުފާނު ހުންނެވި ކަމުގައި ވިއަސް އިންސާނީ ހައްގަށް ރައްޔިތުން ތާއީދު ކުރައްވާނެކަމަށް ގަބޫލުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑާއި މެދު ތިޔައިގެ ތެރެއިން ވަރަށް ގިނަ ރައްޔިތުންގެ ހިތުގައި ހުރި ކިލަނބު ކަން ފިލުވުމަކީ އަޅުގަނޑޫގެ އާދޭހެކެވެ. އަޅުގަނޑަށް ޔަގީނެވެ. ތިޔައިގެ ތެރެއިން ގިނަ ބޭފުޅުންނަކީ އިންސާނީ ހައްގުތައް ލިބިދިނުމުގައި ތަފާތު ކުރުމަށް ވަކާލާތު ކުރަމުންދާ ބޭފުޅުންނެއް ނޫނެވެ. ކޮންމެ ފަދަ ކުށެއްގެ ތުހުމަތުގައި ނަމަވެސް އިންސާނީ ހައްގުތަކަށް ހުރަސްއެޅިގެންދާނޭކަމަށް ތިބޭފުޅުން ގަބޫލުކުރައްވާނެއެވެ. އަޅުގަނޑަށް ކޮށްފައިވާ ތުހުމަތުކުރެވޭ އެއްވެސް ކުށެއްގެ އަދަބަކީ އެކަނިވެރިކަމާއިއެކު އޮވެ މަރުވުންކަމަށްވެސް ތިބޭފުޅުން ދެކެވަޑައިނުގަންނަވާނެއެވެ." އަދީބު ރައްޔިތުންނަށް ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޖަލުގައި ހޭދަވަމުންދާ ދުވަސްތަކުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަހަށް ވަމުންދާގޮތް ބައްލަވަމުންދާކަމަށާއި ރާއްޖޭގެ ސިޔާސީ މަސްރަހު އޮތީ އަލުން ބިނާ ނުކުރެވޭނެފަދަ ހާލަތެއްގައި ނޫންކަމަށް އަދީބު ވިދާޅުވިއެވެ.

އެބަޔާން ނިންމަވާލައްވަމުން އަދީބު ވިދާޅުވީ އެމަނިކުފާނާއި މެދު ހިތް ނުބައި އެންމެނާއިމެދުވެސް ހިތް ހެޔޮކަމަށާއި އެދެނީ ރާއްޖެއަށް އަމާންކަމާއި ފާގަތިކަން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭ ޖަލާއި މާފުށީ ޖަލުގެ ދެ ޔުނިޓެއް ރިމާންޑް ޖަލުތަކަށް ބަދަލުކޮށްފި

މާލޭ ޖަލާއި މާފުށީ ޖަލުގެ ދެ ޔުނިޓެއް ރިމާންޑް ޖަލުތަކަށް ބަދަލުކޮށްފި

24 ނޮވެމްބަރު 2017
ޖަލުގެ ތަޖުރިބާ އަމީތުގެ ދުލުން: ބޯންޖެހުނީ ފާހަނައިގެ ފެން، ހުންނަން ޖެހެނީ ގަދަ އަވީގައި!

ޖަލުގެ ތަޖުރިބާ އަމީތުގެ ދުލުން: ބޯންޖެހުނީ ފާހަނައިގެ ފެން، ހުންނަން ޖެހެނީ ގަދަ އަވީގައި!

09 އޯގަސްޓު 2017
މާފުށީ ޖަލުގެ ހިނގާދިޔަ ހަމަނުޖެހުންތަކުގައި ޖަލު އޮފިޝަރަކަށް އަނިޔާވެއްޖެ

މާފުށީ ޖަލުގެ ހިނގާދިޔަ ހަމަނުޖެހުންތަކުގައި ޖަލު އޮފިޝަރަކަށް އަނިޔާވެއްޖެ

26 ޖުލައި 2017
އިމްރާން ބަންދުކޮށްފައިވަނީ "ޑެތް ރޯ" ޔުނިޓުގައި، ޖަލުގެ ހާލަތު ތަހުގީގުކޮށް ހައްލު ހޯދައިދީ: އާއިލާ

އިމްރާން ބަންދުކޮށްފައިވަނީ "ޑެތް ރޯ" ޔުނިޓުގައި، ޖަލުގެ ހާލަތު ތަހުގީގުކޮށް ހައްލު ހޯދައިދީ: އާއިލާ

02 ޖުލައި 2017
ޖަލުގެ ގޮޅީގައި އަދީބަށް އަނިޔާ ލިބެމުން ދަނީ، ދެ ކޮނޑު ވަނީ ފިހިފައި:ސިރާޖު

ޖަލުގެ ގޮޅީގައި އަދީބަށް އަނިޔާ ލިބެމުން ދަނީ، ދެ ކޮނޑު ވަނީ ފިހިފައި:ސިރާޖު

17 ޖޫން 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު