Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔަމަން ހަނގުރާމަ

މުޒާހަރާ ކުރުމުން ސައުދީގެ ބޯޓް ހަތިޔާރު ބަރުނުކޮށް ފްރާންސުން ފުރައިފިި

2017 ވަނަ އަހަރު ފްރާންސުން 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ސައުދީއަށް ވިއްކި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 11 މެއި 2019 | ހޮނިހިރު 05:56
ބަހްރީ-ޔަންބޫ ވަނީ ހުކުުރު ދުވަހު ލެ އާރވް ބަނދަރުން ނުކުމެ ސްޕެއިން އަށް މިސްރާބު ޖަހާފައި

ބަހްރީ-ޔަންބޫ ވަނީ ހުކުުރު ދުވަހު ލެ އާރވް ބަނދަރުން ނުކުމެ ސްޕެއިން އަށް މިސްރާބު ޖަހާފައި

ސަައުދީ އަރަބިއާ އަށް ހަތިޔާރު ވިއްކުމާ ދެކޮޅަށް މުޒާހަރާ ކުރިތާ އެއް ދުވަހަށް ފަހު ފްރާންސްގެ އުތުރުގެ ބަނދަރެއްގައި ހަތިޔާރު ބަރުކުރަން ގޮސް އޮތް ސައުދީ ކާގޯ ބޯޓެއް ހަތިޔާރު ބަރުނުކޮށް ސްޕެއިން އަށް މިސްރާބު ޖަހައިފިއެވެ.

ކްރިސްޓިއަން އެކްޝަން ފޮރ ދި އެބޯލިޝަން އޮފް ޓޯޗަރ (އޭސީއޭޓީ) ކިޔާ ޖަމާއަތަކުން ވެސް ވަނީ އެ ބޯޓަށް ހަތިޔާރު ބަރުކުރަނީ ހަތިޔާރާ ބެހޭ ބައިނަލްއަޤްވާމީ މުއާހަދާއާ ޚިލާފަށް ކަމަށް ބުނެ ބުރާސްފަތި ދުވަހު ކޯޓަށް ވެސް މައްސަލަ ހުށަހަޅާފައެވެ.

ފަރަންސޭސީ ފަނޑިޔާރަކު ވަނީ އެ ޝަކުވާ ކޯޓުން ބޭރުކޮށްލާފައެވެ. ނަމަވެސް އާގު ބޯޓް، ބަހްރީ-ޔަންބޫ ވަނީ ލެ އާރވް ބަނދަރުން އަވަހަށް ނުކުމެފައެވެ.

ބޯޓުން އެ ނިންމުން ނިންމީ ކީއްވެކަން އަދި ސާފެއް ނުވެއެވެ.

"ކާގޯ ނުލައި ބޯޓް ފުރައިފި" އޭސީޓީއޭ ތަމްސީލް ކުރާ ވަކީލް ލޯރެންސް ގްރެއިގް ރޮއިޓަރސް ނޫސް އޭޖެންސީގައި ވިދާޅުވެފައި ވެއެވެ.

އޭސީޓީއޭ އިން މައްސަލަ ކޯޓަށް ވައްދާފައި ވަނީ ސައުދީއަށް ހަތިޔާރު ވިއްކާކަން އެނގެން އޮންނަ ފްރާންސް އިންޓެލިޖެންސްގެ ލިޔުންތަކެއް އޮންލަ އިން އިންވެސްޓިގޭޓިވް ސައިޓެއްގައި ޝާއިއުކުރިތާ ހަފްތާއެއް ފަހުންނެވެ.

އެލިޔެކިޔުން ބުނާ ގޮތުން ޓޭންކައި ލޭޒަރ-ގައިޑް މިސައިލް ސިސްޓަމް ބޭނުން ކޮށްފައި ވަނީ ޔަމަން ހަނގުރާމައިގައި އާއްމުންނާ ދެކޮޅަށެވެ.

ޔަމަނުގެ ރައީސް އަބްދު ރައްބޫ މަންސޫރު ހާދީގެ ސަރުކާރުގެ ދިފާއުގައި ސައުދީ އިސްވެ އަސްކަރީ ކޯލިޝަނެއް ހަދައި ހޫޘީންނާ ދެކޮޅަށް އެގައުމުގައި ހަނގުރާމަ ފެށީ 2015 ވަނަ އަހަރުގެ މާރިޗު މަހުގެ 26 ވަނަ ދުވަހުއެވެ.

އެ ހަނގުރާމައިގައި ޔަމަން ސުންނާފަތިވެފައިވާއިރު އާއްމުންގެ އެތައް ހާސް މީހުންނެއް ވަނީ މަރުވެފައެވެ.

ފްރާންސަކީ ސައުދީ އަރަބިއާ އަށް ހަތިޔާރު ފޯރުކޮށްދޭ މައި އެއްގައުމު ކަމަށްވާ އިރު 2017 ވަނަ އަހަރު ވެސް އެ ގައުމުން ވަނީ ސައުދީ އަށް 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވިއްކާފައެވެ.

ސައުދީއަށް ހަތިޔާރު ވިއްކުން ދިފާއުކުރައްވައި ފަރަންސޭސި ރައީސް އެމަނުއެލް މެކްރޮން ވިދާޅުވީ ސައުދީ އަރަބިއާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް ގުޅިގެން އުފައްދާފައިވާ އިއްތިހާދު އޮތީ ޓެެރެރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައެއްގައި ކަމަށާއި އެ ހަތިޔާރު އާއްމުންނާ ދެކޮޅަށް ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދެކުނު ކޮރެއާގެ ގެއްލިގެން އުޅޭ އާގު ބޯޓް އަޑިއަށް ގޮސްފައިވަކަމަށް ބެލެވެން ފަށައިފި

ދެކުނު ކޮރެއާގެ ގެއްލިގެން އުޅޭ އާގު ބޯޓް އަޑިއަށް ގޮސްފައިވަކަމަށް ބެލެވެން ފަށައިފި

02 އެޕްރީލު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

20 ފެބުރުއަރީ 2017
ޓްރަމްޕާ ދެކޮޅަށް މެކްސިކޯގައި މުޒާހަރާ ކުރަނީ

ޓްރަމްޕާ ދެކޮޅަށް މެކްސިކޯގައި މުޒާހަރާ ކުރަނީ

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު