Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެޑަމް ނަސްރީނާ

މެޑަމް ނަސްރީނާގެ ފުރަތަމަ އިންޓަރވިއު: ވަރަށް އަވަހަށް ނަސްރު ލިބޭނެ

20 މާރިޗު 2018 | އަންގާރަ 16:57

މިއީ ރައީސް މައުމޫންގެ ވެރިކަމުގައާއި މިއަދާ ހަމައަށްވެސް އެކަމަނާ ދެއްވި ފުރތަމަ އިންޓަރވިއު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 20 މާރިޗު 2018 | އަންގާރަ 16:57
މެޑަމް ނަސްރީނާ ރައީސް މައުމޫންގެ ޕޯސްޓަރަކާއެކު

މެޑަމް ނަސްރީނާ ރައީސް މައުމޫންގެ ޕޯސްޓަރަކާއެކު

ސިޔާސީ ހުރިހާ ބޭފުޅުން މިނިވަންވެ ޤައުމު އަމާންވެ ވަރަށް އަވަހަށް ނަސްރު ލިބޭނެ ކަމަށް ކުރީގެ ފަސްޓްލޭޑީ އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހިމް ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ފިރިކަލުން ރައީސް މައުމޫނުގެ ބަންދަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރާތީ އެސަރަހައްދުގައި ހުންނަވައި، މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ.

މިއީ ރައީސް މައުމޫންގެ ވެރިކަމުގެ 30 އަހަރުގައާއި އަދި މިހާތަނަށް ވެސް މީޑިޔާތަކަށް މެޑަމް ނަސްރީނާ ދެއްވި ފުރަތަމަ އިންޓަރވިއުއެވެ. މެޑަމް ނަސްރީނާ ވިދާޅުވީ އިންސާނުން ކަންކަން ރާވާނެ ކަމަށާއި ނަމަވެސް އިންސާނުން ރާވާ ކަންކަން ތަޤުދީރު ކުރެއްވުން އޮތީ، އެހެން ފަރާތެއްގައި ކަމުގައެވެ. ހައްޤަށް ނަސްރު ދެއްވާނެކަން ތަކުރާރުކޮށް ވިދާޅުވަމުން މެޑަމް ނަސްރީނާ ވިދާޅުވީ، މީހާ ދަތުރުކުރާ މަގަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށާއި އެމީހާ އެހުރީ ހައްޤުގެ މަގުގައި ކަމުގައިވާނަމަ އެމީހަކަށް ނަސްރު ދެއްވާނެ ކަމުގައެވެ. މެޑަމް ނަސްރީނާ ވިދާޅުވީ މީހާ ހައްޤުގެ މަގުގައި ހުރި ނަމަ ހުންނާނީ އުފަލުގައި ކަމަށާއި ވަރަށް އަވަހަށް ކާމިޔާބު ވާނެ ކަމަށާއި ނަސްރާއި ހަމައަށް ދަތުރު ކުރާނެ ކަމުގައެވެ. މެޑަމް ނަސްރީނާ މިއަދު ކްރިމިނަލް ކޯޓް ސަރަހައްދަށް ވަޑައިގެންނެވި އިރު، ދަރިކަނބަލުން ޔުމްނާ މައުމޫނާއި ދުންޔާ މައުމޫނު ވެސް އަރިހުގައި ތިއްބެވިއެވެ. އަދި ބޭބޭފުޅު އައްބާސް އިބްރާހީމާއި އައްބާސްގެ އަނބިކަނބަލުން ވެސް މެޑަމް ނަސްރީނާއާއި އެކު އެ ސަރަހައްދުގައި ހުންނެވިއެވެ. ކުރިން ކުރައްވާފައި ނުވާކަމެއް އެކަމަނާ މިއަދު ކުރެއްވިއިރު ފިރިކަލުން މައުމޫންގެ އިތުރުން ދަރިކަލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމްވެސް ވަނީ ޖަލުގައި ބަންދުކޮށްފައެވެ.

Advertisement - newsAdvertisement

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
31 ޖެނުއަރީ 2017

މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!

31 ޖެނުއަރީ 2017
މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް