Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުހީ

ރައީސް ޔާމީން އަނިޔާވެރިކަމަށް ބުނާއިރު އެކަން އެގޮތަށް ވަނީ ހިތްވަރުދޭން ބަޔަކު ތިބޭތީ: ނިޔާޒް

19 މާރިޗު 2018 | ހޯމަ 19:32

ދިވެހި ފުލުހުންނާއި ސިފައިން ޤާނޫނާއި ޤަވާއިދުތައް ކިޔުމަށް އިލްތިމާސް ކުރަން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 މާރިޗު 2018 | ހޯމަ 19:32
ފަލަސުރުހީ ޕްރޮގްރާމްގައި ނިޔާޒް ބައިވެރިވެވަޑައިގަންނަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި ނިޔާޒް ބައިވެރިވެވަޑައިގަންނަވަނީ

ރައީސުލް ޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އަނިޔާވެރިކަމަށް ގިނަ މީހުން ބުނާއިރު އެކަން އެގޮތަށް ހިނގަން މެދެވެރިވަނީ އެކަމަށްވެސް ހިތްވަރުދޭން ބަޔަކު ތިބޭތީ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ނައިބު އިދާރީ އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ އެތައް ބަޔަކު ރައީސް ޔާމީންގެ ހިދުމަތުގައި މި އަނިޔާވެރިކަން ދެމެހެއްޓުމަށްޓަކައި ތިބޭ ކަމަށާއި ރައްޔިތުން އެދޭ ގޮތަށް މަސައްކަތް ކޮށްދިނުމަކީ އެގޮތަށް ތިބޭ މީހުންގެ މަސްއޫލިޔަތެއް ކަމަށެވެ.

Advertisement - newsAdvertisement
"ވަރަށް ގިނަ ފަހަރަށް އެބަ ބުނެވޭ ރައީސް ޔާމީން އަނިޔާވެރިވާ ވާހަކަ. ރައީސް ޔާމީން އަނިޔާވެރި އެކަމަކު އަނިޔާވެރި އެވެވެނީކީ އެތައް ބަޔަކު އެކަން ކޮށްދޭން ތިބޭތީ. އެތައް ބަޔަކު ރައީސް ޔާމީންގެ ޙިދުމަތުގައި މި އަނިޔާވެރިކަން ދެމެހެއްޓުމަށް ތިބޭތީ. ފުލުހުންވެސް އެގޮތަށް ތިބޭތީ އަދި ޖަލުތަކުގައި ޙިދުމަތް ކުރަން ތިބޭ މީހުންނަށްވެސް އެކަން އެގޮތަށް ކުރެވޭތީ. ހަމައެކަނި ރައީސް ޔާމީންގެ މައްސަލައެއް ނޫން މިއީކީ. މި އަނިޔާވެރިކަން ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރާ އެންމެންގެވެސް މިކަމުން އަރައިގަތުމަށް ރައްޔިތުން މި ބޭނުންވާ ގޮތަށް މަސައްކަތް ކޮށްދިނުމަކީ" ނިޔާޒް ވިދާޅުވިއެވެ.

ދިވެހި ފުލުހުންނާއި ސިފައިން ޤާނޫނާއި ޤަވާއިދުތައް ކިޔުމަށް އިލްތިމާސް ކުރައްވާ ނިޔާޒް ވިދާޅުވީ އެ ޤަވާއިދުތައް އެނގިފައި އޮތުމުން މަތިން އަންނަ ގޯސް އޯޑަރުތަކަށް ނޫނެކޭ ބުނެވޭނެ ކަމަށެވެ.

ނިޔާޒް ވަނީ މިހާރު ހައްޔަރު ކުރެވިފައިވާ މީހުންނާއި ދެތޭރޭ ޖަލުން އަމަލުކުރަމުންދާ ގޮތާއި މެދު ކަންބޮޑުވުން ފާޅުކުރައްވާ ހިއުމަން ރައިޓްސް ކޮމިޝަނުން އެ ކޮމިޝަންގެ މައްސޫލިއްޔަތު ފުރިހަމައަށް އަދާނުކުރާތީ ފާޑު ވިދާޅުވެފައެވެ.

"ކުށެއްގެ ތުހުމަތުގައި ހުންނަ މީހަކަށް ބޭސްފަރުވާ ނުދިނުމާއި އަވީލާފައި ތިބުމާއި މިކަންކަން ކުރެވޭ ކަމަށްވާނަމަ އެކަންކަން ރަނގަޅު ނުވެއްޖެއްޔާ އެކަންކަން ކުރި މީހުންނާއި ދޭތެރޭ ފިޔަވަޅު އަޅަން އެ ބޭފުޅުން (ހިއުމަން ރައިޓްސް ކޮމިޝަން) އިން ވަޑައިގަންނަވަން ޖެހޭނެ. އަޅުގަނޑުމެން ޤަބޫލުކުރަން އެބޭފުޅުން އެކަން ކުރައްވަން ޖެހިލުން ވެވަޑައިގަންނަވާނެކަން. އެކަމަކު ޖެހިލުން ވެވަޑައިގަންނަވާކަށް ނުޖެހޭނެ. އެބޭފުޅުންނަކީ ދިވެހި ރައްޔިތުންގެ ފައިސާ އިން ބޮޑު މުސާރާ ދީގެން ތިބޭ ބަޔެއް" ނިޔާޒް ވިދާލުވިއެވެ.

ނިޔާޒް އިތުރަށް ވިދާޅުވީ އެ ކޮމިޝަންގެ މެމްބަރުންނަށް މަސްއޫލިއްޔަތުތައް އަދާ ނުކުރެވޭ ކަމުގައިވާނަމަ މަގާމުން އިސްތިއުފާ ދެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށާއި އެކަން ކުރެވޭނެ ޤާބިލް މީހުން އެބަ ތިއްބެވި ކަމަށެވެ.

މި ސަރުކާރުން ހިންގަމުންދާ ގާނޫނާ ހިލާފު ކަންތައް ހުއްޓުވޭނެ ދުވަހެއް ވަރަށް އަވަހަށް އަންނާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް