Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަންދުގެ މުއްދަތު ޖެހުން

އިބޫ އާއި އާޒިމްގެ ބަންދަށް 9 ދުވަސް ޖަހައިފި

19 މާރިޗު 2018 | ހޯމަ 14:05

އިބޫ އާއި އާޒިމްވެސް ހައްޔަރުކުރީ ހުކުރު ދުވަހުގެ ރޭ މުޒާހަރާގެ ތެރެއިން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 19 މާރިޗު 2018 | ހޯމަ 14:05
މުއްދަތު މަޖިލީހަށްފަހު އާޒިމް އާއި އިބޫ ދޫނިދޫއަށް ގެންދިޔުމަށް ފުލުހުންގެ ލޯންޗަށް އަރުވާފައި

މުއްދަތު މަޖިލީހަށްފަހު އާޒިމް އާއި އިބޫ ދޫނިދޫއަށް ގެންދިޔުމަށް ފުލުހުންގެ ލޯންޗަށް އަރުވާފައި

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙައްމަދު ސޯލިޙް (އިބޫ) އާއި ޑެޕިއުޓީ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ބަންދަށް 9 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެރޭ މާލޭގައި ބޭއްވި 'ހުއްޓުވާ' އިހްތިޖާޖުގެ ތެރެއިން އެދެބޭފުޅުންވެސް ހައްޔަރުކޮށްފައިވަނީ ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުންނެވެ.

Advertisement - newsAdvertisement

ހައްޔަރުކުރުމަށްފަހު އެދެބޭފުޅުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް މިއަދާއި ހަމަޔަށް ހާޒިރުކޮށްފައި ނުވަނީ ދެބޭފުޅުންވެސް ހައްޔަރުކޮށްފައިވަނީ މިހާރު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުންނެވެ.

އިބޫގެ ޤާނޫނީ ވަކީލު ނާޒިމް ސައްތާރު ވިދާޅުވީ އިބޫގެ ބަންދަށް 9 ދުވަސް ޖެހީ މުޖްތަމައަށް ނުރައްކާވެދާނެތީ އާއި ހެކި ފޮރުވަފާނެކަމަށް ބަލާފައިކަމަށެވެ.

މީގެ އިތުރުން އިބޫ ހައްޔަރުކުރެވުނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުންކަމަށް ފުލުހުން ބުނިއިރު، އެމަނިކުފާނުގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށްކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެއީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން މީހުން ހައްޔަރުކުރެވޭނެ ސަބަބެއް ނޫންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ އިބޫއަކީ މަޖިލީހުގެ މެމްބަރެއްކަމަށްވުމާއި އެކު، އެމަނިކުފާނަށް ލިބިގެންވާ އިމްތިޔާޒްތަކުގެ ވާހަކަ ފާހަގަކުރެއްވުމުން، އިބޫ ހައްޔަރުކުރެވުނީ ކުށެއް ކުރަނިކޮށް ފެނިގެންކަމަށް ފުލުހުން ބުނިކަމަށެވެ.

އިބޫ އާއި އާޒިމްވެސް ހައްޔަރުކޮށްފައިވަނީ ދޫނިދޫގައެވެ. ނާޒިމް ވިދާޅުވީ އިބޫ އިންނެވި ގޮޅިއަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ނުފެތޭ ގޮޅިއެއްނަމަ، އެހެން ގޮޅިއަކަށް ބަދަލުކުރުމަށް ގާޒީ އެންގެވިކަމަށެވެ.

އިބޫ އާއި އާޒިމްގެ މުއްދަތު މަޖިލީހަށްފަހު އެދެބޭފުޅުންވެސް ކޯޓުން ނެރުނީ އާއްމުކޮށް ކޯޓަށް ގެންދާ މީހުން ނެރޭ ކްރިމިނަލް ކޯޓުގެ މައި ދޮރާށި ނޫން އެހެން ދޮރަކުންނެވެ. އެދެބޭފުޅުން މުއްދަތު ޖަހަން ކޯޓަށް ގެންދިޔައިރު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ އަދަދެއްގެ މެމްބަރުންނާއި އެޕާޓީގެ އިސް ބޭފުޅުންގެ އިތުރުން ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުން އެސަރަހައްދަށް ދިޔައެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބޫ ހައްޔަރުކޮށް ދޫނިދޫގައި ބަންދުކޮށް އަދި އެމަނިކުފާނާ މެދު ފުލުހުން ޢަމަލުކުރަމުން އަންނަ ގޮތް ކުށްވެރިކޮށް އެޕާޓީއިން ހޯމަ ދުވަހު ވަނީ ބަޔާނެއްވެސް ނެރެފައެވެ.

އެ ބަޔާނުގައިވަނީ "އިބްރާހީމް މުޙައްމަދު ޞާލިޙް އަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިސްނަންގަވަައިގެން ހިންގާ ޙަރަކާތްތަކުގައި އެންމެ އިސްދައުރެއް އަދާކުރައްވައި، ދިވެހި ރާއްޖެއަށް ސިޔާސީ ހަމަޖެހުން ގެނައުމަށް ކެނޑިނޭޅި އެ މަސައްކަތް ކުރައްވަމުންގެންދަވާ، ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާ ހުރި އެއް ސިޔާސީ ލީޑަރެވެ. އެހެންކަމުން އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ ކަނޑައެޅިގެން އިސްލާޙީ މަަސައްކަތްތަކަށް ހުރަސްއެޅުމަށްކަމުގައި" އެޕާޓީއިން ދެކޭކަމަށެވެ.

މީގެ އިތުރުން އިބޫ ހައްޔަރުކުރުމާއެކު ޢާއިލާގެ ފަރާތުން އިބޫ ދާއިމީ ހިތުގެ ބައްޔަށް ބޭނުންކުރައްވާ ބޭހާއި އެމަނިކުފާނުގެ އަންނައުނު ހޮނިހިރުދުވަހު ހެނދުނު ފުލުހުންނާ ޙަވާލުކުރިކަމަށާއި، އެެހެންނަމަވެސް އެ ތަކެތި ޙަވާލުކުރުމަށް އެތައް އުނދަގޫތަކާ ކުރިމަތިވެ، އާދީއްތަ ދުވަސްވީއިރުވެސް އަންނައުނާއި ބޭސް އަމަނިކުފާނަށް ލިބިވަޑައިގެންފައިނުވާކަމަށް އާއިލާއާއި ހަވާލާދީ އެމްޑީޕީއިން ފާހަގަކުރިއެވެ. މީގެ އިތުރުން ގޮދަޑިއެއް ދިނުމަށް ދޫނިދޫގައި ހުންނަ ޑޮކްޓަރު ފުލުހުންނަށް އަންގަވާފައިވީނަމަވެސް ގޮދަޑިއެއް ފުލުހުން ފޯރުކޮށްދީފައިނުވާކަންވެސް އެމްޑީޕީއިން ފާހަގަކުރެއެވެ.

އެމްޑީޕީއިން ބުނި ގޮތުގައި އިބޫ ހުންނަވަނީ ވަކިން ހުންނަ ގޮޅިއެއްގައެވެ. އެ ގޮޅިއަކީ ކޮންމެ ދުވަހަކު ހެނދުނު ނުވަޔަކުން މެންދުރުފަހު 3 ޖަހަންދެން އަވިދޭ ތަނަކަށްވެފައި އެތަނުގައި ހުރި ފަންކާ މަސައްކަތް ނުކުރާތީ ގޮޅި ވަރަށް ހޫނު ގަދަކަމަށްވެސް އެޕާޓީއިން ބުނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް