Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

މިހާރު ހިންގާ ޝަރީއަތްތައް ސައްހަވާނެ އެއްވެސް ގޮތެއް ނެތް: މަހުފޫޒް

19 މާރިޗު 2018 | ހޯމަ 13:38

އެގޮތަށް ޝަރީއަތްތައް ކުރިއަށްގެންދިއުމަކީ ޤާނޫނު އަސާސީވެސް އަދި ޤާނޫނުތައްވެސް ހުއްދަކުރާކަމެއް ނޫން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 19 މާރިޗު 2018 | ހޯމަ 13:38
ޤާނޫނީ ވަކީލް މަހުފޫޒް ސައީދު -- ޝަރީއަތްތައް ކުރިއަށްގެންދާ ގުޅޭގޮތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ

ޤާނޫނީ ވަކީލް މަހުފޫޒް ސައީދު -- ޝަރީއަތްތައް ކުރިއަށްގެންދާ ގުޅޭގޮތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ

ޖިނާއީ އިޖުރާތުގެ ޤާނޫނު ސަސްޕެންޑް ކޮށްފައިވަނިކޮށް ޝަރީއަތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށާއި، އަދި ހިންގާ އެއްވެސް ޝަރީއަތެއް ސައްހަ ނުވާނެ ކަމަށް ޤާނޫނީ ވަކީލް މަހުފޫޒް ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ޤަރާރަކުން ފެބުރުއަރީ މަހުގެ ފަސް ވަނަ ދުވަހު އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޖިނާއީ އިޖުރާތުގެ ޤާނޫނު ވަނީ ސަސްޕެންޑް ކޮށްފަ އެވެ. ޖިނާއީ އިޖުރާތުގެ ޤާނޫނު ސަސްޕެންޑް ކޮށްފައިވަނިކޮށް، ކުއްލި ގޮތަކަށް އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާގޮތަށް ބައެއް ބޭފުޅުންގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ފަށާފައިވާއިރު، އެ ޝަރީއަތްތައް ކުރިއަށް ގެންދަވަނީ ލިޔެވިފައިވާ އިޖުރާތެއްގެ ދަށުން ނޫން ކަމަށާއި، އެ ޝަރީއަތްތައް ކުރިއަށްގެންދަވަނީ ގާޒީއަށް ފެނިވަޑައިގަންނަވާގޮތެއްގެ މަތިންކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ލިޔެވިފައިވާ އިޖުރާތެއް ނެތި، ގާޒީއަށް ފެނިވަޑައިގަންނަވާގޮތަކަށް ޝަރީއަތްތައް ކުރިއަށް ނުގެންދެވޭނެކަން ފާހަގަކޮށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަައި ޤާނޫނީ ވަކީލް މަހުފޫޒް ސައީދު ވިދާޅުވީ އެގޮތަށް ޝަރީއަތްތައް ކުރިއަށް ގެންދިއުމަކީ ޤާނޫނު އަސާސީ ވެސް އަދި ޤާނޫނުތައް ވެސް ހުއްދަކުރާކަމެއް ނޫން ކަމަށެވެ. އެހެންކަމުން ޝަރީއަތްތައް ކުރިއަށް ނުގެންގޮސް މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމަށާއި، އިޖުރާތުގެ ޤާނޫނު ނެތި ސަރީއަތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ގާޒީ ވިދާޅުވާންޖެހޭނެ ކަމަށް މަހުފޫޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްގެންދާ ޝަރީއަތްތަކަކީ އެއްވެސް ގޮތަކަށް ސައްހަވާނެ ޝަރީއަތްތަކެއް ނޫނެވެ.

"ޤާނޫނެއްގައި ޝަރީއަތްކުރެވޭނެ ވަކިގޮތެއް ބަޔާންކޮށްފައިނެތީމައި އޭގެ މާނައަކީ އެ ފަނޑިޔާރަކަށް އެ ޝަރީއަތް ހިންގޭނެ ހަމަ އެއްވެސް ގޮތެއް ނެތޭ. ދެންޖެހޭނީ އެ އުސޫލުތައް އަބުރާ ރުޖޫއަވަންދެން އެ ޝަރީއަތްތައް މަޑުޖައްސާލަން." ޤާނޫނީ ވަކީލް މަހުފޫޒް ސައީދު ވިދާޅުވި އެވެ.

އޭގެއިތުރުން އެ ނޫސްވެރިންގެ ބައްދަލުވުމުގައި މަހުފޫޒް ވަނީ ހައްޔަރުގައި ތިބި ބޭފުޅުންނާއިމެދު ކަންތައްތައް ކުރެވޭގޮތާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން ހީލަތްތެރިގޮތެއްގައި ކްރިމިނަލް ކޯޓަށް ވައްދައި، ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެ ކޯޓުން ނިންމާފައިވާ ކަމަށް މަހުފޫޒް ވިދާޅުވި އެވެ. އަދި އަބްދުﷲ ރިޔާޒް މިހާރު މާފުށީ ޖަލަށް ބަދަލުކޮށްފައިވާއިރު އެކަން އެގޮތަށް ނުކުރެވޭނެކަމަށް ވެސް މަހުފޫޒް ވިދާޅުވި އެވެ.

ފާރިސް މައުމޫންގެ ބަންދާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަހުފޫޒް ވިދާޅުވީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ފާރިސް މައުމޫން ބަންދުގައި ގެންގުޅެނީ އެއްވެސް އުސޫލެއް ނެތި ކަމަށެވެ. އެގޮތުން ފާރިސް މައުމޫނާއި ދެކޮޅަށް އެއްވެސް ހެއްކެއް ވެސް ނެތް ކަމަށާއި، ފާރިސް މައުމޫން ބަންދުގައި ގެންގުޅެނީ ޤާނޫނުތަކާއި ކަނޑައެޅިގެން ހިލާފަށް ކަމަށް މަހުފޫޒް ވިދާޅުވި އެވެ.

"މީހަކު ބަންދުކުރެވޭނެ ގޮތް ޤާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފައި. އެއީ އެ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ކާފީ ހެކިތަކެއް ހުރެފައި، އަދި އެ މީހެއްގެ ސަބަބުން މުޖުތަމައުއަށް ނުރައްކާވެދާނެތީ ވެސް އަދި އެ މީހަކު ދޫކޮށްލައިފިކަމުގައިވާނަމަ ތުހުމަތުކުރެވޭ މައްސަލައިގެ ހެކި ނައްތާލާފާނެތީވެ" މަހުފޫޒް ސައީދު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް