Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާ - ޕީއެސްޖީ

ނޭމާގެ ކުރިމަގު އޮތީ ޕީއެސްޖީގައި: ތިއާގޯ ސިލްވާ

ނޭމާ ހޯދުމަށް ސްޕެއިންގެ ރެއާލްއިން ދަނީ މަސައްކަތްކުރަމުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 19 މާރިޗު 2018 | ހޯމަ 10:09
ނޭމާ ޕީއެސްޖީގެ ޖާޒީގައި

ނޭމާ ޕީއެސްޖީގެ ޖާޒީގައި

ބްރެޒިލްގެ ފޯވާޑް ނޭމާގެ ކުރިމަގު އޮތީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) ގައި ކަމަށް އެ ޓީމުގެ ކެޕްޓަން ތިއާގޯ ސިލްވާ ބުނެފިއެވެ.

ސްޕެއިންގެ ބާސެލޯނާއިން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި 222 މިލިއަން ޔޫރޯގެ ރެކޯޑު ފީއަކަށް ޕީއެސްޖީއަށް ބަދަލުވުމަށްފަހު ނޭމާ އެ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދެއްކިއެވެ. އެހެން ނަމަވެސް އަނިޔާގެ ސަބަބުން އޭނާއަށް ސީޒަން ނިމިފައިވާއިރު އޭނާ ހުރީ ލިބުނު އަނިޔާއަށް ފަރުވާ ހޯދުމުގެ ގޮތުން އުފަން ގައުމު ކަމަށްވާ ބްރެޒިލްގައެވެ. ނޭމާގެ ސޮއި ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑްއިން މަސައްކަތްކުރަމުން އަންނައިރު ޕީއެސްޖީއިން އަންނަނީ އޭނާ އެ ޓީމުގައި މަޑުކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ފްރާންސްގެ ޓީވީ ޗެނަލަކާއި ވާހަކަ ދައްކަމުން ބްރެޒިލްގެ ގައުމީ ޓީމުގައި ނޭމާއާއެކު ކުޅެމުންވެސް އަންނަ ތިއާގޯ ސިލްވާ ބުނީ ނޭމާ ޕީއެސްޖީގައި މަޑުކުރާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރާ ކަމަށެވެ. މި ސީޒަން ނިމުމަށްފަހުވެސް ޕީއެސްޖީގެ ކުޅުންތެރިޔެއްގެ ގޮތުގައި ނޭމާ ދެމިހުންނާނެކަން ހާމަކުރަމުން ސިލްވާ ބުނީ އުއްމީދަކީ އަންނަ ސީޒަނުގައި ޕީއެސްޖީއަށް ކާމިޔާބު ހޯދައިދޭން ނޭމާ މަސައްކަތްކުރުން ކަމަށެވެ.

ނޭމާއަށް އަނިޔާވީ މިދިޔަ މަހުގެ ތެރޭގައި މާސޭއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ އަނިޔާގެ ސަބަބުން އޭނާ ތިން މަސް ވަންދެން ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. ތިއާގޯ ސިލްވާ ބުނީ ސީޒަނުގެ އެންމެ ފަހު މެޗުގައި ފްރެންޗް ކަޕް ފައިނަލުގައި ކުޅުމަށް ނޭމާ ފިޓުވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އޭނާ ބުނީ ވޯލްޑް ކަޕަށް ނޭމާ ޔަގީނުންވެސް ފިޓުވާނެ ކަމަށާއި އެއްވެސް ރިސްކެއް އެކަމަށް ނަގަން ބޭނުންނުވާ ކަމަށެވެ.

ނޭމާއަށް އަނިޔާވެ، ކުޅުމާއި ދުރުގައި ހުރި ދުވަސްވަރު ޕީއެސްޖީ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުން ކަޓާފައެވެ. ރެއާލް އަތުން ބަލިވެ އެ ޓީމު ޗެމްޕިއަންސް ލީގުން ކެޓި ނަމަވެސް އަދިވެސް ދެ މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.

ޕީއެސްޖީގެ ކޯޗު އުނާއި އެމެރީ ވަނީ، ނޭމާ އާ ރެއާލް މެޑްރިޑާއި ގުޅުވައިގެން ދެކެވޭ ވާހަކަތަކަށް ނޫސްވެރިންގެ ބައްދަލުވުމުގައި ރައްދު ދީފައެވެ. ނޭމާގެ ކުރިމަގާއި ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން އެމެރީ ވަނީ، އެ ވާހަކަތަކާއި ގުޅޭ ތަފްސީލް ހޯދުމަށް ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ގާތުން ސުވާލު ކުރުމަށް ނޫސްވެރިންގެ ކިބައިން އެދިފައެވެ.

ޕީއެސްޖީ މިވަގުތު އޮތީ ފްރެންޗް ލީގުގެ އެއްވަނައިގައެވެ. ނޭމާ ނެތިވެ އެ ޓީމު ކުޅުނު މެޗުތަކުގެ ތެރެއިން އެ ޓީމު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.

އިތުރަށް ކިޔާލަން

16 އެޕްރީލު 2017

އިސްކޯގެ މުސްތަޤުބަލު އޮތީ ރެއާލް މެޑްރިޑާ އެކު: ޒިދާން

16 އެޕްރީލު 2017
އިސްކޯގެ މުސްތަޤުބަލު އޮތީ ރެއާލް މެޑްރިޑާ އެކު: ޒިދާން
11 އެޕްރީލު 2017

ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!

11 އެޕްރީލު 2017
ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!
04 އެޕްރީލު 2017

މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

04 އެޕްރީލު 2017
މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ
30 މާރިޗު 2017

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ
21 މާރިޗު 2017

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު