Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޗައިނާގެ އިގްތިސާދު

ޗައިނާގެ މަރުކަޒީ ބޭންކުގެ ވެރިޔާގެ މަޤާމަށް އެ ބޭންކްގެ ޑެޕިއުޓީ ގަވަރުނަރު

18 މާރިޗު 2018 | އާދީއްތަ 14:12

އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން މަރުކަޒީ ބޭންކްގައި މަސައްކަތްކުރައްވާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 18 މާރިޗު 2018 | އާދީއްތަ 14:12
ޗައިނާގެ ސެންޓްރަލް ބޭންކްގެ ޑެޕިއުޓީ ގަވަރުނަރު ޔީ ގަންގް

ޗައިނާގެ ސެންޓްރަލް ބޭންކްގެ ޑެޕިއުޓީ ގަވަރުނަރު ޔީ ގަންގް

ދުނިޔޭގެ ދެވަނަޔަށް އެންމެ ބޮޑު އިޤްތިޞާދުކަމަށްވާ ޗައިނާގެ މަރުކަޒީ ބޭންކުގެ ވެރިޔާގެ މަޤާމަށް އެބޭންކުގެ ޑެޕިއުޓީ ގަވަރުނަރަކަށް ހުންނެވި ޔީ ގަންގް އައްޔަންކުރުމަށް އެޤައުމުގެ ރައީސް ޝީ ޖިންގްޕިންގް ނިންމަވައިފިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ޑެޕިއުޓީ ގަވަރުނަރަކަށް ހުންނެވި ޔީ ގަންގްގެ ނަންފުޅަށް ރުހުން ދިނުމަށް ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ ހޯމަ ދުވަހުގެ ޖަލްސާއަށް ވަނީ އެޖެންޑާކުރެވިފައެވެ. ޔީ ގަންގް ޗައިނާގެ މަރުކަޒީ ބޭންކްގެ ގަވަރުނަރަކަށް އައްޔަންކުރެވެނީ ކުރިން އެމަޤާމުގައި ހުންނެވި ޒޫ ޝިއާއޯޝުއާން ރިޓަޔަރކުރެއްވުމަށް ނިންމެވުމާއި ގުޅިގެންނެވެ. 15 އަހަރު ގަވަރުނަރުކަން ކުރެއްވި ޒޫ އަށްފަހު އޭނާގެ ނައިބެއްގެ ގޮތުގައި 10 އަހަރަށްވުރެ ގިނަ ދުވަހު ހުންނެވި ޔީ އެމަޤާމަށް ހަމަޖައްސަން ރައީސް ޝީ ނިންމެވުމުން، ޗައިނާގެ މާލީ ސިޔާސަތަށް މިވަގުތު ބޮޑެތި ބަދަލުތަކެއް ގެންނެވުމުގެ ވިސްނުންފުޅެއް ރައީސް ޝީގެ ނެތްކަން ހާމަވެއެވެ.

ޖުމްލަކޮށް މާލީ ސިޔާސަތަށް ބަދަލު ނުގެންނެވި ނަމަވެސް، ޗައިނާގައި ރައީސް ޝީޖިންގްޕިންގް މިހާރު ގެންގުޅުއްވާ މާލީ އަދި އިޤްތިޞާދީ ސިޔާސަތު އިތުރަށް ވަރުގަދަކުރުމަކީ ޔީ އަށް ކުރިމަތިވެވަޑައިގަންނަވާނެ އެންމެ ބޮޑު ޗެލެންޖެވެ. ޝީ ގެންދަވަނީ އެޤައުމުގެ މާލީ ދާއިރާ އިތުރަށް ތަރައްޤީކުރެއްވުމަށާއި، މާލީ ސިތާސަތު ޒަމާނީކުރުމަށް މަސައްކަތްކުރައްވަމުންނެވެ. އެގޮތުން ދާދިފަހުން ބޭންކްތަކުގެ އިތުރުން އިންޝުއަރެންސް ވިޔަފާރިތައްވެސް ރެގިއުލޭޓްކުރާ ފަރާތަކީ މަރުކަޒީ ބޭންކްކަމަށް ޝީ ވަނީ ހަމަޖައްސަވާފައެވެ.

މަރުކަޒީ ބޭންކުގެ ގަވަރުނަރަކަށް ޔީ އައްޔަންކުރެއްވި ނަމަވެސް، ވައިސް ޕްރިމިއަރ ފޮރ ފައިނޭންޝަލް އެންޑް އިކޮނޮމިކް ޕޮލިސީގެ މަޤާމަށް ދެން ވަޑައިގަންނަވާނީ ރައީސް ޝީ ޖިންގްޕިންގްގެ އެންމެ އިސް އިޤްތިޞާދީ މުޝީރު ލިއު ހޭ ކަމަށް ބޮޑަށް ބެލެވޭތީ، ޖުމްލަކޮށް ސިޔާސަތު ކަނޑައަޅުއްވާނީ ލިއު ހޭކަމަށް ގިނަ މުހައްލިލުން ދެކެއެވެ.

ޔީ އަކީ އިނގިރޭސި ބަހަށް ފަރިތަ، އަދި އެމެރިކާއިން ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2017

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ބްރާންޗެއް ފުވައްމުލަކުގައި ހުޅުވައިފި

25 ޑިސެމްބަރު 2017
މޯލްޑިވްސް އިސްލާމިކް ބޭންކުގެ ބްރާންޗެއް ފުވައްމުލަކުގައި ހުޅުވައިފި
13 ޑިސެމްބަރު 2017

ޗައިނާގެ ވިޔަފާރީގެ ސިޔާސަތުތަކަށް ދުނިޔޭގެ ފާޑުކިޔުން އަމާޒުވެއްޖެ

13 ޑިސެމްބަރު 2017
ޗައިނާގެ ވިޔަފާރީގެ ސިޔާސަތުތަކަށް ދުނިޔޭގެ ފާޑުކިޔުން އަމާޒުވެއްޖެ
15 ސެޕްޓެމްބަރު 2017

މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު މަންޒިލަކަށް ފަށައިފި

15 ސެޕްޓެމްބަރު 2017
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު މަންޒިލަކަށް ފަށައިފި
08 ސެޕްޓެމްބަރު 2017

މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު މަންޒިލަކަށް ފަށަނީ

08 ސެޕްޓެމްބަރު 2017
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު މަންޒިލަކަށް ފަށަނީ
08 އޯގަސްޓު 2017

ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް އަންނަ ޖެނުއަރީމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ

08 އޯގަސްޓު 2017
ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް އަންނަ ޖެނުއަރީމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ
12 ޖޫން 2017

ޗައިނާގެ ކުންމިން ފެއާގައި 86 ގައުމަކުން ބައިވެރިވޭ: އިކޮނަމިކް މިނިސްޓްރީ

12 ޖޫން 2017
ޗައިނާގެ ކުންމިން ފެއާގައި 86 ގައުމަކުން ބައިވެރިވޭ: އިކޮނަމިކް މިނިސްޓްރީ
07 ޖޫން 2017

އިސްލާމިކް ބޭންކުގެ ބޭނުން ނުކުރާ އެކައުންޓްތައް އުވާލަނީ

07 ޖޫން 2017
އިސްލާމިކް ބޭންކުގެ ބޭނުން ނުކުރާ އެކައުންޓްތައް އުވާލަނީ
29 މާރިޗު 2017

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ
17 މާރިޗު 2017

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް