Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަ ސުރުޚީ

ކޮންމެ ރައްޔިތެއްގެ ވާޖިބަކަށް ވެފައިވަނީ މުސްލިމް ދައުލަތެއްގެ ސިފަ ގެނައުން: އަހުމަދު ޢަބްދުﷲ

މިސަރުކާރު ވަނީ ކުޑަކަކޫ މައްޗަށް ތިރިވެފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 18 މާރިޗު 2018 | އާދީއްތަ 04:14
އަހްމަދު ޢަބްދުﷲ ފަލަ ސުރުޚީ ޕްރޮގްރާމްގައި

އަހްމަދު ޢަބްދުﷲ ފަލަ ސުރުޚީ ޕްރޮގްރާމްގައި

ދިވެހި ކޮންމެ ރައްޔިތެއްގެ މިއަދުގެ އެންމެ އިސް ވާޖިބަކަށް ވެފައިވަނީ މުސްލިމް ދައުލަތެއްގެ ސިފަ ޤައުމަށް ގެނައުން ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު މާލީ އަހުމަދު ޢަބްދުﷲ ވިދާޅު ވެއްޖެއެވެ. އަހުމަދު ޢަބްދުﷲ މިހެން ވިދާޅުވީ ރާއްޖެ ޓީވީން ހޮނިހިރު ދުވަހުގެ ރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ވަރަށް ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާގައި ބައިވެރިވިކަން ފާހަގަކުރައްވަމުން އަހުމަދު ވިދާޅުވީ އެހާ ގިނަ މީހުން މަގުތަކަށް ނުކުމެފައި ވަނީ ސަރުކާރާމެދު ރައްޔިތުން ނުރުހޭކަން ދެއްކުމަށް ކަމަށާއި އެކަމުގެ އަޑު ސަރުކާރަށް އިއްވުމަށް ކަމަށެވެ.

މުޒާހަރާއަށް ދިޔައީ އެންމެ 40 ހަކަށް މީހުން ކަމަށް ފޮނަދޫ ދާއިރާގެ މެންބަރ ޢަބްދުއްރަހީމް ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވާ އަހުމަދު ވިދާޅުވީ ޕީޕީއެމްގެ ބޭފުޅުންނަށް އަދަދު ކިޔަން ނޭނގުމާއި ގުނަން ނޭނގުން އެއީ އިދިކޮޅު ފަރާތްތަކުން ކުރާނެ ކަމެއް ނޫން ކަމަށާއި އެއަށް ވުރެ ބޮޑަށް ކަންބޮޑުވަނީ ޤައުމުގެ މިހާލަތާމެދު އަދި ޤައުމަށް މިވަމުންދާ ގޮތާމެދު އެއްވެސް ވަރަކަށް ސަރުކާރުން ނުވިސްނާތީ ކަމަށެވެ.

އަހުމަދު ވިދާޅުވީ ފެނިގެން މިދަނީ މިސަރުކާރު ކުޑަކަކޫ މައްޗަށް ތިރިވެފައިވާ ތަން ކަމަށާއި ނަމަވެސް ފެނިގެންދަނީ ގޮތްދޫ ނުކުރާ ވިޔާނުދާ ޢަމަލްތަކެއްގެ ތެރޭގައި ޝިކާރަވެރިވެފައިވާ ބަޔަކަށް ވީތީ ގޮތް ދޫނުކޮށް ތިބެނީ ކަމަށެވެ.

އަހުމަދު ވިދާޅުވީ މިއަދު މިހިނގާ ކަންތައްތަކަކީ ޚުދު އެބޭފުޅުންވެސް އަދި އެބޭފުޅުންނާ އެންމެ ގާތް ބޭފުޅުންވެސް އެކަމަށް ތާއީދު ކުރާ ކަންތައްތަކެއްކަން ނުވަތަ އެކަމާ ރުހިގެންތިބި ކަންތައްތަކެއް ނޫންކަން އެނގޭ ކަމަށެވެ.

"ރޭވެސް (ހުކުރު ދުވަހުގެރޭ) މިސަރުކާރު ވަނީ ކުޑަކަކޫ މައްޗަށް ތިރިވެފައި. ހަމަ ގޮތްދޫ ނުކުރާން ތިބެނީ،" އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ހުއްޓުވަން އުޅެނީ އެ ނާތަހުޒީބީ ސިފަތައް ކަމަށާއި ހުއްޓުވަން އުޅެނީ ދައުލަތް ޚަރާބު ކުރުން ކަމަށެވެ.

"ދިވެހި ކޮންމެ ރައްޔިތެއްގެ މިއަދުގެ އެންމެ މުހިއްމު ޤައުމީ ވާޖިބަކަށް ވެފައިވަނީ މުސްލިމް ދައުލަތެއްގެ ސިފަ ގެނައުމާއި މިދައުލަތުން ކުރަމުން ގެންދާ ނާތަހުޒީބް ހަޑިމުޑުދާރު ޢަމަލްތައް ހުއްޓުވުން. ޖުމްލަ ގޮތެއްގައި ދަންނަވަންޏާ މުޅި ދައުލަތް ޚަރާބުކުރުން ހުއްޓުވުން. ވެރިކަމުގެ ތެރޭގައި ހިންގަވާ ނާޖާއިޒް ކަންތައްތައް ހުއްޓުވުން. ނުހައްގުން މީހުންނަށް ކުރަމުންގެންދާ ގޯނާ ތަކާއި އަނިޔާތައް ހުއްޓުވުން. ދައުލަތުގެ ޚަޒާނާއިން އެކިގޮތްގޮތުން ގެއްލެމުންދާ ފައިސާތައް ގެއްލުން ހުއްޓުވުން. ބޭއިންސާފް ގޮތްގޮތައް މީހުން ގޮޅިތަކަށް ލައިގެން ރަހީނުކޮށްގެން ގެންގުޅުން ހުއްޓުވުމަށް" އަހުމަދު ޢަބްދުﷲ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

28 މާރިޗު 2017

ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ޗީފަށް މަޖިލީހުގެ އިދާރާއަށް ވަދެވޭނެ:ޑިފެންސް މިނިސްޓްރީ

28 މާރިޗު 2017
ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ޗީފަށް މަޖިލީހުގެ އިދާރާއަށް ވަދެވޭނެ:ޑިފެންސް މިނިސްޓްރީ
14 މާރިޗު 2017

މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

14 މާރިޗު 2017
މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި
10 މާރިޗު 2017

ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން

10 މާރިޗު 2017
ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން
08 މާރިޗު 2017

މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން

08 މާރިޗު 2017
މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!
16 ފެބުރުއަރީ 2017

މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

16 ފެބުރުއަރީ 2017
މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު