Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

17 މާރިޗު 2018 | ހޮނިހިރު 14:13

މުޒާހަރާތައް ދަނީ ވަރުގަދަ ވަމުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 17 މާރިޗު 2018 | ހޮނިހިރު 14:13
ސިފައިން ގްރީން ޒޯން ބެލެހެއްޓުމުގައި

ސިފައިން ގްރީން ޒޯން ބެލެހެއްޓުމުގައި

ރައީސް ޔާމީންގެ ސަރުކާރަކީ އާރާއި ބާރުގައި ވެރިކަން ކުރަމުން އައި ސަރުކާރެކެވެ. ބޮޑު ސިންގާ ކޯލިޝަނަކުން ގެނައި އެސަރުކާރަށް ލިބުނު މަޖިލީހުގެ މެޖޯރިޓީއާއެކު މުޅި ޤައުމު އޮތީ ރައީސް ޔާމީނަކަށް ހިތަކަށް ލިބިދީފައެވެ. ޤާނޫނު އަސާސީގައި ތިންބާރު ވަކިން އޮތްކަމަށް ލިޔެފައި އޮތަސް ހިންގަމުން އައީ އެ ބީދައަކުން ނޫނެވެ. މަޖިލީހުގައި އޮތް މެޖޯރިޓީގެ ސަބަބުން މިނިވަން މުއައްސަސާތަކާއި ޖުޑިޝަރީގެ ފައްސިޔައިގާ ރައީސް ޔާމީން ގެންދެވީ ހިތުހުރިކަމެއް ހިތުހުރި ގޮތަކަށް ކުރައްވަމުންނެވެ. ޤާނޫނީ ކުލަޖައްސަން ކޮންމެ ކަމެއް ވެސް ކުރެއްވީ މަޖިލީހުން ޤާނޫނަށް ގެނައި ބަދަލާއެކުގައެވެ. ޤާނޫން އަސާސީއަށް ގެނައި އިސްލާހުގެ ތެރެއިންނެވެ. އޭގައި ދެކޮޅު ނުޖެހުނަސް ކޯޓުތަކުން ނެރުނީ މުޅިން ސަރުކާރު ބޭނުންވާހާ އަމުރުތަކެކެވެ. ފަހަރުގައި އެއީ ބޮޑު އިއްތިފާގަކަށް ވެސް ވެދާނެއެވެ.

އެގޮތުން ކުރަމުން އައި ބާރުގަދަ ވެރިކަމާމެދު މީހުން ހިތްހަމަ ނުޖެހުނީ ވައްކަމާއި ކޮރަޕްޝަން ހައްދުފަހަނައަޅާގޮސް މުޅި ޤައުމު ދަރަނިވެރިވާން ފެށީމައެވެ. އެކަމާ ދެކޮޅަށް ޚިޔާލުފާޅުކުރާ ހުރިހާ ލީޑަރުން ހައްޔަރުކޮށް ސަރުކާރާ ދެކޮޅަށް ބަހެއް ވެސް ބުނެލާ ކޮންމެ މީހަކު ޖަލުގެ ތޭރިތަކުގެ ފަހަތަށް ކޮއްޕާލާތީއެވެ.

އެކަމާ ދެކޮޅަށް ރައްޔިތުން ނުކުމެއްޖެކަން ހާމަކޮށްދިނީ އެކަންކަން ކުރަމުން އައި ސަރުކާރަށް ވާގިވެރިވި މަޖިލީސް މެންބަރުންނަށް ހަމަވިސްނި އިސްލާހީ މަސައްކަތާ ގުޅިވަޑައިގެންނެވި ހިސާބުންނެވެ. މަޖިލިސް އެފުށް މިފުށަށް ޖަހާލި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ވެއްދި 45 މެންބަރުންގެ ސޮޔާއެކުގައެވެ.

އެހާހިސާބުން ސަރުކާރު ޤާނޫނީ ޗާޓުން ބޭރަށް ނުކުމެއްޖެ ކަމަށް ޤާނޫނީ ވަކީލުން ބުނަން ފެށިއެވެ. މަޖިލީހުގެ ޤަވާއިދަށް ގެނައި ކުއްލި ބަދަލުތަކުންނެވެ. މަޖިލިސް ހުއްޓުވާލުމުންނެވެ. މެންބަރުންގެ ގޮނޑިތައް ގެއްލުވާލައިގެންނެވެ.

އެރާޅުން ސަލާމަތް ނުވެވި އުޅެނިކޮށް ދެން އެނެގީއެއަށް ވުރެ ބޮޑު ރާޅެކެވެ. ސަރުކާރުން ހީނުކުރާ ވަރުގެ އަމުރެއް ރާއްޖޭގެ އެންމެމަތީ ކޯޓުން ނެރެފިއެވެ. ސަރުކާރު އެއްކޮށް ކުޑަކަކޫ ޖައްސާލިއެވެ. އިސާހިތަކު ޤާނޫނަކާ ޤާނޫން އަސާސީއެއް ދޫކޮށް ސަރުކާރު ހިތުހުރި ގޮތަކަށް ކަންކަން ކުރަން ފެށިއެވެ. ކޯޓު އަމުރު ތަންފީޒް ނުކޮށް ފުލުހުންނާ ސިފައިން ލައްވާ ސަރުކާރު ނޫން ބަޔަކު ނެތްކަމަށް އިއްުލާން ކޮށްފިއެވެ. ޤާނޫން ދަންނަ ކޮންމެ މީހަކުވެސް ބުނާ ފަދައިން ޤާނޫން އަސާސީއާ ޚިލާފް ކުއްލި ނުރައްކަލުގެ ޙާލަތެއް އިއުލާން ކުރިއެވެ. ރައްޔިތުން ހައްމަތަ ކުރުމަށް ޖަހާލި ވަރުގަދަ ދަލެއްގެ ގޮތުގައެވެ.

ރައްޔިތުން އެކަމަކަށް ބޮލެއް ނުލެނބިއެވެ. ސިލްސިލާކޮށް ކޮންމެ ރެއަކުވެސް މަގުމެދަށް އެއްވާން ފެށިއެވެ. ސަރުކާރާމެދު ނުރުހޭކަން ހާމަކުރިވަރަކަށް ސަރުކާރުގެ ބޮޑުން އަރާ ދެއިރު ދެދަޅައަށް ކޮސްގޮވަން ފެށިއެވެ. ދީނާ ޤައުމޭ، ދިވެހިންގެ ވަހުދަތޭ ކިޔައިގެން ވާހަކަ ދެއްކިވަރަކަށް އިތުރަށް ފަޟީހަތްވެ ލޭކެކޭ ރައްޔިތުން އިތުރުވާން ފެށިއެވެ. ސަލާމަތީ ޚިދުމަތަތްކަށް ވާނުވާ އެނގި ޤާނޫނާ ޚިލާފަށް ނުނުކުންނާން ކުސަކިޔަން ފެށިއެވެ. އެޔެއް މިޔެއް ނޭނގި ފުލުހުންނާ ސިފައިންގެ ތެރެއިން އެތޯ ހެވީ މިތޯ ހެވީ ނޭނގި އޭގެ ތެރެއިންވެސް އެތައް ބަޔަކު ހައްޔަރު ކޮށްލިއެވެ. ނުވިތާކަށް އެއްބަޔަކު ވަޒީފާއިން ކަނޑާ އެއްލާލިއެވެ. ހައްޔަރުވާންފެށި ގިނަ މީހުންގެ އާއިލާތަކުގެ ބަދު ދުއާއާއި ގޭގައި ނުތިބެ ނުކުންނާންފެށުމާ ބޭރުދުނިޔޭގެ ފިއްތުންތަކާ ސަރުކާރު ދުވަހެއް ދުވަހަކަށް ހިމަވާން ފެށިއެވެ. ސަރުކާރު ދިފާއުގައި މަޖިލިސް މެންބަރުންނާއި ވަޒީރުން ނިދި ނަގާލާފައި ދަންވަރު މީހުން ނިދާ ފައިހިލަވަޅު އޮބޭއިރުވެސް ޓީވީތަކަށް އަރާ ރައްޔިތުން ހައްލަން އުޅެން ޖެހުނެވެ.

ކޮންމެއަކަސް ރައްޔިތުންގެ ދޫދިނުމެއްނެތި ކުރިން ނުދެވޭ ހިސާބަށް މިހާރު އެވަނީ ރައްޔިތުން ނިކުމެފައެވެ. ދެންވާ ހިލިދާނެއޭ ހީވެ އެވަނީ ޖުމްހޫރީ މައިދާނަށް ނުކުމެފައެވެ. ގްރީން ޒޯނަށް ވައިވެސް ނޭޅެވޭވަރުގެ ބަޔަކަށް އެތާއެތެރޭގައި ފައިއަޅާލެވުމަކީ ލައްކަ ވާހަކައެވެ. 40 ހަކަށް މީހުންނައިގެން މަގުތަކުގައި ލައިހޫރެނިއްޔޭ އަދުރޭ ބުންޏަސް 140 މީހުންގެ ރެކޯޑް އަދަދަކަށް މީހުން ހައްޔަރުކުރީމާ އެދައްކާލަނީ ލައްކަ ކުޅިސަމައެވެ. އެސްއޯއީ އެދަނީ ނިމެމުންނެވެ. ވިލާތުގެ އިއްތިހާދުން އަޅާ ފިޔަވަޅު އެވަނީ އަތްދަމާލީމާ އަތްޖެހޭހިސާބުގައެވެ. ޚަރަދުކުރާ ވިޔަފާރިވެރިންގެ ވަރަ ބިނދިދާނޭކަމުގެ ކޮޅުމަތި އެވަނީ ފެންނާން ފަށާފައެވެ. ކިތައްމެ ނުބެހެން ހުއްޓަސް އަމިއްލަ ވަތްގަނޑަށް އެނގުން ނުވާން ފެށީމާ އެވެރިންނަކަށްވެސް ހަމަހިމޭނުންނެއް ނުތިބެވޭނެއެވެ. ރައްޔިތުން އެދަނީ ގަދަވަމުންނެވެ. ކަށިން ހިތްވަރު ނެރެގެން އެކުރާ މަސައްކަތާއެކު ސަރުކާރަށް އޮތް މަގު ހަނިވެ އެދަނީ ހަމަ ރަނގަޅަށް ވެސް ކޮޅުބެދެމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!

10 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!
23 މެއި 2017

"ކޮޅުވެއްޓިއާއި ދިމާވި ކާގޯ ބޯޓު، އެހީއަށް އެދުމުން ވެސް އަޅާނުލައި ދިޔައީ"

23 މެއި 2017
"ކޮޅުވެއްޓިއާއި ދިމާވި ކާގޯ ބޯޓު، އެހީއަށް އެދުމުން ވެސް އަޅާނުލައި ދިޔައީ"
10 މެއި 2017

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!
07 މެއި 2017

ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!

07 މެއި 2017
ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!
07 މެއި 2017

އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

07 މެއި 2017
އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!
01 މެއި 2017

މޭޑޭ: މި ސަރުކާރަށް ލަދުވެތި ދުވަހެއް

01 މެއި 2017
މޭޑޭ: މި ސަރުކާރަށް ލަދުވެތި ދުވަހެއް
02 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟
24 ފެބުރުއަރީ 2017

އުތުރު ކޮރެއާ އާއި މެލޭޝިއާ ހަތުރުންނަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަނީ!

24 ފެބުރުއަރީ 2017
އުތުރު ކޮރެއާ އާއި މެލޭޝިއާ ހަތުރުންނަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަނީ!
26 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން

26 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން
07 ޖެނުއަރީ 2017

ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟

07 ޖެނުއަރީ 2017
ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް