Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިޔާ

އިރުމަތީ ޣޫތާ އަށް ސަރުކާރު ސިފައިން ދިން ހަމަލާތަކެއްގައި އާންމުންގެ 30 މީހަކު މަރުވެއްޖެ

މިހަމަލާތައް ދިނީ ހޮނިހިރު ދުވަހު

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 17 މާރިޗު 2018 | ހޮނިހިރު 14:32
އިރުމަތީ ޣޫތާ އަށް ސަރުކާރު ސިފައިން ދިން ހަމަލާތަކެއްގެ ތެރެއިން

އިރުމަތީ ޣޫތާ އަށް ސަރުކާރު ސިފައިން ދިން ހަމަލާތަކެއްގެ ތެރެއިން

ސީރިއާގެ ވެރިރަށް ދިމިޝްގާ ކައިރީގައި އޮންނަ އިރުމަތީ ޣޫތާ އަށް ސީރިޔާ ސަރުކާރު ސިފައިން ހޮނިހިރު ދުވަހު ދިން ހަމަލާތަކެއްގައި މަދުވެގެން 30 މީހުން މަރުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސަރުކާރާ ދެކޮޅު ހަނގުރާމެވެރިންގެ އަތްދަށުގައިވާ އިރުމަތީ ޣޫތާ އަށް ހޮނިހިރު ދުވަހު ސީރިޔާ ސަރުކާރުން ދިން ހަމަލާތަކުގައި 12 ވަރަކަށް މީހުން ޒަޚަމްވި ކަމަށް "ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް (އެސްއޯއެޗްއާރް)" އިން ބުނެއެވެ.

އިރުމަތީ ޣޫތާގައި ވައިގެ ހަމަލާތައް ކުރިއަށް ގެންދަނީ ހަމަލާތައް 30 ދުވަހަށް ހުއްޓާލަން އދގެ ސަލާމަތީ މަޖިލީހުން ފެބްރުއަރީ 24 ވަނަ ދުވަހު ގަރާރެއް ފާސްކޮށްފައިވަނިކޮށް ކަމަށްވާއިރު, ސީރިޔާ ސަރުކާރުން، ހަނގުރާމަވެރިންގެ އަތްދަށުން އިރުމަތީ ޣޫތާ މިނިވަން ކުރުމަށް މަސައްކަތް ކުރުމަށް ހަމަލާ ދޭތާ މަަހަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. މި މުއްދަތުގެތެރޭގައި އެތައްހާސް އާންމުން ވަނީ އިރުމަތީ ޣޫތާ ދޫކޮށްގޮސްފައެވެ.

"ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް" އިން ބުނާގޮތުގައި ހޮނިހިރު ދުވަހު އެކަނިވެސް 10،000 މީހުން ވަނީ އިރުމަތީ ޣޫތާ ދޫކޮށް ގޮސްފައެވެ.

ސީރިއާގެ އިރުމަތީ ޣޫތާގެ ހާލަތާއިމެދު ބައިނަލްއަގްވާމީ މުޖުތަމައު އިން ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، ކުރިމަތިލުންތަކުގެ ސަބަބުން ޣޫތާގައި ހާލުގައި ޖެހިފައިވާ އާއްމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުރަސްތަކާއި ކުރިމަތިލާން ވަނީ ޖެހިފައެވެ.

ހަތަރު ލައްކަ އެއްހާ މީހުން ދިރިއުޅޭ އިރުމަތީ ޣޫތާގެ އާބާދީގެ ބޮޑު ބަޔަކީ ސީރިއާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެހެން ސަރަހައްދުތައް ދޫކޮށް އެސަހަރަށް ހިޖުރަކޮށްފައިވާ ފަރާތްތަކެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާއި ދެކޮޅު ހަނގުރާމަވެރި ގްރޫޕްތަކުން ކޮންޓްރޯލް ކުރާ އިރުމަތީ ޣޫތާ އަކީ ވެރިރަށް ދިމިޝްޤުގެ ރަށް ބޭރުގައި އޮންނަ ސަހަރެކެވެ. ގާތްގަނޑަކަށް ހަތަރު ލައްކައެއްހާ މީހުން ދިރިއުޅޭ އިރުމަތީ ޣޫތާ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ދިޔުމާއެކު، ސީރިއާގެ ސިފައިން ވަނީ 2013 ވަނަ އަހަރުން ފެށިގެން އެސަހަރު ވަށާލައި، ހިސާރު ކޮށްފައެވެ. ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ފައުޖުތަކުގެ ހަނގުރާމަވެރިން އިރުމަތީ ޣޫތާ އަށް ވަދެވެން އޮންނަ މަގުތައް ބަންދުކުރުމާއި ގުޅިގެން އެސަހަރުގެ ތެރެއަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާއިރު، އެކަމާއި ގުޅިގެން އެސަރަހައްދުގެ ތަކެތީގެ އަގު ބޮޑުވެ، އިންފްލޭޝަން ރޭޓް ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
26 ޖެނުއަރީ 2017

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

26 ޖެނުއަރީ 2017
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު