Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފުޑް ކޯޓްތަކުގެ މަސައްކަތް

ފުޑް ކޯޓުތައް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި

ފުޑް ކޯޓުތައް ހިންގުމަށް ކަނޑައަޅާފައި ވަނީ ފަސް އަހަރަށް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 15 މާރިޗު 2018 | ބުރާސްފަތި 14:25
ފަސް އަހަރު ދުވަހަށް ފުޑް ކޯޓްތައް ހިންގާނެ ބަޔަކު ހޯދުމަށް ހައުސިންގ މިނިސްޓްރީން އިއުލާނުކޮށްފި

ފަސް އަހަރު ދުވަހަށް ފުޑް ކޯޓްތައް ހިންގާނެ ބަޔަކު ހޯދުމަށް ހައުސިންގ މިނިސްޓްރީން އިއުލާނުކޮށްފި

ފަސް އަހަރު ދުވަހަށް ފުޑް ކޯޓްތައް ހިންގާނެ ބަޔަކު ހޯދުމަށް ހައުސިންގ މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ، މާލޭ ހުޅަނގު ދެކުނުގައި ތަރައްގީ ކޮށްފައިވާ 960 އަކަފޫޓުގެ ފުޑްކޯޓް ފަސް އަހަރުގެ މުއްދަތަށް ހިންގަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 21 ވަނަ ދުވަހު އެ މިނިސްޓްރީއަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށް އެދޭ ކަމަށެވެ.

މިކަމާ ގުޅޭ ލިޔެކިޔުންތައް މަރޗު 21 އިން މަރޗު 28 އަށް ހައުސިންގ މިނިސްޓްރީގެ ކައުންޓަރުން ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ހައުސިނގް މިނިސްޓްރީން ވަނީ ފުޑްކޯޓްތަކުގެ ތެރެއިން އަމީނީ މަގާވީ ފަޅީގައި ފުޑް ކޯޓްތައް އޭފްރީލް މަހުގައި ހުޅުވޭނެ ކަމަށާއި އިއްޒުއްދީން މަގާވީ ފަޅި، މެއި މަހު ހުޅުވޭނެ ކަން ވަނީ އިއުލާނުކޮށްފައިވާއެވެ.

ފުޑް ކޯޓްތަކުގެ މަސައްކަތް ނިންމާނެ ކަމަށް މިނިސްޓަރ ތާރީހުތަކެއް ހާމަކުރެއްވި އިރު މީގެ ކުރިން ވެސް ފުޑް ކޯޓްތައް ހުޅުވޭނޭ ކަމަށް ބުނެ ގިނަ ތާރީހުތަކެއް އެސްޓީއޯ އާއި ހައުސިންގ މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.

ގާތްގަނޑަކަށް 30 ހާސް އަކަފޫޓުގެ އެ ސަރަހައްދުގައި 25 ނުވަތަ 27 ފުޑް ކޯޓް އެޅޭނެ ކަމަށް ހައުސިންގް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ. ކުރިން އެ ސަރަހައްދުގައި ގާތްގަނޑަކަށް 40 ވަރަކަށް ކަޑަ ނުވަތަ ފުޑް ސްޓޯލް ހުއްޓެވެ.

ފުޑް ކޯޓްތަކުގެ މަސައްކަތް 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ފެށުނު ނަމަވެސް، އެ އަހަރުގެ ޖުލައި މަހުން ފެށިގެން މަސައްކަތް ހުއްޓުމަކަށް އައެވެ. އެ މަސައްކަތް އެންމެ ފުރަތަމަ ހަވާލު ކުރެވުނީ ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށެވެ.

އިތުރަށް ކިޔާލަން

21 އޮކްޓޯބަރު 2018

ޔުނައިޓަޑް ފުޑް ސަޕްލައިސްގެ ފަރާތުން ރަހަބެލުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

21 އޮކްޓޯބަރު 2018
ޔުނައިޓަޑް ފުޑް ސަޕްލައިސްގެ ފަރާތުން ރަހަބެލުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި
23 ޖޫން 2018

ޔުނައިޑެޓް ފުޑް ސަޕްލައިސްގެ އާ ފިހާރު: ރީޓެއިލް ދާއިރާއަށް ތަފާތު ރަހަތަކެއް

23 ޖޫން 2018
ޔުނައިޑެޓް ފުޑް ސަޕްލައިސްގެ އާ ފިހާރު: ރީޓެއިލް ދާއިރާއަށް ތަފާތު ރަހަތަކެއް
06 މާރިޗު 2018

އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރެއް ހޯދުމަށް އެސްޓީޢޯ އިން ހުޅުވާލައިފި

06 މާރިޗު 2018
އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރެއް ހޯދުމަށް އެސްޓީޢޯ އިން ހުޅުވާލައިފި
05 މާރިޗު 2018

ފުޑް ކޯޓްތަކުގެ އެއްވަނަ ބްލޮކް އާއި ދެވަނަ ބްލޮކް މި މަހު ނިމޭނެ: އެސްޓީއޯ

05 މާރިޗު 2018
ފުޑް ކޯޓްތަކުގެ އެއްވަނަ ބްލޮކް އާއި ދެވަނަ ބްލޮކް މި މަހު ނިމޭނެ: އެސްޓީއޯ
28 ފެބުރުއަރީ 2018

ބައެއް ފުޑް ކޯޓުތައް އޭޕްރީލް މަހު ހުޅުވޭނެ

28 ފެބުރުއަރީ 2018
ބައެއް ފުޑް ކޯޓުތައް އޭޕްރީލް މަހު ހުޅުވޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު