Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފުޑް ކޯޓްތަކުގެ މަސައްކަތް

ބައެއް ފުޑް ކޯޓުތައް އޭޕްރީލް މަހު ހުޅުވޭނެ

އަންނަ މެއި މަހު މަސައްކަތް އެއްކޮށް ނިންމާލެވޭނެ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 28 ފެބުރުއަރީ 2018 | ބުދަ 23:51
ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި ތަރައްގީކުރާ ފުޑް ކޯޓްތައް

ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި ތަރައްގީކުރާ ފުޑް ކޯޓްތައް

ހައުސިން މިނިސްޓްރީން އެސްޓީއޯއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ބައެއް ފުޑް ކޯޓުތައް އޭޕްރީލް މަހު ނިމޭނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މުއިއްޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ތަރައްގީކުރާ ފުޑް ކޯޓްތަކުގެ ތެރެއިން އަމީނީ މަގާވީ ފަޅީގައި ހަދާ ފުޑް ކޯޓްތައް އޭޕްރީލް މަހުގައި ހުޅުވޭނެ ކަމަށާއި އަދި އިއްޒުއްދީން މަގާވީ ފަޅީ މޭއި މަހު ހުޅުވޭނެ ކަމަށެވެ.

ފުޑް ކޯޓްތަކުގެ މަސައްކަތް ނިންމާނެ ކަމަށް މިނިސްޓަރ ތާރީހު ތަކެއް ހާމަކުރެއްވި އިރު މީގެ ކުރިންވެސް ފުޑް ކޯޓްތައް ހުޅުވޭނޭ ކަމަށް ބުނެ ގިނަ ތާރީހު ތަކެއް އެސްޓީއޯ އާއި ހައުސިންގ މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

ގާތްގަނޑަކަށް 30 ހާސް އަކަފޫޓުގެ އެ ސަރަހައްދުގައި 25 ނުވަތަ 27 ފުޑް ކޯޓް އެޅޭނެ ކަމަށް ހައުސިންގް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ. ކުރިން އެ ސަރަހައްދުގައި ގާތްގަނޑަކަށް 40 ވަރަކަށް ކަޑަ ނުވަތަ ފުޑް ސްޓޯލް ހުއްޓެވެ.

ފުޑް ކޯޓްތަކުގެ މަސައްކަތް 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ފެށުނު ނަމަވެސް، އެއަހަރުގެ ޖުލައި މަހުން ފެށިގެން މަސައްކަތް ހުއްޓުމަކަށް އައެވެ. އެ މަސައްކަތް އެންމެ ފުރަތަމަ ހަވާލު ކުރެވުނީ ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށެވެ.

އިތުރަށް ކިޔާލަން

12 މެއި 2017

އޭޕްރީލް މަހު މީރާއަށް 1.1 ބިލިއަން ރުފިޔާ

12 މެއި 2017
އޭޕްރީލް މަހު މީރާއަށް 1.1 ބިލިއަން ރުފިޔާ
09 މެއި 2017

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ

09 މެއި 2017
ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ
14 އެޕްރީލު 2017

މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ

14 އެޕްރީލު 2017
މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ
31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު