Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ޙާލަތު

އެސްޕީޖީ ސިފައިން ހައްޔަރުކުރީ ފުލުހުންގެ ވީޑިއޯގެ މައްސަލައިގައި!

15 މާރިޗު 2018 | ބުރާސްފަތި 13:53

ތިން މީހުން ވެސް ވަނީ ސިފައިންގެ ވަޒީފާ އިން ވަކިކޮށްފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 15 މާރިޗު 2018 | ބުރާސްފަތި 13:53
ހައްޔަރުކުރި ސިފައިން (ކ-ވ): ފައްތާޙު، ޝާނީޒް، ސިމާދު

ހައްޔަރުކުރި ސިފައިން (ކ-ވ): ފައްތާޙު، ޝާނީޒް، ސިމާދު

ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގައި މަސައްކަތްކުރި ސިފައިންގެ ތިން މީހަކު ރޭ ހައްޔަރުކުރީ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ 'ފުލުހުންގެ' ވީޑިއޯގެ މައްސަލައިގައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ރޭ ހައްޔަރުކުރީ އެސްޕީޖީގައި މަސައްކަތްކުރި ސިމާދު އަހުމަދު، އަހުމަދު ޝާނީޒް އަދި އަހުމަދު ފައްތާހުއެވެ. މީގެ ތެރެ އިން ޝާނީޒް އާއި ސިމާދު ދާދިފަހުން ސިފައިންގެ ތެރޭގައި ބަންދުކޮށްގެން ގެންގުޅުމަށް ފަހު ދޫކޮށްލައި ސިފައިންގެ ވަޒީފާ އިން ވަކިކުރިއެވެ. އަދި ފައްތާހު ވަނީ ކުރިން ސިފައިންގެ އިން ވަކިކޮށްފައެވެ.

Advertisement - newsAdvertisement

މި ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ބުދަ ދުވަހުގެ ރޭ ތިން މީހުން އެއްކޮށް އާއިލާއާ އެކު ބޮޑުތަކުރުފާނުމަގު ގާޑިއަލެއް ކައިރީގައި ތިއްބައެވެ. އަދި ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުންނެވެ. އެ 3 މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޔުނިފޯމާއި ވައްތަރު ޔުނިފޯމެއް އަޅައިގެން ތިބި ބަޔަކު، މޫނު ނިވާކޮށްގެން ތިބެ، ގާނޫނާ ހިލާފު އެއްވެސް އަމުރަކަށް ފުލުހުން ކިޔަމަން ނުވާނެ ކަމަށާއި ގާނޫނާ ހިލާފު އަމުރުތައް ކުރުން ނުހުއްޓައިފި ކަމުގައިވާ ނަމަ އޭޕްރީލް 1 ވަނަ ދުވަހު ފުލުހުންގެ މުއައްސަސާގެ ދިފާއުގައި ނުކުންނާނެ ކަމަށް ބުނާ ވީޑިއޯގެ މައްސަލައިގައި ކަމަށް ރާއްޖެއެމްވީއަށް އެނގިފައިވެއެވެ.

އެވީޑިއޯގައި ބުނެފައި ވަނީ މިގޮތަށް ފުލުހުން ބައްދަލުކޮށްލަންޖެހެނީ، ފުލުހުން ބޭނުންކޮށްގެން ގާނޫނު އަސާސީއާ ހިލާފު އެތައް ކަމެއް ކުރަމުންދާތީ އާއި އެތައް ބަޔަކު ފްރޭމްކޮށް އެތައް އާއިލާތަކަށް އަނިޔާތައް ކުރަމުންދާތީ ކަމަށެވެ.

މިވީޑިއޯގައި އިތުރަށް ބުނެފައި ވަނީ ގާނޫނާ ހިލާފު އެއްވެސް އަމުރަކަށް ފުލުހުން ތަބާނުވާނެ ކަމަށާއި ފުލުހުންނަށް އަންނަ އޯޑަރަށް ކުރާ ކަންކަމުގައި ވަކި ފުލުހުން އޭގެ ޒިންމާ ނަގަން ނުޖެހޭނެ ކަމަށް ބުނާ އިރު ވަކިވަކި ފުލުހުން ހައްޔަރު ކުރަމުންދާ ކަމީ ކަންބޮޑުވާ ކަމެއް ކަމަށް ވީޑިއޯގައި ބުނެފައިވެއެވެ.

ފުލުހުންގެ މުއައްސަސާއަކީ ޕީޕީއެމްގެ ޖަގަހަކާ އެއްފަދަވެފައިވާ ކަމަށާއި ފުލުހުން ބޭނުންކޮށްގެން ކުރަމުންދާ ޖިނާއީ ކުށްތަކަށް ލައްކަ ދުވަހު ކެތް ކުރެވިއްޖެ ކަމަށް ބުނެފައިވެއެވެ. ދެން އިތުރަށް އެންމެ ދުވަހަކު ވެސް ކެތް ނުކުރާނެ ކަމަށާއި ފުލުހުންގެ މުއައްސަސާއަކަށް އެއްވެސް ސިޔާސީ ޕާޓީއެއް މުހިއްމު ނޫން ކަމަށް އެ ވީޑިއޯގައި ބުނެފައި ވެއެވެ. އެ މުއައްސަސާއަށް މުހިއްމީ ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުން ކަމަށް ވެސް ވީޑިއޯގައި ބުނެފައިވެއެވެ.

އެސްއޯ ޔުނީފޯމްގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރުދޭ ވީޑިއޯއާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، ދިވެހި ގައުމީ ފުލުހުން ކަމަށް ބުނެ ޔޫޓިއުބް އަށް އަޕްލޯޑް ކޮށްފައިވާ ވީޑިއޯގެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށާއި މިހާ ހިސާބަށް އައިރު އެ ވީޑިއޯ އިން ފެންނަނީ ފުލުހުން ކަން ޔަގީން ކުރެވިފައިނުވާ ކަމަށެވެ.

ތަހުގީގު ކުރިއަށްދާ މިންވަރުން މިކަމުގެ މައުލޫމާތުތައް ހާމަކުރާނެ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
22 ފެބުރުއަރީ 2017

އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން

22 ފެބުރުއަރީ 2017
އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން
13 ފެބުރުއަރީ 2017

"އުކުޅަހުން މީހުން ހައްޔަރުކުރީ ހީލަތްތެރި ރޭވުމެއްގައި"

13 ފެބުރުއަރީ 2017
"އުކުޅަހުން މީހުން ހައްޔަރުކުރީ ހީލަތްތެރި ރޭވުމެއްގައި"
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
01 ފެބުރުއަރީ 2017

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

01 ފެބުރުއަރީ 2017
ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް