Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޯޝަލް މީޑިއާ މޮނިޓަރކުރުން

ލަންކާގައި ސޯޝަލް މީޑިއާ މޮނިޓަރ ކުރަން އިދާރާއެއް އުފައްދަނީ

ކެންޑީގެ ހަމަނުޖެހުންތަކާއި ގުޅިގެން ސޯޝަލް މީޑިއާ ބްލޮކް ކުރި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 14 މާރިޗު 2018 | ބުދަ 04:13
ސްރީ ލަންކާގެ ޑިޖިޓަލް އިންފްރާ ސްޓްރަކްޗަރ ޓެކްނޮލޮޖީ މިނިސްޓަރ ހަރިން ފެރްނާންޑޯ

ސްރީ ލަންކާގެ ޑިޖިޓަލް އިންފްރާ ސްޓްރަކްޗަރ ޓެކްނޮލޮޖީ މިނިސްޓަރ ހަރިން ފެރްނާންޑޯ

ސޯޝަލް މީޑިއާ ބޭނުންކުރަމުންދާ ގޮތް މޮނިޓަރ ކުރުމަށް އިދާރާއެއް އުފެއްދުމަށް މަޝްވަރާކުރަމުންދާކަމަށް ސްރީލަންކާގެ ޑިޖިޓަލް އިންފްރާ ސްޓްރަކްޗަރ ޓެކްނޮލޮޖީ މިނިސްޓަރ ހަރިން ފެރްނާންޑޯ އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ މި ފިޔަވަޅުގެ އަމާޒަކީ ވަކި މުޖުތަމައަކަށް ނުވަތަ ވަކި ދީނަކަށް ނިސްބަތްކޮށް ނަފްރަތު އުފެއްދުމުގެ ވާހަކަ ހުއްޓުވުންކަމަށެވެ.

"ސަރުކާރަކުން ފޭސްބުކް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތަކެއް ބަންދެއް ނުކުރާނެ، އެކަމަކު ވަރަށް ހަރުކަށިކޮށް ބަލަމުން ގެންދާނެ، އޭގެ އަމާޒަކީ މުޖުތަމައުތަކާއިމެދު އަދި ދީން ތަކާއިމެދު ނަފްރަތު އުފެއްދުން ހުއްޓުވުން" މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ކުޑަކުދިންގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ އަދި އެނޫންވެސް އެފަދަ ބަރަހަނާ މަންޒަރުތައް ޕޯސްޓްކުރާ ފަރާތްތައް މޮނިޓަރ ކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފެރްނާންޑޯވަނީ ކެންޑީގައި ހިނގާދިޔަ ހަމަނުޖެހުންތަކުގެ ކުރިންވެސް ފޭސްބުކްގައި ހުރި ނަފްރަތު އުފެއްދުމަށް ބޭނުންކުރި ވީޑިއޯތައް ނަގަން ސަރުކާރުން ބޭނުންވިކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެވަރަށް ވަސީލަތްތައް ގާއިމްވެފައި ނެތުމުން އެކަން ނުކުރެވުނު ކަމަށް ވިދާޅުވިއެވެ.

މުސްލިމުންނާއި ބުޑިސްޓުންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގެ ދުވަސްވަރު ސޯޝަލް މީޑިއާގައި އެއްބަޔަކު އަނެއްބަޔަކަށް ރުޅިވެރިކަން ފެތުރޭފަދަ ޕޯސްޓްތައްކޮށް މައުލޫމާތު ފެތުރުރުމުގެ ސަބަބުން ކެންޑީގެ ހަމަނުޖެހުން އިތުރަށް ގޯސްވިޔަ ނުދިނުމަށް ލަންކާގެ ސަރުކާރުން މި މަހުގެ ހަވަނަ ދުވަހުން ފެށިގެން ކުއްލި ހާލަތު އިއުލާނުކޮށް ކާފިއު ހިންގާފައިވާއިރު ހަމަނުޖެހުންތަކުގެ ކުރީކޮޅު ސަރުކާރުންވަނީ ސޯޝަލް މީޑިއާގެ ބައެއް ވަސީލަތްތައް ބްލޮކްކޮށް އިންޓަރނެޓްގެ ބޭންޑް ވިތް ދަށްކޮށްފައެވެ.

މިނިސްޓަރ ފެނާންޑޯ ވަނީ އެ ހާލަތުގައިވެސް ވަރޗުއަލް ޕްރައިވެޓް ނެޓްވޯކް(ވީޕީއެން) ބޭނުންކޮށްގެން 800،000 އެއްހާ މީހުން ފޭސްބުކް ބޭނުންކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

17 ޖުލައި 2017

ޤަތަރުގެ މީޑިއާ ހެކް ކުރަން ޔޫއޭއީއިން އުޅެފައެއްނުވޭ:ޔޫއޭއީ

17 ޖުލައި 2017
ޤަތަރުގެ މީޑިއާ ހެކް ކުރަން ޔޫއޭއީއިން އުޅެފައެއްނުވޭ:ޔޫއޭއީ
17 ޖުލައި 2017

ޤަތަރުގެ މީޑިއާ ހެކް ކުރަން ޔޫއޭއީއިން އުޅުނު:ވޮޝިންގޓަން ޕޯސްޓް

17 ޖުލައި 2017
ޤަތަރުގެ މީޑިއާ ހެކް ކުރަން ޔޫއޭއީއިން އުޅުނު:ވޮޝިންގޓަން ޕޯސްޓް
02 ޖުލައި 2017

ސޯޝަލް މީޑިއާ ބޭނުންކުރައްވަވާ ގޮތް ރައީސް ޓްރަމްޕް ދިފާއު ކުރައްވައިފި

02 ޖުލައި 2017
ސޯޝަލް މީޑިއާ ބޭނުންކުރައްވަވާ ގޮތް ރައީސް ޓްރަމްޕް ދިފާއު ކުރައްވައިފި
08 ޖޫން 2017

ސޯޝަލް މީޑިއާގައި ޤަތަރަށް ތާޢީދުކުރުމަކީ ކުށެއް، 15 އަހަރަށް ޖަލަށް ލެވޭނެ: ޔޫއޭއީ

08 ޖޫން 2017
ސޯޝަލް މީޑިއާގައި ޤަތަރަށް ތާޢީދުކުރުމަކީ ކުށެއް، 15 އަހަރަށް ޖަލަށް ލެވޭނެ: ޔޫއޭއީ
26 މެއި 2017

މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި

26 މެއި 2017
މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު