Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

ޝަހީމްގެ ބޭސްފަރުވާއަށް ހުރަސްއަޅާ ވަކިވަކި ފުލުހުންނާއިމެދު ފިޔަވަޅު އެޅޭނެ: އެމްޑީޕީ

12 މާރިޗު 2018 | ހޯމަ 14:45

ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ލިބޭ ބާރުން ކަމަށް ބުނެ ޝަހީމް ހުންނެވީ ޣައިރު ޤާނޫނީ އުސޫލުން ހައްޔަރުކޮށްފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 12 މާރިޗު 2018 | ހޯމަ 14:45
ފެބުރުއަރީ މަހުގެ 16 ވަނަ ދުވަހުގެ އެއްވުމުގެ ތެރެއިން އެމްޑީޕީ ޤައުމީ މަޖިލީހުގެ މެމްބަރު ޝަހީމް ފުލުހުންގެ ހައްޔަރަށް ގެންދަނީ

ފެބުރުއަރީ މަހުގެ 16 ވަނަ ދުވަހުގެ އެއްވުމުގެ ތެރެއިން އެމްޑީޕީ ޤައުމީ މަޖިލީހުގެ މެމްބަރު ޝަހީމް ފުލުހުންގެ ހައްޔަރަށް ގެންދަނީ

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ ރައީސް ޢަބްދުﷲ ޝަހީމްގެ ބޭސްފަރުވާއަށް ހުރަސްއަޅާ ވަކިވަކި ފުލުހުންނާއިމެދު ފިޔަވަޅު އެޅޭނެ ކަމަށް އެމްޑީޕީން ބުނެފި އެެވެ.

16 ފެބްރުއަރީގައި ހައްޔަރު ކުރުމަށް ފަހު ޑޮކްޓަރުންގެ ލަފަޔާ އެއްގޮތްވާގޮތުގެމަތީން ޝަހީމަށް މިހާރުން މިހާރަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށް ފުލުހުން ހުރަސްއަޅަމުންގެންދާތީ އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރާކަން ހާމަކޮށް، އެމްޑީޕީން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ލިބޭ ބާރުން ކަމަށް ބުނެ ޝަހީމް ހުންނެވީ ޣައިރު ޤާނޫނީ އުސޫލުން ހައްޔަރުކޮށްފައި ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހުންނަށް ބޭސްފަރުވާ ފޯރުކޮށްދިނުމަކީ ފުލުހުންގެ މައްޗަށް އޮތް ޤާނޫނީ ވާޖިބެއްކަަން ފުލުހުންނަށް ހަނދާންކޮށްދޭކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

އެމްޑީޕީން ބުނީ 16 ފެބްރުއަރީގައި އެމްޑީޕީ ހަރުގެ ކައިރިން ޝަހީމް ހައްޔަރުކުރުމުގައި ވެސް މީގެ ކުރިން އޭނާގެ ކަކުލަށް ލިބިފައިވާ ބޮޑު އަނިޔާއަށް އިތުރަށް އަނިޔާ ލިބި، ބަންދުކުރުމަށް ފަހު ބޭސްފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އާއިލާއިން ތަކުރާރުކޮށް އެދުނު ނަމަވެސް އެކަން ހަމަޖައްސައި ނުދިނުމުގެ ސަބަބުން ކުރިން ލިބިފައިވާ އަނިޔާ އިތުރަށް ގޯސްވެފައިވާ ކަމަށެވެ. އަދި މިހާރު ޑޮކްޓަރުން ލަފާދީފައިވަނީ ވީހާވެސް އަވަހަށް ސާޖަރީ ހެދުމަށް ކަމަށް އެމްޑީޕީން ބުނެ އެވެ.

އެމްޑީޕީން ބުނީ، ސާޖަރީ ހެދުމަށް މިއަދު (ހޯމަ ދުވަހު) ހަމަޖެއްސުމާއެކު، ފުލުހުންގެ ފަރާތުން ޔޫސުފް ހުސައިން ޢާއިލާއަށް އަންގާފައިވަނީ މިއަދު ޝަހީމް ޑޮކްޓަރަށް ދެއްކުމުން އޮޕަރޭޝަން ކުރުމަށް އެޑްމިޓް ކުރަންޖެހޭނެ ކަމަށާއި، އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ "މަތިން" ކަމަށް ކަމުގައި އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އާއިލާއަށް އެންގުމަކާނުލައި މިހާރު ޝަހީމް ވަނީ އަނބުރާ ދޫނިދޫއަށް ގެންގޮސްފައިކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.

"ޝަހީމްގެ ބޭސްފަރުވާގެ ކަންކަން ފުލުހުން ހަމަޖައްސައިނުދީ ލަސްކުރަމުންގެންދާތީ ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް މިހާރުވަނީ މައްސަލަ ހުށަހަޅާފައެވެ. އަދި ބޭސްފަރުވާ ހަމަޖައްސައިދިނުމަށް މިއަދާ ހަމައަށް ޢާއިލާއިން 5 ސިޓީ ފޮނުވާފައިވާއިރު އެކަމާ ގުޅޭ ގޮތުން އެއްވެސް ސިޓީއަކަށް ފުލުހުން ޖަވާބުދީފައިނުވެއެވެ."

އެމްޑީޕީން ބުނީ ދައުލަތުގެ މުވައްޒަފެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ މީހަކަށް ގަސްދުގައި ތަދު ނުވަތަ ވޭން އިޙްސާސްކުރުވައި އޭނާއަަށް ބަލިކަށިކަން ގެނުވައި ހަށިގަނޑުގެ ގުނަވަނެއް މަސައްކަތްކުރަން ޖެހޭގޮތަށް މަސައްކަތް ނުކުރާ ގޮތް ހެދުމަށް ކުރާ ކޮންމެ ކަމަކީ ޓޯޗާ ކަމުގައި އެންޓި ޓޯޗާ އެކްޓުގައި ވަނީ ބަޔާންކޮށްފައި ކަމަށެވެ. އަދިި އެއްވެސް މީހަކަށް ލާއިންސާނީ، އިހާނެތިކަމެއް ކޮށްގެން ނުވާނެ ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބޭ ފަދަ ގޮތަކަށް ޢަމަލުކޮށްގެން ނުވާނެ ކަމަށް ޤާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާކަން ވެސް އެމްޑީޕީގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އެމްޑީޕީން ބުނީ ޝަހީމަށް ލިބެން ޖެހޭ ބޭސްފަރުވާ ނުދީ، އެކަމުގައި ޝާމިލްވާ ވަކިވަކި ފުލުހުންނާމެދު ވެސް ފިޔަވަޅު އެޅޭނެ ކަމަށާއި، އޭނާގޭ ސާޖަރީގެ ކަންކަން މިހާރުން މިހާރަށް ހަމަޖައްސައިދިނުމަށް ފުލުހުންނަށް ގޮވާލާކަމަށެވެ. އަދި ހަމަމިއާއެކު ޝަހީމްގެ ބޭސްފަރުވާގެ ކަންކަން ހަމަޖައްސައިދިނުމަށް ދައުލަތުވެ މުވައްސަސާތަކަށް ވެސް ގޮވާލާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

24 ޖުލައި 2017

މަޖިލީހަށް ވަންނަން ހުރަސްއަޅާނަމަ އެހުރަސްއެޅެނީ ޤާނޫނާ ޚިލާފަށް:މަހްލޫފް

24 ޖުލައި 2017
މަޖިލީހަށް ވަންނަން ހުރަސްއަޅާނަމަ އެހުރަސްއެޅެނީ ޤާނޫނާ ޚިލާފަށް:މަހްލޫފް
20 ޖުލައި 2017

ކާނަލް ނާޒިމަށް އިންސާފް ލިބުމަށް ހުރަސްއަޅާ ފަރާތްތަކަށް ދައުވާކުރާނަން: ސުއޫދު

20 ޖުލައި 2017
ކާނަލް ނާޒިމަށް އިންސާފް ލިބުމަށް ހުރަސްއަޅާ ފަރާތްތަކަށް ދައުވާކުރާނަން: ސުއޫދު
16 ޖުލައި 2017

ބޭސްފަރުވާއަށް ވަޑައިގަތުމަށް އުޅުއްވުމުން ގާސިމްގެ ޕާސްޕޯޓް ހިފަހައްޓައިފި

16 ޖުލައި 2017
ބޭސްފަރުވާއަށް ވަޑައިގަތުމަށް އުޅުއްވުމުން ގާސިމްގެ ޕާސްޕޯޓް ހިފަހައްޓައިފި
11 ޖުލައި 2017

އަދީބަށް ބޭސްފަރުވާއަށް ދެވޭނީ، ދައުލަތުން ނެގި ފައިސާ އަނބުރާ ދެއްކުމުން: ރައީސް ޔާމީން

11 ޖުލައި 2017
އަދީބަށް ބޭސްފަރުވާއަށް ދެވޭނީ، ދައުލަތުން ނެގި ފައިސާ އަނބުރާ ދެއްކުމުން: ރައީސް ޔާމީން
23 ޖޫން 2017

އަދީބަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުދެވޭނެއޭ ބުނުމަކީ ހުއްޖަތެއް ނޫން: އިބޫ

23 ޖޫން 2017
އަދީބަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުދެވޭނެއޭ ބުނުމަކީ ހުއްޖަތެއް ނޫން: އިބޫ
04 މެއި 2017

ޔާމީންގެ މައްސަލައިގައި ވަކިވަކިން ސިޓީ ހުށަހެޅުމުން ވެސް ބަލައެއް ނުގަތް!

04 މެއި 2017
ޔާމީންގެ މައްސަލައިގައި ވަކިވަކިން ސިޓީ ހުށަހެޅުމުން ވެސް ބަލައެއް ނުގަތް!
27 މާރިޗު 2017

ވަކިވަކި މެމްބަރުންނާ ސުވާލު ކޮށްގެން ވޯޓް ނެގުމަށް ޕީޕީއެމް ޕީޖީ ލީޑަރު ހުށަހަޅުއްވައިފި

27 މާރިޗު 2017
ވަކިވަކި މެމްބަރުންނާ ސުވާލު ކޮށްގެން ވޯޓް ނެގުމަށް ޕީޕީއެމް ޕީޖީ ލީޑަރު ހުށަހަޅުއްވައިފި
23 މާރިޗު 2017

މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

23 މާރިޗު 2017
މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް