Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިބްރާހިމް މުހައްމަދު ސޯލިހު

އަދީބަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުދެވޭނެއޭ ބުނުމަކީ ހުއްޖަތެއް ނޫން: އިބޫ

އަދީބު ޖަލަށް ލާ ހިސާބުން ރިޝްވަތުގެ ވާހަކަތައް ނުނިމޭނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 23 ޖޫން 2017 | ހުކުރު 07:30
ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިދިކޮޅު ބައެއް އެހެން ބޭފުޅުން މ. ކުނޫޒްގައި

ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިދިކޮޅު ބައެއް އެހެން ބޭފުޅުން މ. ކުނޫޒްގައި

ޖަލަށްލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިފި ނަމަ ފިއްލަވާފާނެތީ ނުދެވޭނެއޭ ބުނުމަކީ ހުއްޖަތެއް ނޫން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ޕާޓީތަކުން ކުނޫޒުގައި ބޭއްވި ތަރާވީހުގައި ރާއްޖެއެމްވީއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވީ އަދީބަށް ބޭސްފަރުވާކުރެވެން ޖެހޭނެ ކަމަށާއި އަދީބަށް ވުރެ ބޮޑެތި ކުށްވެރިން ވެސް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވާފައި އެބަހުރި ކަމަށެވެ. އެހެންކަމުން އަދީބަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުދެވޭނެ ކަމަށް ރާއްޖޭގެ ބަންޑާރަނައިބު ވިދާޅުވުމަކީ ބޮޑު "ޖޯކެއް"ކަމަށް އިބޫ ވިދާޅުވިއެވެ.

" ފުލުހުންނާއި ސިފައިންގެ އެހީތެރިކަން ހޯދޭނެ. މީގެ ކުރިން ވެސް އެބަހުރި އެއަށްވުރެ ބޮޑެތި ކުށްވެރިން ރާއްޖެއިން ބޭރަށް ގޮސްފައި. ހަމަ ފުލުހުން ކައިރީގައި ބައިތިއްބައިގެން، ހަމަ ސެކިއުރިޓީ ލައިގެން. އެހެންވީމަ އެކަން ސަރުކާރުން ކުރެވެން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ. އެހެންވީމަ އެއީ ހުއްޖަތެއް ނޫން އަދީބު ރާއްޖެއިން ބޭރަށް ނުފޮނުވުމަށް ދައްކާނެ،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ޖަލުގައި ހުރި މީހަކަށް ވެސް އަދި ކޮންމެ ރައްޔިތަކަށް ވެސް ގާނޫނުގައި ލާޒިމުކުރާ ހައްގުތައް ލިބިދޭން ޖެހޭނެ ކަމަށާއި އެހެންކަމުން އަދީބަށް ވެސް ބޭސްފަރުވާ ކުރެވެން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އަދީބާ ދޭތެރޭ ކުރެވުނު ޝަރީއަތާއި މެދު ސުވާލުތަކެއް އުފެދޭ ކަމަށާއި އަދީބު ޖަލަށް ލާ ހިސާބުން ރިޝްވަތުގެ ވާހަކަތައް ނިމޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިބޫ ވިދާޅުވިއެވެ. އެއީ އެ މައްސަލައިގައި އެއަށްވުރެ ފުޅާކޮށް ވިސްނަންޖެހޭ ކަންތައްތައް ހުރުމުން ކަމަށް އިބޫ ވިދާޅުވިއެވެ. އަދި މިމައްސަލަތައް ފުޅާކޮށް ބެލިގެންދާއިރު އެމައްސަލަތަކުގެ މައުލޫމާތު ފޯރުކޮށްދެވޭނެ ފަރާތަކީ އަދީބުކަމަށް ގަބޫލުކުރައްވާ ކަމަށާއި އެހެންކަމުން އަދީބު ހެޔޮސިއްހަތެއްގައި ހުންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މިސަރުކާރުން ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެ ރިވެފައި ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ އެކަނި ނޫން ކަމަށާއި އައިޖީއެމްއެޗްގައި އަލަށް ހަދާ އިމާރާތުގެ މައްސަލަ ތަކުރާރުކޮށް އެތައް ބަޔަކު އެވާހަކަ ދައްކާއިރު އެއީ އެއަށްވުރެ ބޮޑު ޚިޔާނާތެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ހުރިހާ ޚިޔާނާތަކާއި ވައްކަމެއް ބެލެންޖެހޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.

"މިސަރުކާރުގެ އިސްވެރިން ރައްޔިތުންގެ ފައިސާއިން ޚިޔާނާތްތެރިވެފައި އޮތީކީ ހަމަ އެކަނި އެމްއެމްޕީއާރުސީގެ މައްސަލައިގައި އެކަންޏެއް ނޫން. އެއަށްވުރެ ބޮޑެތި މައްސަލަ ވެސް އަޅުގަނޑުމެންނަށް ފެންމަތިވެފައި އެބައޮތް. އެނގިވަޑައިގަންނަވާނެ އައިޖީއެމްއެޗްގެ އިމާރާތުގެ އެ މައްސަލަ ތަކުރާރުކޮށް އެތަށްބަޔަކު އެވާހަކަ ދައްކަމުން އެގެންދަނީ. ހަގީގަތުގައި ވެސް އޭގައި އެހިމެނޭ ޚިޔާނާތުގެ އަދަދަކީ އެވިދާޅުވާ ގޮތުން އެ މައުލޫމާތާއި ތަކެއްޗަށް ބަލާއިރު އެމްއެމްޕީއާރުސީގެ ޚިޔާނާތަށްވުރެ ބޮޑު ޚިޔާނާތެއްގެ ވާހަކަ މިދައްކަނީ،" އިބޫ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ރާއްޖެއިން ބޭރުގައި ނިންމާފައިވާ އާބިޓްރަލް އެވޯޑެއް ރާއްޖޭގައި ތަންފީޒް ކުރާނީ ސިވިލް ކޯޓުން: ހައިކޯޓް

ރާއްޖެއިން ބޭރުގައި ނިންމާފައިވާ އާބިޓްރަލް އެވޯޑެއް ރާއްޖޭގައި ތަންފީޒް ކުރާނީ ސިވިލް ކޯޓުން: ހައިކޯޓް

20 އެޕްރީލު 2017
ގާސިމް ރާއްޖޭން ބޭރަށް ނުދެވޭ ގޮތަށް އަމުރެއް ނެރެފި

ގާސިމް ރާއްޖޭން ބޭރަށް ނުދެވޭ ގޮތަށް އަމުރެއް ނެރެފި

04 އެޕްރީލު 2017
ނިހާންގެ ތަޢުރީފު އަދީބަށް، ރައީސް ޔާމީނަށްވުރެ އަދީބްގެ ބަސް އަހާ!

ނިހާންގެ ތަޢުރީފު އަދީބަށް، ރައީސް ޔާމީނަށްވުރެ އަދީބްގެ ބަސް އަހާ!

15 މާރިޗު 2017
ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

03 މާރިޗު 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު