Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

ރައީސް މައުމޫނުގެ ތަހްގީގު ހިންގަނީ ގާނޫނީ ވަކީލުންނަށްވެސް ދޭން ޖެހޭ ފުރުސަތު ނުދީ: ދިފާއީ ވަކީލުން

12 މާރިޗު 2018 | ހޯމަ 03:56

ރައީސް މައުމޫނާއި ހޯމަ ދުވަހު ވަނީ ސުވާލުކޮށްފައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 12 މާރިޗު 2018 | ހޯމަ 03:56
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް - އެމަނިކުފާނު ހުންނެވީ ދޫނިދޫގައި ބަންދުގައި

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް - އެމަނިކުފާނު ހުންނެވީ ދޫނިދޫގައި ބަންދުގައި

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާމެދު ކުރެވޭ ތުހްމަތުތަކުގެ ތަހްގީގު ހިންގަމުންދަނީ ކަނޑައަޅާފައިވާ ގަވައިދާ އެއްގޮތައް ގާނޫނީ ވަކީލެއްގެ ފުރުސަތު ނުދީ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު މުހައްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫނާއި އަދި ދަނބިދަރިކަލުން އަހްމަދު ނަދީމްގެ ގާނޫނީ ވަކީލުން އާދިއްތަ ދުވަހުގެ ރޭ އެންދެރިމާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައިސަލް ވަނީ ރައީސް މައުމޫނާ ފުރަތަމަވެސް ސުވާލެއް ކޮށްފައިވަނީ ހައްޔަރުކޮށްފައި ހުންނަވާތާ 33 ދުވަސްފަހުންކަން ފާހަގަކުރައްވާފަ އެވެ. އަދި ވިދާޅުވީ ފުލުހުންގެ އާންމު ގަވައިދުގައި ބުނެފައިވާ ގޮތުން ބަންދުގައި ހުންނަ މީހާއަށް ތަހްގީގުގައި ސުވާލު ކުރުމުގެ 18 ގަޑިއިރު ކުރިން ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ރައީސް މައުމޫނާ ސުވާލު ކުރުމުގެ ކުރިން ވަކީލުނަށް އެ ފުރުސަތު ނުދޭއިރު ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ފުލުހުންގެ އާންމު ގަވައިދު ސަސްޕެންޑްކޮށްފައިނުވާކަމަށް ފައިސަލް ވިދާޅުވި އެވެ.

Advertisement - newsAdvertisement

"ހާއްސަ ހާލަތުގައި އަމަލުކުރަންވީ ގޮތްވެސް އެއާ ވިދިގެން އެބަ އާދޭ. ހާއްސަ ހާލަތުގައިވެސް މި އޮންނަނީ 10 ގަޑިއިރުކުރިން އެމީހެއްގެ ވަކީލަށް ތަހްގީގު އޮންނާނެތަނާއި ވަގުތާ މި ހުރިހާ ކަމެއް އަންގަން. މިއީ ފުލުހުން މިހާރުވެސް އަމަލު ކުރަން ޖެހޭނެ ގަވައިދެއް، އަމަލު ކުރަން ޖެހޭނެ އުސޫލެއް. އެހެން ނަމަވެސް އަޅުގަނޑުމެން ހިތާމައާއެކު ފާހަގަ ކުރަނޫ އަލްއުސްތާޛު މައުމޫނު އަބްދުލް ގައްޔޫމްގެ ތަހްގީގު އިއްޔެ ފެއްޓެވިއިރުގައި އެ ތަހްގީގު އޮންނާނެކަން ހަވީރު 4.00 ގައި އޮންނާނެކަން އަޅުގަނޑުމެނަށް އަންގާފައިވަނީ މެންދުރުފަހު އެކެއްވެސް ޖެހިފަހުން. އެހެންވީމަ ތިން ގަޑިއިރުވެސް ނުލިބޭ އަޅުނގަނޑުމެނަށް ތައްޔާރުވުމަށް،" ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެތައް ބައިވަރު ތުހްމަތުތަކެއް ރައީސް މައުމޫނުގެ އިސްތަށިފުޅުގައި އަޅުއްވާފައިވާއިރު އެ ތަހްގީގަށް ތައްޔާރުވުމަށް ވަކީލުނަށް އެކަށީގެންވާ ވަގުތު ދޭން ޖެހޭނެ ކަމަށެވެ. 15 މިނެޓަށް ދެމިގެންދިޔަ ރައީސް މައުމޫނުގެ ތަހްގީގުގައި އެމަނިކުފާނު ވަނީ ޖިނާއީ އެއްވެސް ކުށެއް ކުރައްވާފައިނުވާނެ ކަމަށާއި ރަހީނުކުރައްވައިގެން ގައިރު ގާނޫނީ ބަންދެއްގައި ބަހައްޓައިގެން ކުރައްވާ ތަހްގީގަކަށް އެއްބާރުލުން ނުދެއްވާނެ ކަމަށް ވިދާޅުވެފައި ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް މައުމޫނު ދެކިވަޑައިގެންނެވީ އެމަނިކުފާނާ ސުވާލެއް ނުކޮށް އެހާ ދުވަހު ބެހެއްޓެވީ ސިކުނޑިއަށް އަނިޔާއެއް ދިނުމުގެ ބޭނުމުގައި ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

"އެމަނިކުފާނުގެ ހިތްވަރާއަޒުމަށް އޭގެ ސަބަބުން އަސަރުކުރުވާނެ ކަމަށް ފުލުހުންނަށް ފުލުހުނަށް ފާހަގަ ކުރެވޭތީ ނުވަތަ ކުރެއްވި ކަމެއްގެ ގޮތުގައި އެމަނިކުފާނު ގަބޫލު ކުރައްވަނީ،" ފައިސަލް ވިދާޅުވި އެވެ.

ރައީސް މައުމޫނުގެ މައްޗަށް ދައުވާ ކުރަން ފޮނުވިކަމަށް މީޑިޔާތަކުގައި ފުލުހުން ވިދާޅުވާއިރު ދެން ކުރަނީ ކޮން ތަހްގީގެއްތޯވެސް ރައީސް މައުމޫނު ސުވާލު އުފެއްދެވި ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. ބަންދުގައި ތިބޭ މީހުންނާ ބައްދަލުކުރުމަށް ވަކީލުނަށް 30 މިނެޓްގެ ފުރުސަތެއް މިހާރު ދެމުންދާއިރު އެއީ ގިނަ ތުހްމަތުތަކެއް ކުރެވޭ މީހަކަށް އެކަށީގެންވާ ވަގުތެއް ނޫން ކަމަށް ފައިސަލްވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް