Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅިފައިވާ ސިޔާސީ ޕާޓީތައް

މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ވަފުދެއް އދ. އަށް ދަނީ

11 މާރިޗު 2018 | އާދީއްތަ 07:22

މިކަން ހާމަކޮށްފަައި ވަނީ ރައީސަށް ފޮނުވާފައިވާ ސިޓީއެއްގައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 11 މާރިޗު 2018 | އާދީއްތަ 07:22
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭރުގެ އިސްފަރާތްތަކާ ބައްދަލުކުރަނީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭރުގެ އިސްފަރާތްތަކާ ބައްދަލުކުރަނީ

މަޝްވަރާތަކުގެ ޕްރޮސެސް ކުރިއަށް ގެންދިއުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ވަފުދެއް އަންނަ ހޯމަ ދުވަހު ނިއުޔޯކް އަށާއި ވޮޝިންގޓަން ޑީސީއަށް ޒިޔާރަތް ކުރުމަށް ހަމަޖައްސައިފިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިކަން ހާމަކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީނަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކާ ގުޅޭ ގޮތުން ފޮނުވާފައިވާ ސިޓީގައެވެ.

Advertisement - newsAdvertisement

އެސިޓީގައި ބުނެފައިވަނީ، ރާއްޖޭގެ ސިޔާސީ ޕާޓީތައް އެކުލެވިގެންވަނީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވާ ބޭފުޅުންގެ މައްޗަށް ކަމަށެވެ.

ދިވެހި ރައްޔިތުންނާއި ބައިނަލްއަގްވާމީ މުޖުތަމައުއަށް ހުޅުވާލެވިގެން ލިޔާ ސިޓީއެއް ކަމުގައި ފާހަގަކުރައްވާފައިވާ އިރު މި ގޮތަށް މި ސިޓީ ލިޔުމުގެ މަގްސަދަކީ އެ ފަރާތްތަކުން ވެސް ހުށަހަޅާ ކަންކަމާއި ދެކޭ ގޮތް އެންމެހާ ރައްޔިތުންނާއި ބައިނަލްއަގްވާމީ މުޖުތަމައުއަށް ވަޒަން ކުރުން ކަމަށް ބުނެފައި ވެއެވެ.

މި ސިޓީގައި އިތުރަށް ބުނުފައި ވަނީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ހޯދުމުގެ ގޮތުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ކުރުމަށް ދައުވަތު ދެއްވާފައިވާތީ އެކަމަށް ޖަވާބުދެއްވުން ކަމަށެވެ. މި ސިޓީގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ އެންމެ ފުރަތަމަ ވެސް ރާއްޖޭގައި ޣައިރު ގާނޫނީ ގޮތުން އިއްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަންޖެހޭ ކަމަށާއި އޭގެ ދަށުން ބައްދުކޮށްފައިވާ ހުރިހާ ފަރާތްތައް ވެސް ދޫކޮށްލަންޖެހޭ ކަމަށެވެ.

ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު ކޯޓު އަމުރު ތަންފީޒު ކުރުމުން، އދގެ ބައިވެރިވުމާ އެކު ބޭއްވޭ ޕްރޮކްސިމިޓީ ޓޯކްސްއަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފުރިހަމައަށް ތާއީދު ކުރުމާ އެކު މަޝްވަރާތަކުގައި ބައިވެރިވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މަޝްވަރާތަކުގައި ބައިވެރިވުމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުމަކީ ވާހަކަތަކުގައި އދ. ގެ ބައިވެރިވުމާ މެދު އޮތް ދެބަސްވުން ކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މި މަޝްވަރާތަކުގައި އދ. ގެ ބައިވެރިވުމަކީ ވާހަކަތައް ދެއްކުމުގެ އަސާސީ ސިފަ ކަމަށާއި ބައެއް ހާލަތްތަކުގައި އދ. ގެ ބައިވެރިވުމަށް އިންކާރު ކުރައްވާކަމުގައި ކަނޑައެޅިގެން ސަރުކާރުން ވިދާޅުވަމުންދާ ކަމަށެވެ. އެހެން ނަމަވެސް އަނެއް ބައި ހާލަތްތަކުގައި ހާލަތު ބަދަލުވުމުން އަންނަ މިންވަރަށް ބަލައި ސަރުކާރުގެ ވިސްނުން ބަދަލުވެދާނެ ކަމަށް ގަބޫލުކުރާ ކަމަށް ސަރުކާރުން ބުނެއެވެ.

އާންމު ރައްޔިތުންގެ ލާބައައި މަންފާއަށް މަސައްކަތްކޮށް އަދި މަޝްވަރާއަށް ތާއީދު ކުރާ އެއްވެސް ސަރުކާރަކުން މަޝްވަރާތަކުގައި އދ. އިން ބައިވެރިވާ ނަމަ އެކަން ގަބޫލު ނުކުރައްވާނެ ކަމަށް ވިދާޅުވުމަކީ ސަރުކާރުގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އދ. ގެ ބައިވެރިވުމާ މެދު ސަރުކާރުގެ ވިސްނުން ދެބައި ވެފައިވާ ކަމާއި މައްސަލަ ޑެޑްލޮކް އަކަށް ގޮސްފައޮވާ ކަން އެނގޭ ކަމަށާއި މި އަމަލުތަކުގެ ސަބަބުން ގެއްލުން ވަނީ ދިވެހި ރައްޔިތުންނަށް ކަމަށް ސިޓީގައިވެއެވެ.

ސަރުކާރުން ގޮތްދޫނުކުރުމުގެ ސަބަބުން މިކަން އިތުރަށް ދިގުލައި ލަސްވެ، ސާފުނުވެ ދިއުމަކީ ރާއްޖޭގެ އިގްތިސާދަށް ގެއްލުންވެ، ދެމެހެއްޓެނިވި ހަމަޖެހުން ދިވެހިރާއްޖެއަށް ހޯދައިދިއުމަށް މުސްތަގިއްލު ބައިވެރިއެއްގެ ހައިސިއްޔަތުން އދ. އާ އެކު ކުރިއަށް ގެންދެވޭ މަޝްވްރާއަށް ވީ އެންމެ އަވަހަށް ތާއީދުކުރައްވައި އެ ތާއީދު އާންމު ކޮށްދެއްވުން އެދޭ ކަމަށް ސިޓީގައި ބަޔާންކޮށްފައި ވެއެވެ.

މިކަމުގައި މުޅި ސަރުކާރުގެ ވިސްނުން ހާމަކުރައްވައި އެގޮތުގައި ދެމިހުންނެވުމުގެ ވަގުތު މިވަނީ ޖެހިފައި ކަމަށާއި މުޅި ސަރުކާރުގެ ހުރިހާ ބޭފުޅުންގެ ތާއީދު މިކަމުގައި އެ މަނިކުފާނަށް ނުލިބިދާނެކަން ގަބޫލުކުރެވޭ ކަމަށް އެސިޓީގައި ވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް