Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ-އެމެރިކާ

ރައީސް ޓްރަމްޕް އުތުރު ކޮރެއާގެ ލީޑަރު ކިމް އާ ބައްދަލުކުރައްވަން ނިންމެވުމަކީ ހައިރާންވާންވީ ކަމެއް ނޫން: އެމެރިކާގެ ޚާރިޖީ ވަޒީރު ޓިލާސަން

ރައީސް ޓްރަމްޕް އިތުރަށް ވިދާޅުވީ ރައީސް ޓްރަމްޕް ނިންމެވި ނިންމެވުމަކީ އެމެނިކުފާނު އަމިއްލަފުޅަށް ނިންމެވި ނިންމެވުމެއް ކަމަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 9 މާރިޗު 2018 | ހުކުރު 15:03
އެމެރިކާގެ ޚަރިޖީ ވަޒީރު ޓިލާސަން

އެމެރިކާގެ ޚަރިޖީ ވަޒީރު ޓިލާސަން

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލު ކުރައްވަން ނިންމެވުމަކީ "އެއްވެސް ހާލެއްގައި ހައިރާންވާންވީ" ކަމެއް ނޫން ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން ވިދާޅުވެއްޖެއެވެ.

ޓިލާސަން މިހެން ވިދާޅުވީ އެފްރިކާ އަށް ކުރައްވަމުން ގެންދެވާ ދަތުރުފުޅެއްގައި، ޖިބޫޓީގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުންނެވެ. ޓިލާސަން ވިދާޅުވީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާ ބައްދަލުކުރައްވަން ރައީސް ޓްރަމްޕް ނިންމެވި ނިންމެވުމަކީ އެމެނިކުފާނު އަމިއްލަފުޅަށް ނިންމެވި ނިންމެވުމެއް ކަމަށެވެ. ޓިލާސަން މިހެން ވިދާޅުވިއިރު ދާދި އިހައްދުވަހު، ޓިލާސަން ރިޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އުތުރު ކޮރެއާ އާއި މަޝްވަރާކުރަން ހާލަތު އަދި ތަން ނުދޭ ކަމަށެވެ.

އުތުރު ކޮރެއާގެ ލީޑަރު، އެމެރިކާގެ ރައީސަށް ބައްދަލުކުރައްވަން ބޭނުންފުޅުވާކަމުގެ މެސެޖް ރައްދުކުރެއްވީ، ދާދިފަހުން އުތުރު ކޮރެއާއަށް ޒިޔާރަތްކުރައްވައި ކިމްއާ އެކު މަޝްވަރާތައް ބޭއްވި ދެކުނު ކޮރެއާގެ އިސް ވަފުދު މެދުވެރިކޮށެވެ. މިބައްދަލުވުމަށް ފަހު ދެކުނު ކޮރެއާގެ ވަފުދު ވަނީ ވޮޝިންޓަނަށް ވަޑައިގެން، އުތުރު ކޮރެއާގެ ލީޑަރުގެ ސިޓީފުޅެއް ޓްރަމްޕަށް އަރުވާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕާ އެކު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ދެކުނު ކޮރެއާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޗުންގް އުއިޔޮންގް ވިދާޅުވީ ނިއުކްލިއަރ ޕްރޮގްރާމް ނިމުމަކަށް ގެނައުމަށް އުތުރު ކޮރެއާ ތައްޔާރަށް އޮތްކަމުގެ މެސެޖް ރައީސް ޓްރަމްޕަށް ރައްދު ކުރެއްވި ކަމަށެވެ. އުއިޔޮންގްއަކީ ދެކުނު ކޮރެއާގެ ފަރާތުން އުތުރު ކޮރެއާއަށް ޒިޔާރަތްކޮށް، ލީޑަރު ކިމް ޖޮންގ އުން އައި ބައްދަލުކުރެއްވި ވަފުދުގެ އިސް އެއް މަންދޫބެވެ.

އުއިޔޮންގް ވިދާޅުވީ އަންނަ މެއި މަސް ނިމުމުގެ ކުރިން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުންއާ ބައްދަލުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ކަމަށެވެ.

މިއީ އެމެރިކާގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކާއި، އުތުރު ކޮރެއާގެ ލީޑަރަކާ ބައްދަލުވާނެ ފުރަތަމަ ފަހަރެވެ. ދެޤައުމުގެ ލީޑަރުން މީގެ ކުރިން ބައްދަލުކުރައްވާފައި ނުވި ނަމަވެސް، ދެޤައުމުގެ މަންދޫބުން އެކި ފަހަރު މަތިން ބައްދަލު ކުރައްވާފައިވެއެވެ. އެގޮތުން 2008 ވަނަ އަހަރާއި ހަމަޔަށް ކުރިއަށް ދިޔަ ހަ ފަރާތް ބައިވެރިވާ ވާހަކަތަކުގައި، އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމާ ގުޅޭ ގޮތުން އެކި ފަހަރުމަތިން މަޝްވަރާ ކުރެވުނެވެ. އަދި 2012 ވަނަ އަހަރު ވެސް ވާހަކަތައް އަލުން ފެށޭތޯ އެމެރިކާ އިން މަސައްކަތްކުރި ނަމަވެސް، އެމަސައްކަތް ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.

އުތުރު ކޮރެއާ އަށް ބައިނަލްއަގްވާމީ މުޖުތަމައު އިން ތަކުރާރުކޮށް ގޮވާލަމުން ދަނީ މިސައިލްތައް ޓެސްޓުކުރުމާ އަދި ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށެވެ. އެހެނަސް އުތުރު ކޮރެއާ އިން އެކަމަށް އިޖާބައެއް ނުދެއެވެ. އުތުރު ކޮރެއާގެ އަމަލުތަކުގެ ސަބަބުން އދ އާއި އެމެރިކާ އިން ވަނީ އުތުރު ކޮރެއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުވެސް އަޅާފައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު