Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނާއިބު ރައީސް ޖިހާދު

ނަޒާހަތްތެރިކަން އިތުރުކޮށް، ޑިމޮކްރަސީއަށް ތަބާވުން ވާޖިބަކަށް ވާންޖެހޭ: ނާއިބު ރައީސް

ޖިހާދުތައް ކުރެއްވި ބަޠަލުންގެ ޒިކުރާ އާ ކުރަންޖެހޭ ކަމަށް ވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 7 މާރިޗު 2018 | ބުދަ 08:34
ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަހުގެ ރަސްމިއްޔާތުގައި ނާއިބު ރައީސް އަބްދުﷲ ޖިހާދު (މ)

ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަހުގެ ރަސްމިއްޔާތުގައި ނާއިބު ރައީސް އަބްދުﷲ ޖިހާދު (މ)

ރައްޔިތުންގެ ކިބައިގައި ނަޒާހަތްތެރިކަން އިތުރުކުރުމާއި ޑިމޮކްރަސީގެ ވެރިކަމުގެ ނިޒާމަށް އަހުލުވެރިވެ، އެ ނިޒާމަށް ތަބާވެ، އިންސާނީ ޙައްޤުތަކަށް އިޙުތިރާމު ކުރަން ދަސްކޮށްދިނުމަކީ ވާޖިބަކަށް ވާންޖެހޭނެ ކަމަށް ނާއިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

ނާއިބު ރައީސް މިހެން ވިދާޅުވީ ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަންގާރަ ދުވަހުގެ ރޭ ސަރުކާރުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޤައުމިއްޔަތުގެ ފެށުމާއި ނިމުން ގުޅިފައި ވަނީ ޤައުމާއި، ޤައުމެއްގެ ގޮތުގައި އުފެދިގެން މިހާތަނަށް ގެނެސްދިން އަސާސްތަކާ ކަމަށެވެ. އެ އަސާސްތަކަކީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިންގެ އަމިއްލަ ދިވެހި ބަހާއި، ދިވެހިންގެ އަމިއްލަ ތާރީހާއި ސަޤާފަތް އަދި ދިވެހި ޤައުމުގެ އިސްތިގުލާލާއި މިނިވަންކަން ދެމި އޮތުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގައުމިއްޔަތު ރައްޔިތުންގެ މެދުގައި އަށަގެންނެވުމަށްޓަކައި، މާޒީވެ ދިޔަ ތާނގައި ޤައުމީ ޖިހާދުތައް ކުރައްވާފައިވާ ބަޠަލުންގެ ޒިކުރާ، ޚަބަރުފަތުރާ ވަސީލަތްތަކުން ގެނެސްދިނުން އިތުރުކުރަން ޖެހޭނެ ކަމަށެވެ. އަދި ޖަމާޢަތުގެ ރޫޙު ދިރުވައި އެކުވެރިކަން ބަދަހިކުރުމާއި، ރައްޔިތުންގެ ކިބައިގައި ނަޒާހަތްތެރިކަން އިތުރުކުރަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ނަމޫނާ ރައްޔިތަކަށް ވުމަށް ގޮވާލުމާއި، ހީވާގި މަސައްކަތްތެރިންނާއި އުފެއްދުންތެރިންގެ ވާހަކަތަކާއި، އިޖުތިމާޢީ ކަންކަމުގެ ހެޔޮ ވާހަކަ އާއި، އަދި މާޒީވެދިޔަ ތާނގައި ޤައުމީ ޖިހާދުތައް ކުރައްވާފައިވާ ބަޠަލުންގެ ޒިކުރާ، ޚަބަރުފަތުރާ ވަސީލަތްތަކުން ގެނެސްދިނުން އިތުރުކުރަންޖެހޭނެ. ހަމައެހެންމެ، ޖަމާޢަތުގެ ރޫޙު ދިރުވައި އެކުވެރިކަން ބަދަހިކުރުމާއި، ރައްޔިތުންގެ ކިބައިގައި ނަޒާހަތްތެރިކަން އިތުރުކުރުމާއި، ޑިމޮކްރަސީގެ ވެރިކަމުގެ ނިޒާމަށް އަހުލުވެރިވެ، އެ ނިޒާމަށް ތަބާވެ، އިންސާނީ ޙައްޤުތަކަށް އިޙުތިރާމު ކުރަން ދަސްކޮށްދިނުމަކީވެސް މިއަދު އަޅުގަނޑުމެންގެ ވާޖިބަކަށްވާންޖެހޭނެ،" ނާއިބު ރައީސް ވިދާޅުވިއެވެ.

ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަހެއް ފާހަގަކުރާއިރު، ދިވެހި ޤައުމިއްޔަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ދޭތެރޭގައި ވެސް ވިސްނާލަންޖެހޭ ކަމުގައި ޖިހާދު ވިދާޅުވިއެވެ. އެގޮތުން ހަލަބޮލި ދިރިއުޅުމެއްގެ ތެރެއިން ދިވެހިންގެ އިޖުތިމާޢީ ފޭރާން ބަލިކަށިވުމަކީ ދިވެހި ޤައުމިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަސް ގުޅިފައި ވަނީ ދިވެހިންގެ މެދުގައި އިސްލާމީ ވަޙުދަތާއި ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައި މިދިޔަ އަހަރުގެ މާޗު މަހުގެ 6 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވި ތަރިކަ މަޝްރޫޢާއެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

23 މާރިޗު 2017
ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
23 މާރިޗު 2017

އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި

23 މާރިޗު 2017
އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި
23 މާރިޗު 2017

މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

23 މާރިޗު 2017
މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން
21 މާރިޗު 2017

ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމުގެ މުއްދަތު އިތުރުކޮށްފި

21 މާރިޗު 2017
ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމުގެ މުއްދަތު އިތުރުކޮށްފި
21 މާރިޗު 2017

އިންފްލުއެންޒާ ވެކްސިން ދޭ މީހުން އިތުރުކޮށްފި

21 މާރިޗު 2017
އިންފްލުއެންޒާ ވެކްސިން ދޭ މީހުން އިތުރުކޮށްފި
03 މާރިޗު 2017

ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

03 މާރިޗު 2017
ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި
23 ފެބުރުއަރީ 2017

އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި

23 ފެބުރުއަރީ 2017
އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި
16 ފެބުރުއަރީ 2017

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

16 ފެބުރުއަރީ 2017
ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި
12 ފެބުރުއަރީ 2017

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް