Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލެކްޝަން ކޮމިޝަން

ޝަރީފް ޕީޕީއެމްގެ ބައެއް މެމްބަރުން ގާތު ވިދާޅުވީ އޭނާ އީސީއަށް ގެނައުމަކީ ރައީސް ޔާމިން ގެނައުން ކަމަށް!

6 މާރިޗު 2018 | އަންގާރަ 13:32

ޝަރީފު އެހެން ވިދާޅުވި ކަމަށް ބުނަނީ ޕީޕީއެމް މެމްބަރުން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 6 މާރިޗު 2018 | އަންގާރަ 13:32
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމަށް ހަމަ ޖައްސާފައިވާ ޝަރީފު

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމަށް ހަމަ ޖައްސާފައިވާ ޝަރީފު

ޝަރީފް އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރެއްވުމަކީ ހަމަ ރައީސް އަބްދުﷲ ޔާމިން އެ ކޮމިޝަނަށް އައްޔަން ކުރުން ކަމަށް އޭނާ އަމިއްލަފުޅަށް ޕީޕީއެމްގެ ބައެއް މެމްބަރުން ގާތު ވިދާޅުވި ކަމަށް ބައެއް މެމްބަރުންނާ ހަވާލާދީ ފުވައްމުލަކު އުތުރު ދާއިރާގެ މަޖިލީހުގެ މެންބަރު އަލީ ޝާހު ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ފަރާތުން އަންގާރަ ދުވަހުގެ ހަވީރު މ.ކުނޫޒު ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުވައްމުލަކު އުތުރު ދާއިރާގެ މަޖިލީހުގެ މެންބަރު އަލީ ޝާހު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް ހަމަ ޖެއްސެވި އަހުމަދު ޝަރީފަކީ ސިޔާސީ މީހެއް ކަމަށާއި އޭނާ މިނިވަންވާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

Advertisement - newsAdvertisement

ޝާހު ވިދާޅުވީ ޝަރީފުގެ ފެންވަރާމެދު ސުވާލު ނުއުފައްދާ ކަމަށާއި އެހެން ނަމަވެސް ޝަރީފުގެ މިނިވަން ކަމާމެދު ސުވާލު އުފައްދާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމިނަށް ދެން އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދޭން އިއްޔެއާ ޖެހެންދެން މަސައްކަތް ކުރެއްވި ބޭފުޅަކު މިނިވަންވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޝާހު ވިދާޅުވިއެވެ.

"ވަކި ސިޔާސީ ޕާޓީއެއްގެ ޕޯޓިއަމްއެއްގައި، ވަކި ސިޔާސީ ޕާޓީއެއްގެ ކެމްޕެއިން ފަހަތުގައި އިއްޔެއާ ޖެހެންދެން، އިއްޔެއޭ އަޅުގަނޑު މި ދެންނެވީ މީގެ ކުޑަ ދުވަސްކޮޅަކާ ޖެހެންދެން، ހެސްކިޔާފައި ކެމްޕެއިން ކުރެއްވި ބޭފުޅެއް( ޝަރީފްއަކީ،)" ޝާހް ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަކީ ސައްހަ ޖަލްސާތަކެއްކަމަށް ވެސް އެ ފަރާތްތަކުން ގަބޫލުނުކުރާ ކަމަށެވެ. އެހެން ކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި އަބްދުﷲ މަސީހް އިންނަވައިގެން ފާސްކުރާ ނިންމުންތައް ބަލައިނުގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފު އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު އެ ކޮމިޝަނުން ވަނީ އޭނާއަކީ އެ ކޮމިޝަނުގެ ރައީސް ކަމަށް ވެސް އިންތިހާބުކޮށްފަ އެވެ. ޝަރީފު އަކީ ރައީސް އަބްދުﷲ ޔާމިނާއެކު ޕީއޭގައިވެސް އުޅުއްވި ބޭފުޅެކެވެ. އަދި އޭގެ ފަހުން މިހާތަނަށް ޕީޕީއެމްގައި ހުންނެވިއިރު އޭނާ ވަނީ މި ސަރުކާރުގައި ސިޔާސީ މަގާމުތައް ފުރުއްވާފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް