Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ކޮންވެންޝަން ސެންޓަރު އަޅަން ގޯސްވި ސިފައިން ސަލްޓަން ޕާކް އެޅުން އޯކޭވެފައި

ސަލްޓަންޕާކްގެ މަސައްކަތްވެސް ހަވާލުކޮށްފައި އޮތީ އަގަށް އެހެން ބަޔަކަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 21 ޖޫން 2017 | ބުދަ 11:00
ސަލްޓަން ޕާކް މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ

ސަލްޓަން ޕާކް މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ

ސިފައިންތައް ހަލާކު ކޮށްފިއެވެ. އެމީހުން ލައްވާ ނުކުރުވާ މަސައްކަތެއް ނެތެވެ. ވަކި ޑިއުޓީއެއް ނޯވެއެވެ. އަނބިދަރިންނާ ވަކިންނެވެ. ހަމަނިދި ނިދުމެއް އަރާމެއް ނެތެވެ. މިއީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޭއްވި ސާރކް ސަމިޓަށް އައްޑޫ ޗަކަ ބިމުގައި ތައްޔާރުކުރި ކޮންވެންޝަން ސެންޓަރ ނިންމުމުގައި ސިފައިން ބޭނުން ކުރީތީ ގޮވިގޮވެލިފައްޗެވެ. އެމީހުންގެ އަނބިދަރިން ކޮށް ޝަކުވާއެވެ. މިއަދު ސަރުކާރުގައި ތިއްބެވި އޭރުގެ އިދިކޮޅު ފަރާތްތަކުން ކާޅުގޮވާހެން ގޮވި ވާހަކަތަކެވެ. އޭރުގެ ސަރުކާރު ވައްޓާލުމަށްވެސް އެންމެ ބޮޑަށް ކުޅުނު އެއް ޑްރާމާއެވެ.

އެވާހަކަތަކާއެކު އެޖެއްސި މަޅީގައި ސިފައިންނާއި ސިފައިންގެ ބައެއް ބޭކަލުންނާއި އެ ބޭކަލުން އަނބިންވެސް ޖެހި އެސަރުކާރު ބަދަލުކޮށް ރަނގަޅު ސަރުކާރެއް ގެނެސްފިއެވެ. "ސިފައިންނަށް އޯގާތެރި" ސަރުކާރެކެވެ. ސިފައިންގެ ހާލު ބައްލަވާ ސަރުކާރެކެވެ. ހުރިހާ ހައްގުތަކެއް ފޯރުކޮށްދޭ ސަރުކާރެއްގެ ގޮތުގައެވެ. ހަމަގައިމުވެސް އައްޑޫ ކޮންވެންޝަން ސެންޓަރ އެޅުމުގައި ބޭނުންކުރި ސިފައިންގެ ދިފާއުގައި ނުކުތް އޭރުގެ އިދިކޮޅު ފަރާތްތަކުގެ ސަރުކާރެކެވެ. އެފަދަ ކަމެއް އެމީހުން ލައްވައި ކުރުވީތީ އެކަން ކުށްވެރިކޮށް އެމީހުންގެ ޙައްގު ހޯދައިދޭން ނުކުތް މީހުންގެ ސަރުކާރެކެވެ.

ހާދަހާވާ ރަނގަޅެވެ. ބަދަލުގެ ނަތީޖާ ވަރަށް ސާފެވެ. އޯގާތެރިކަމުގެ އިންތިހާއެވެ. ޑިއުޓީގެ ބޭރުން ސަރުކާރުގެ އެއްތަނުގައި އޮތް ނާށި އަނެއްތަނަށް ޖައްސާލާކަށްވެސް ސިފައިންނަކަށް ނުޖެހުނެވެ. ސިފައިންގެ ޚިދުމަތުގެ ބޭރުން ހަމަ ކުޑަކަމެއްވެސް ނުކުރުވައެވެ. ހަމަ ސީދާ ފޮތުގައި އޮތްގޮތަށް އުސޫލުތަކުގެ މަތިން އިންތިހާ އޯގާތެރިކަމާއެކުގައެވެ.

އޭގެ ފުރިހަމަ މިސާލު އެފެންނަނީ މިދުވަސްވަރު ސަލްޓަންޕާކް ތެރެއިންނެވެ. ޚާއްޞަކޮށް ރޭގަންޑު 8 ކުން ނުވަތަ 9ން ފެށިގެންނެވެ. ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސަލްޓަން ޕާކްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ފަހު ހައުސިން މިނިސްޓްރީގެ ފޭސްބުކް ޕޭޖުގައި އާންމުކުރި ފޮޓޯތަކާ ގުޅިގެން އެވަނީ ވަރަށް ރަނގަޅަށް ސާފުވެފައެވެ. ސަލްޓަން ޕާކުގެ މަސައްކަތް ސިފައިގެ ކުންފުންޏެއް ކަމަށްވާ ސިވެކްއާ ހަވާލުކޮށްގެން މިއަހަރުގެ ޖުލައި 26 ގައި މަސައްކަތް ނިންމާ އާންމުންނަށް ހުޅުވާލަން ސަރުކާރުން ބޭނުންވާތީ ސިފައިން ލައްވާ އެދަނީ ހެސްކިޔާފައި މަސައްކަތް ފަށާފައެވެ.

ރޭނުމާއި ސިމެންތި ޖެހުމާއި ވެލްޑިންކުރުން ފަދަ މަސައްކަތް ކުރާއިރު އެކުރަނީ ސީދާ ސިފައިންގެ ޚިދުމަތާ ގުޅުން ހުރި މަސައްކަތެވެ. ހަމަ ސީދާ ޤައުމީ ޚިދުމަތުގައެވެ. ރައްޔިތުންގެ ހައްގުގައެވެ. ކުރައްވައިގެން ތިއްބެވި ހުވަޔާ އެއްގޮތަށެވެ. އެހެން ނޫންނަމަ ރޯދަމަހު އެހާ ބުރަ މަސައްކަތެއް އެވެރިންވެސް ކޮށެއް ނޫޅޭނެއެވެ. އަމުދުން ރޯދަމަހުގެ ފަހު ދިހައިގެ ތެރޭގައި ގިނަ ބަޔަކު އަޅުކަމުގައި މަސްޣޫލުވެ އުޅޭއިރު، ބުރަ މަސައްކަތުގައި އުޅެން ޖެހުމުން އެސިފައިން ޝަކުވާ ނުކޮށެއް ނުތިބޭނެވެ. ކޮންވެންޝަން ސެންޓަރު އެޅިއިރު އެވާހަކަ އެގޮތަށް ދައްކަން ޖެހުނީ އެއީ ޤައުމީ ކަމަކަށް ނުވަތަ ދީނީ ކަމަކަށް ނުވާތީތާއެވެ.

ސަލްޓަން ޕާކްވެސް ހަވާލުކޮށްފައި އޮތީ އަމިއްލަ ކުންފުންޏަކަށެވެ. ފައިސާ ދިނީ އެމީހުންނަށެވެ. އެހެންނަމަވެސް މިހާރު މަސައްކަތް ކުރުވަނީ ސިފައިން ލައްވައެވެ. އަވަހަށް ނިންމުމަށެވެ. އައްޑޫގައި އެޅި ކޮންވެންޝަން ސެންޓަރުވެސް ހަވާލުކުރީ އަމިއްލަ ބަޔަކަށެވެ. ވަކި ދުވަހެއްގައި ސަމިޓް ފަށަން އޮތްއިރު އެއަށް ނުނިންމިދާނެތީ އޭރުގެ ސަރުކާރުންވެސް ސިފައިން ބޭނުން ކުރީ ދުވަހަށް ނިންމުމަށެވެ. ހަމަ ސިފައިންނެވެ. ރައްޔިތުންގެ ފައިސާއިން ފައިސާދީގެން ރައްޔިތުންގެ ފައިސާއިން ކާންދީ ޔުނީފޯމް ލައްވާފައި ތިބޭ ދިވެހި ސިފައިންނެވެ. ބަދަލުވީ ސަރުކާރެވެ. ބަދަލުވީ ދެކޭގޮތެވެ. ކަމުނުދިޔައީ އެއްބަޔަކު އެގޮތަށް ކަންކުރީމައެވެ.

އެކަމަކު ތީތި އަދި ރަނގަޅެއް ނޫނެވެ. ޤައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ހުރިހާ ސަރުކާރެއްގައިވެސް ސިފައިންގެ އެހީތެރިކަން ހޯދައެވެ. ބޮޑެތި ކަންކަން ކުރުވައެވެ. އެކަމަކު ވަކިބަޔަކު އެސިފައިންނަށްވެސް ގޯސްވެ ސަރުކާރާ ދެކޮޅަށް ނުކުތީމާ އެކަން ކަމަކު ނުދެއެވެ. ސިފައިން ލައްވާ އެގޮތައް މަސައްކަތް ކުރުމުގައި ރައީސް ޔާމީންގެ ސަރުކާރު އުޅެނީ ހާސްތަނުން ކުރީގައެވެ. އެ މަނިކުފާނުގެ ސަރުކާރުގައި މިހާތަނަށް ކުރެއްވި އެފަދަ ބޮޑު އެއްވެސް ކަމެއްގައި ސިފައިންގެ ބޭނުން ނުކޮށް ނިމިފައެއް ނެތެވެ. އެހެންކަމަށްވާނަމަ އޭރުވެސް މިހާރުވެސް ހަމަވާންވާނީ ހަމައަށެވެ. ތެދުތެދަށް ބުނަންޏާ މިއަދު ސަރުކާރުގައި ތިބި އޭރުގެ އިދިކޅު ފަރާތްތަކުން އެދެއްކީ ހޮޅި ވާހަކައެވެ. އެވާހަކަތައް ހަމަ ބޮޑުތަނުން ކަޑައެވެ.

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2019

ނޭވާ ހުއްޓިފައި އޮތް އުމުރުން 15 ދުވަހުގެ ތުއްތު ކުއްޖެއް ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ އޮފިސަރުގެ އަތްދަނޑިމަތީގައި!

04 ސެޕްޓެމްބަރު 2019
ނޭވާ ހުއްޓިފައި އޮތް އުމުރުން 15 ދުވަހުގެ ތުއްތު ކުއްޖެއް ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ އޮފިސަރުގެ އަތްދަނޑިމަތީގައި!
13 އޯގަސްޓު 2019

ވަކި މުނާސަބަތެއް ބެލުމެއްނެތި ފުލުހުންނާއި ސިފައިން ޤައުމީ ޚިދުމަތުގައި!

13 އޯގަސްޓު 2019
ވަކި މުނާސަބަތެއް ބެލުމެއްނެތި ފުލުހުންނާއި ސިފައިން ޤައުމީ ޚިދުމަތުގައި!
26 އެޕްރީލު 2019

ސިފައިންގެ ބޮޑު ސްކްރީންގައި ރާއްޖެޓީވީ

26 އެޕްރީލު 2019
ސިފައިންގެ ބޮޑު ސްކްރީންގައި ރާއްޖެޓީވީ
28 ޖެނުއަރީ 2019

ވެޓެރިނަރީ ސެންޓަރު: ޖަނަވާރުތަކަށް ލޯބިކުރާ ފަރާތްތަކަށް އާ އުންމީދެއް!

28 ޖެނުއަރީ 2019
ވެޓެރިނަރީ ސެންޓަރު: ޖަނަވާރުތަކަށް ލޯބިކުރާ ފަރާތްތަކަށް އާ އުންމީދެއް!
19 އޯގަސްޓު 2018

ކަރަށް ރާއަޅަން އުޅުމުންވެސް ދިވެހިން އިސްލާމް ދީނުގައި. ޔާމީނެއް ޝަހީމެއް ނެތް

19 އޯގަސްޓު 2018
ކަރަށް ރާއަޅަން އުޅުމުންވެސް ދިވެހިން އިސްލާމް ދީނުގައި. ޔާމީނެއް ޝަހީމެއް ނެތް
23 އެޕްރީލު 2018

މަޖިލިސް ބީވެއްޖެ، ސުޕްރީމް ކޯޓު ވެސް ބީވެއްޖެ، މިހާރު ސިފައިންނާއި ފުލުހުން ވަރެއްނެތް!

23 އެޕްރީލު 2018
މަޖިލިސް ބީވެއްޖެ، ސުޕްރީމް ކޯޓު ވެސް ބީވެއްޖެ، މިހާރު ސިފައިންނާއި ފުލުހުން ވަރެއްނެތް!
12 ފެބުރުއަރީ 2018

ފުލުހުންނާއި ސިފައިން: ނަމުން ޒިންމާދާރު، ކަމުން ހަމައެއް ލަމައެއް ނެތް

12 ފެބުރުއަރީ 2018
ފުލުހުންނާއި ސިފައިން: ނަމުން ޒިންމާދާރު، ކަމުން ހަމައެއް ލަމައެއް ނެތް
19 ނޮވެމްބަރު 2017

ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

19 ނޮވެމްބަރު 2017
ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!
04 ސެޕްޓެމްބަރު 2017

ރޮހިންޖާ އަންހެން ކުއްޖެއްގެ ވާހަކަ: "ސިފައިން އަހަރެންނަށް އަނިޔާކޮށް ރޭޕްކޮށްލީ"

04 ސެޕްޓެމްބަރު 2017
ރޮހިންޖާ އަންހެން ކުއްޖެއްގެ ވާހަކަ: "ސިފައިން އަހަރެންނަށް އަނިޔާކޮށް ރޭޕްކޮށްލީ"
27 މެއި 2017

އެމެރިކާ ސިފައިންގެ މީހަކަށް އިސްލާމީ ނޫރު ލިބުނު ގޮތުގެ ވާހަކަ!

27 މެއި 2017
އެމެރިކާ ސިފައިންގެ މީހަކަށް އިސްލާމީ ނޫރު ލިބުނު ގޮތުގެ ވާހަކަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު