Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ - އުތުރު ކޮރެއާ

ތެޔޮ ޓޭންކަރުގެ މައްސަލައިގާ ދިވެއްސަކު ހައްޔަރުކޮށްފި

ހައްޔަރު ކުރީ މާލެއިން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 6 މާރިޗު 2018 | އަންގާރަ 13:41
ރާއްޖެއާ އުތުރު ކޮރެއާގެ ދެއުޅަނދު ކަމަށް ބުނާ ފޮޓޯ

ރާއްޖެއާ އުތުރު ކޮރެއާގެ ދެއުޅަނދު ކަމަށް ބުނާ ފޮޓޯ

އުތުރު ކޮރެއާގެ "ޗޮން މާ ސަން" ނަމަކަށް ކިޔާ އުޅަނދާއި "ޝިން ޔުއާން 18" ނަމަކަށް ކިޔާ ރާއްޖޭގެ ދިދަ ނަގާފައިވާ ކަމަށް ބުނާ އުޅަނދުން ކަނޑުމަތިން މުއާމަލާތްތަކެއް ހިންގި ކަމަށް ބުނާ މައްސަލާގައި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ރާއްޖޭގެ ބައެއް މީޑިޔާތަކުން ބުނެފައިވާ ގޮތުގައި އެމީޑިޔާތަކަށް ވަނީ ހައްޔަރުކުރީ ކާކުކަން ކަށަވަރުވެފައެވެ. އެކަމަކު އަބުރު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށާއި އޭނާ އަކީ ރާއްޖޭން ބޭރުގެ އެކި ފަރާތްތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ މީހެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި މާލެއިން ކަމަށް ވެސް އެމީޑިޔާތަކުގައި ބުނެފައިވެއެވެ.

ދިވެހި ދިދަ ނަގާފައިވާ ތެޔޮ ޓޭންކަރަކުން، އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާ އެކު މުއަމަލާތްތަކެއް ހިންގިކަން ފަޅާއަރުވާލީ ޖަޕާނުގެ ފޮރިން މިނިސްޓްރީ އިންނެވެ. ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުގައި، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ތެޔޮ ޓޭންކަރެއް ކަމަށްވާ 'ޝިން ޔުއާން 18' އާއި އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރެއް ކަމަށްވާ 'ޗޮން މާން ސަން' ފެނުނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު، ޝަންހާއީގެ އިރުން 250 ކިލޯމީޓަރު ބޭރުން އުތުރު ޗައިނާ ކަނޑުގެ ސަރަހައްދުންނެވެ.

ޖަޕާނުގެ ފޮރިން މިނިސްޓްރީ އިން ބުނާ ގޮތުގައި، އެގައުމުގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ވައިގެ ސިފައިންނަށް ދެ އުޅަނދު ފެނުނީ އެކަތި އަނެކަތީގައި ބަނދެލަައިގެން އޮވެ، ބޮކިތައް ދިއްލައިގެން، ޝައްކުކުރެވޭ ފަދަ މުއާމަލާތްތަކެއް ހިންގާ ފަދަ ގޮތަކަށެވެ.

ދިވެހި ދިދަ ނަގާފައިވާ ޓޭންކަރަކީ ކާނަލް ޒިޔާދުގެ ގްރީން ބޮކްސް ކުންފުންޏަށް ނިސްބަތްވާ ޓޭންކަރެއް ކަމަށާއި، އެ ޓޭންކަރާއި މާލޭގެ ގޯއްޗެއް މޯގޭޖް ކުރުމަށް ފަހު 4.5 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވާ ކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ ވާހަކަތަކާ ގުޅިގެން، ރާއްޖެއެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒިޔާދު ވިދާޅުވީ އެ ޓޭންކަރަކީ އޭނާގެ ކުންފުންޏާ އެއްވެސް ގުޅުމެއް އޮންނަ ޓޭންކަރެއް ނޫން ކަމަށެވެ. އަދި އެއްވެސް ލޯނެއް ވެސް އެފަދަ އިން ނަގާފައި ނުވާނެ ކަމަށް ޒިޔާދު ވިދާޅުވިއެވެ.

'ޝިން ޔުއާން 18' ނަމަކަށް ކިޔާ، ރާއްޖޭގެ ދިދަ ނަގާފައިވާ ކަމަށް ބުނާ އުޅަނދަކާއި، އުތުރު ކޮރެއާގެ އުޅަނދަކާ ދެމެދު ކަނޑުމަތީގައި މަނާކުރެވިފައިވާ މުއާމަލާތްތަކެއް ހިންގި ކަމަށް ބުނެ ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، ދިވެހިންގެ އިއްޒަތް ނަގާލުމަށް މަސައްކަތްކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުގައި، ދިވެހި ރާއްޖޭގެ ދިދަ ނަގާފައިވާ ކަމަށް ބުނާ 'ޝިން ޔުއާން 18' ނަމަކަށް ކިޔާ އުޅަނދަކީ އެއްވެސް ޒަމާނެއްގައި ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫނެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ކަނޑުހުޅުދޫގައި ހިނގި މާރާމާރިއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ކަނޑުހުޅުދޫގައި ހިނގި މާރާމާރިއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި
15 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

15 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި
08 ފެބުރުއަރީ 2017

މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި
08 ފެބުރުއަރީ 2017

ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި

08 ފެބުރުއަރީ 2017
ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި
06 ފެބުރުއަރީ 2017

ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި

06 ފެބުރުއަރީ 2017
ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު