Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

ރައީސް މައުމޫނާ އެއްވެސް ސުވާލެއް ނުކުރޭ، ވާހަކަ ދައްކަނީ އަބުރު ނަގާލަން:ބަޔާން

5 މާރިޗު 2018 | ހޯމަ 18:28

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 5 މާރިޗު 2018 | ހޯމަ 18:28
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައީސް މައުމޫން ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދަނީ

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައީސް މައުމޫން ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދަނީ

ތުހުމަތުކުރެވޭ ކަމަށް ފުލުހުން ބުނާ މައްސަލައިގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި މުހައްމަދު ނަދީމާ މިހާތަނަށް އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށާއި، ހެކި ހުރިކަމަށް ބުނެ ދައްކާ ވާހަކައަކީ އަބުރު ނަގާލުމުގެ ގޮތުން ފުލުހުން ދައްކާ ވާހަކަތަކެއްކަމަށް ރައީސް މައުމޫންގެ އޮފީހުން ބުނެފި އެވެ.

ރައީސް މައުމޫނާއި ރައީސް މައުމޫންގެ ދަނބިދަރިކަލުން މުޙައްމަދު ނަދީމް ޤައިރު ޤާނޫނީ ބަންދުގައި ހުންނަވާތާ 1 މަސް ދުވަސްވެފައިވާކަން ފާހަގަކޮށް، އެމަނިކުފާނުގެ އޮފީހުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށާއި، މިހާލަތު ގެ މުއްދަތު މަޖިލީހުން އިތުރު ކޮށްފައިވަނީ ޤާނޫނުއަސާސީއާ ދިވެހި ރާއްޖޭގެ ހެދިފައިވާ ޤާނޫނުތަކާއި ޚިލާފަށް ކަމަށްވާތީ މިއީ ޣައިރު ޤާނޫނީ ކުއްލި ނުރައްކަލުގެ ޙާލަތެއްކަމަށް ދެކޭކަމަށެވެ. އަދި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުނުކަމުގެ ތުޙުމަތުގައިކަމަށް ބުނެ ރައީސް މައުމޫނާއި، ނަދީމް ރަހީނުކޮށްފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު މުހައްމަދު ނަދީމް ހައްޔަރުކޮށްގެން ގެންދަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

ރައީސް މައުމޫންގެ އޮފީހުން ބުނީ، 5 ފެބްރުއަރީ 2018 ގެ ފަހުން ފުލުހުން އެކި ފަހަރުމަތިން ދެއްވާފައިވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ރައީސް މައުމޫނަށާއި މުޙައްމަދު ނަދީމުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލަތަކާއި ގުޅިގެން އެތައް ބައިވަރު ހެކިތަކެއް ފުލުހުންނަށް ލިބިފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ރައީސް މައުމޫން ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަވާތާ މަސްދުވަހާއި ކައިރި ވަނިކޮށް ފުލުހުން ވަނީ ރައީސް މައުމޫންއަށް ހެކި ނައްތާލުމުގެ ކުށުގައި ދަޢުވާ އުފުލުމަށް ޕީ.ޖީ އަށް ފޮނުވާފައިކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ ތަކުރާރުކޮށް ރައީސް މައުމޫން އާ މުޙައްމަދު ނަދީމްގެ މައްޗަށް ހެކިހުރިކަމަށް ވިދާޅުވެ އެބޭފުޅުންނާމެދު މުޖުތަމަޢުގައި އޮތް ޤަދަރާއި ލޯތްބަށް އުނިކަން ގެނައުމުގެ ނުބައި ނިޔަތުގައި އެބޭފުޅުންގެ އަބުރު ނަގާލުމަށް ފުލުހުން މަސައްކަތްކުރާކަމަށެވެ. އަދި އެ ބޭފުޅުން ރަހީނުކުރެވުނުފަހުން ތުހުމަތުކުރެވޭކަމަށް ބުނާ މައްސަލާގައި މިހާތަނަށް ރައީސް މައުމޫން އަދި މުޙައްމަދު ނަދީމްއާ އެއްވެސް ސުވާލެއްކޮށް ތަޙުޤީޤެއްވިޔަސް ހިންގާފައި ނުވާކަމަށް ރައީސް މައުމޫންގެ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

"އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ފާރިސް މައުމޫންގެ މައްޗަށް ތުހުމަތުކޮށް ކްރިމިނަލް ކޯޓުގައި ހިންގަމުންދާ ދެ ދަޢުވާގައި މިހާތަނަށް ހާމަވެފައިވާ ޙަޤީޤަތްތަކަށް ބެލުމުން މިއީ ދައުލަތުގެ މުއައްސަސާތަކާއި ވަޞީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތެއްގެ ސިޔާސީ މަޤްސަދުތަކެއް ޙާޞިލްކުރުމަށް އުފުލާފައިވާ ޙައްޤުނޫން ދަޢުވާއެއްކަން ދިވެހި އެންމެހާ ރައްޔިތުންނަށް އޮޅުމެއްނެތި ކަށަވަރުވެއެވެ. އަދި ޙައްޤުނޫން ދަޢުވާތަކެއްކޮށް، އަސާސެއްނެތް އެކި ތުޙުމަތުތަކުގައި ޖަލުގައި ހުންނަވާތާ މިއަދަށް 7 މަސްދުވަސް ފާއިތުވެފައިވާއިރު އެމަނިކުފާނުވެސް ނުޙައްގުން ޖަލުގައި ހުންނަވަން ޖެހިވަޑައިގެންފައިވަނީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ޤާނޫނީ ޒިންމާއިން ޣާފިލުވެ ސިޔާސީ ވަކި ފަރާތެއްގެ އަމުރަށް މަސައްކަތްކުރާތީކަމަށް ދެކެމެވެ." ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޣައިރުޤާނޫނީ ކުއްލިހާލަތުގެ ދަށުން ރަހީނުކޮށްފައިވާ އެންމެހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލައި 1 ފެބްރުއަރީ 2018 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާޤުން ނެރުއްވާފައިވާ އަމުރު މިހާރުން މިހާރަށް ތަންފީޒު ކުރުމަށް ކަމާއި ގުޅުން ހުރި އެންމެހާ މުއައްސަސާތަކަށް ގޮވާލާކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތަކުން ޣައިރު ޤާނޫނީ އަމުރުތަކަށް ތަންފީޛުނުކުރުމަށާއި ސަލާމަތީ ޚިދުމަތްތަކުގެ އެއްވެސް ފަރާތަކުން ޣައިރު ޤާނޫނީ އަމުރަށް ތަބާނުވުމަށް އެ އޮފީހުން ވަނީ ގޮވާލާފަ އެވެ.

ރައްޔިތުންގެ މަސައްކަތްތަކަށް ޝުކުރު އަދާކޮށް، ރައީސް މައުމޫންގެ އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ ސަރުކާރުން ހިންގާ ޣައިރު ޤާނޫނީ ކަންކަމާއި ދެކޮޅަށް ޤާނޫނީ އިމުގެ ތެރެއިން ހިއްވަރާއެކު އަޑު އުފުއްލަވަމުން ގެންދަވާ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޝުކުރު އަދާކޮށް، ކުރައްވާ މަސައްކަތުގައި ސާބިތުކަމާއެކު ދެމިތިއްބެވުމަށް ގޮވާލާކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް